ޓެކްނޮލޮޖީ / އެންޑްރޮއިޑް

އެންޑްރޮއިޑް ފޯނުތަކަށް އައިމެސެޖް މިއިން ދުވަހަކު ނާންނާނެ، ކީއްވެ؟

އެންޑްރޮއިޑް ޑިވައިސްތަކަށް އައިމެސެޖް ކައިރި މުސްތަގުބަލެއްގައި ނާންނާނެ ކަމަށް އެޕަލުން ބުނި ނަމަވެސް ވަފާތެރިން ބޭނުންވަނީ މިހާރުން މިހާރަށް ވެސް އައިމެސެޖް އެންޑްރޮއިޑްގައި ބޭނުންކުރެވޭ ގޮތް ހަދަން

އައިމެސެޖް އެންޑްރޮއިޑް ފޯނުތަކަށް އަންނަން އުޅޭ ކަމަށް ދެކެވުނު ވާހަކަތައް އޮބިއްޖެވެ. އެންޑްރޮއިޑަށް އައިމެސެޖް ގެންނަން އުޅޭ ކަމަށް ބުނެ ވާހަކަދެއްކި މީހުން ވެސް ކޮޅުކޮޅަށް ގޮސް ވަނީ ފިލާފަ އެވެ.

އައިމެސެޖް އަކީ އައިފޯނާއި އައިޕެޑްގައި މެސެޖްކުރަން ބޭނުންކުރާ އެޕްލިކޭޝަނެވެ. އޯއެސްއެކްސް ކޮމްޕިއުޓަރުތަކުގައި ވެސް އައިމެސެޖް ބޭނުންކުރެ އެވެ. އެޕަލުން މިހާރު ވަނީ އޯއެސްއެކްސްގެ ނަން މެކްއޯއެސް އަށް ބަދަލުކޮށްފަ އެވެ.

އެންޑްރޮއިޑް ފޯނުތަކުގައި މެސެޖްކުރަން ބޭނުންކުރާ ގިނަ އެޕްލިކޭޝަންތަކަށް ވުރެ އައިމެސެޖްގެ ބާރު ގަދަ އެވެ. ބޭނުންކުރާ މީހުންނާ މާ ބޮޑަށް ވެސް ރައްޓެއްސެވެ. އެހެން އޮޕަރޭޓިން ސިސްޓަމްތަކުން ހިންގާ ފޯނުތަކަށް އެސްއެމްއެސް ފޮނުވަން އައިމެސެޖް ބޭނުންކުރެވެ އެވެ. އައިމެސެޖް ނެޓްވޯކް ތެރޭގައި ޗެޓް އެޕްލިކޭޝަނަކަށް ވެސް އައިމެސެޖް ބޭނުންކުރެވެ އެވެ.

"އޭލޯ" އޭ ކިޔާ އެޕްލިކޭޝަނެއް ގޫގުލުން އެބަ ފައްކާކުރެ އެވެ. އެއީ މެސެޖިން އެޕްލިކޭޝަނެކެވެ. "ހޭންގްއައުޓްސް" ކަހަލަ އެވެ. ގޫގުލް ހޭންގްއައުޓްސް އަކީ ވެސް އެސްއެމްއެސް އަދި ޗެޓްކުރެވޭ އެޕްލިކޭޝަނެކެވެ.

ގޫގުލް އޭލޯ އަކީ އައިމެސެޖް އަށް ވާދަވެރިއެއް ކަމަށް ބުނެވެ އެވެ. އައިމެސެޖްގައި ނެތް ކަމެއް އޭލޯގައި ހުރީ ކަމަށް ވެސް ވެދާނެ އެވެ. އޭލޯއޭ ބުނާ ކޮންމެ ފަހަރަކު އެޕަލްގެ ވަފާތެރިންނަށް ކޮންމެވެސް ގޮތެއް ވެ އެވެ. އެންޑްރޮއިޑަށް އައިމެސެޖް އަތުވެދާނެ ކަމަށް ބުނެ ވާހަކަދެކެވެން ފެށީ އެހެންވެ ކަމަށް ބެލެވެ އެވެ.

އޭލޯ އަދި އާންމުނުކުރެ އެވެ. ހަމަ ޔަގީނުން ވެސް އެނގޭ ކަމަކީ ޗެޓް އެޕްލިކޭޝަނެއްގައި ހުނަރެއް ހުރި ނަމަ އެ ކަމެއް އޭލޯގައި ވެސް ހުންނާނެ ކަމެވެ. އޭލޯގެ މޮޅުކަމާ ބެހޭ ގޮތުން ގޫގުލުން ވަރަށް ސަޅި ކަނޑަ އެވެ. އެެއީ އަމިއްލަ އަށް އުނގެނޭ އެޕްލިކޭޝަނެއް ކަމަށް ބުނެ އެވެ.

އައިމެސެޖްއާ އެއް ސަފަކަށް އޭލޯ ނިކުތުމުން، އައިމެސެޖް ދޫކޮށް ބަޔަކު އޭލޯ އަށް ހިނގައިދާނެ އެވެ. އެ ގޮތުގައި އެކަކު ދިޔަ ނަމަވެސް އެޕަލް އަށް ކަސްޓަމަރަކު ގެއްލުނީ އެވެ. އޭލޯގައި ހުރެދާނެ މޮޅު ކަމަކަށްޓަކައި، ނުބުންޏަސް، އެޕަލުން ޖެހިލުން ވާނީ މި ސަބަބަށްޓަކަ އެވެ. އެހެންކަމުން އައިމެސެޖް އެންޑްރޮއިޑްގައި ބޭނުންކުރެވޭ ގޮތް ހެދުން އެއީ އެ ފަދަ ހާލަތަކަށްޓަކައި ކޮށްފާނެ ފިކުރެކެވެ.

އެޕަލުން ބުނާ ގޮތުގައި ހިތް ފުރި އިތުރުވާ ވަރަށް އައިމެސެޖް ބޭނުންކުރާ މީހުން ގިނަ އެވެ. އެ ގޮތުގައި އެ މީހުންނަށް ވާދަވެރިކަމެއް ނެތެވެ. ބިރުވެރިކަމެއް ވެސް ނެތެވެ. އޭލޯ އަދި ތައާރުފުވުމަކުން އައިމެސެޖް އަށް ގުޑުމެއް ނާރާނެ އެވެ. އެންޑްރޮއިޑް ފޯނުތަކުގައި އައިމެސެޖް ބޭނުންކުރެވޭ ގޮތް ހެދުމަކީ އެޕަލުން ވިސްނާ ކަމެއް ނޫނެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454