އެޕަލް އިން އައިފޯން 8 އާއި 8 ޕްލަސް އަދި 10 ތައާރަފްކޮށްފި

އެޕަލް އިން އައިފޯން 8، 8 ޕްލަސް އަދި 10 ތައާރަފްކޮށްފި. ކުރީގެ ފޯނުތަކަށް ވުރެ އެތައް ގުނައެއް ފެންވަރު ރަނގަޅުކޮށް ހަދާފައިވާ މި ފޯނުތަކުގެ އިތުރުން އެޕަލް ވޮޗް ވެސް އިތުރަށް ތަރައްގީކޮށް، ފޯނާ ނުލައި ކޯލް ކުރެވޭ ގޮތަށް ވަނީ ހަދާފައި.

އެޕަލް ކުންފުނީގެ އާ އުފެއްދުންތައް ދައްކާލުމަށް އެ ކުންފުނީގެ އާ ކެމްޕަސް، އެޕަލް ޕާކްގައި ބާއްވާ ހަފުލާ ފެށުމަށް މިހާރު ވަނީ ކުޑަތަންވެފައި. މީޑިއާގައި، ސްޓީވް ޖޮބްސް ތިއޭޓަރުގެ ނަމުން މަޝްހޫރުވެފައިވާ މި ތަނުގައި މެހެމާނުންނަށް ހާހެއްހާ ގޮނޑި ޖަހާފައިވޭ. އެތަނަށް ގޮސް ތިބި ނޫސްވެރިންގެ ޓްވީޓަކުގައި ބުނަނީ އެއީ ވަރަށް ފުރިހަމަ އިމާރާތެއް ކަމަށް. މި ތަނަކީ އަވަހާރަވެފައިވާ، އެޕަލްގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހަދާފައިވާ ތަނެއް.