"ސެންޑް އެނީވެއާ": ޑިވައިސްތަކުގެ މެދުގައި ފައިލްތައް ޝެއާކުރުމަށް

އެއް ކަމެއް ކުރުމަށް ބޭނުންހިފިދާނެ އެތައް އެޕްލިކޭޝަނެކެވެ. ތަފާތު ވަކިކޮށް، އިޚުތިޔާރުކުރަން އުނދަގޫހާ ގިނަ އެވެ. އެ މީހަކަށް ކަމުދާ އެޕްލިކޭޝަނެއް އެ މީހެއްގެ ފޯނަށް އަޅާނީ އެވެ. މި އުޅެނީ އެއް ފޯނުން އަނެއް ފޯނަށް އަދި ފޯނުން ކޮމްޕިއުޓަރަށް ފައިލްތައް ފޮނުވާނެ އެޕްލިކޭޝަނެއް ހޯދާށެވެ.


އަހަންނަށް އިޚުތިޔާރުކުރީ "ސެންޑް އެނީވެއާ" އެވެ. މި އަށް ވުރެ ފައްކާ މި ޒާތުގެ އެހެން އެޕްލިކޭޝަން ލިބެންދެން ގެންގުޅޭނީ އެވެ. ގޮތް ބަލާލަން ބުނަމެވެ.

"ސެންޑް އެނީވެއާ" ބޭނުންކުރުމަށް ވަކި ނަމެއް ކިޔާ ފޯނެއް މުހިންމެއް ނޫނެވެ. އައިފޯނެއް އަދި އެންޑްރޮއިޑް ފޯނެއް ތަފާތެއް ނެތެވެ. ކޮމްޕިއުޓަރު، ލެޕްޓޮޕް އަދި ޓެބްލެޓްގައި ވެސް ބޭނުންކުރެވެ އެވެ. ވިންޑޯޒް އަދި މެކް ކޮމްޕިއުޓަރު ވެސް ވަރިހަމަ އެވެ.

ސްމާޓްފޯނުތަކަށް ހުންނަ މި ޒާތުގެ އެހެން އެޕްލިކޭޝަންތަކާ ޚިލާފަށް، ފޮޓޯއެއް، ސްލައިޑެއް އަދި ފައިލެއް ފޮނުވައި ލިބިގަތުމަށް "ސެންޑް އެނީވެއާ" އެޕްލިކޭޝަން އެ ޑިވައިސްތަކަށް އިންްސްޓޯލްކުރުން ކޮންމެހެން މުހިންމެއް ނޫނެވެ. އިންޓަނެޓް ލިބޭ ނަމަ "ވެބް ބްރައުޒާ" މެދުވެރިކޮށް ވެސް، ފޮނުވަން ބޭނުން އެއްޗެއް ފޮނުވެ އެވެ. އެ ގޮތުގައި ފޯނެއް އަދި ކޮމްޕިއުޓަރެއް އެއްވެސް ތަފާތެއް ނެތެވެ.

ފޯނަކުން އެހެން ފޯނަކަށް ނުވަތަ އެހެން ޑިވައިސްއަކަށް ފައިލެއް ފޮނުވާ ނަމަ އިޚުތިޔާރުކުރެވެން ހުރި ގޮތްތައް ވެސް އެހާ ގިނަ އެވެ. "ވައިފައި ޑައިރެކްޓް"، "ކިޔުއާރު ކޯޑް"، "ސެކިޔުރިޓީ ނަންބަރު" އަދި "ވެބް ލިންކް" ހިމެނެ އެވެ. ހާލަތާ ގުޅޭ ގޮތެއް ބޭނުންހިފަންވީ އެވެ.

"ސެންޑް އެނީވެއާ" ސީރިއަސްކޮށް ބޭނުންކުރާ ނަމަ ދެން އޮތް ފަސޭހަ އަކީ، "ސެންޑް އެނީވެއާ" އޮންލައިން އެވެ. ބޮޑެތި ފައިލްތައް، "4ޖީބީ"އާ ހަމައަށް ހިއްސާކުރެވެ އެވެ. ބޭނުން ނަމަ އެެކައުންޓެއް ހަދައި ފައިލްތައް އަދި ލިންކްތައް މެނޭޖްކުރަންވީ އެވެ.

ސެންޑް އެނީވެއާ: އެންޑްރޮއިޑް އަދި އައިފޯނަށް ފައިލެއް ފޮނުން އެދޭ ނަމަވެސް އުނދަގުލެއް ނެތް