އެންޑްރޮއިޑްގެ ޒާތުގައި އައިރިސް ސްކޭނިން ގާއިމުކޮށް ތަބީއީ ސިފައެއް ގޮތުގައި އެ ޓެކްނޮލޮޖީ ހިމަނަން ގޫގުލުން މަސައްކަތްކުރަނީ
04 މާޗް 2018 - 06:31
ސްމާޓްފޯނެއްގައި، ލޮލުގެ ކަޅި ސްކޭންކުރެވޭ ގޮތަށް، އައިރިސް ސްކޭނާއެއް އެންމެ ފުރަމަތަމަ ގާއިމުކުރީ ނޯޓް 7 ގަ އެވެ. އެކަމަކު އޭގެ ކުރިން ވެސް އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމްގައި "ފޭޝަލް ރިކޮގްނީޝަން ޓެކްނޮލޮޖީ" ގާއިމުކޮށްފައިވެ އެވެ. ގޫގުލުން އެންޑްރޮއިޑް 4.0، އައިސްކްރީމް ސޭންޑްވިޗްގައި އެކަން ވަނީ ކޮށްފަ އެވެ.
ސްމާޓްފޯނުތަކުގެ ސެކިޔުރިޓީ ހަރުދަނާކުރުމަށް ބޭނުންހިފޭ މި ފަދަ ޓެކްނޮލޮޖީތައް، ވަކި ކުންފުންޏަކަށް ބަރޯސާކުރަން ނުޖެހޭ ގޮތެއް ގޫގުލް އެބަ ވިސްނަ އެވެ. ބުނެވޭ ގޮތުގައި، އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމަށް ދެން ތައާރުފުކުރާ އަދަދު، މިހާރު ކިޔާ ގޮތަށް ނަމަ "އެންޑްރޮއިޑް ޕީ" ގެ ޒާތުގައި "އައިރިސް ސްކޭނިން" ގާއިމުކުރެވޭނެ އެވެ.
ސެމްސަންގުން ގެލަކްސީ ނޯޓް 7 ގައި އައިރިސް ސްކޭނީން ގާއިމުކުރި ނަމަވެސް، އެ ފޯނުގެ ބެޓެރީގައި ޖެހުނު މައްސަލައަކާ ހެދި ފޯނުތައް ވަނީ ބަދަލުކޮށްފަ އެވެ. އެހެންކަމުން ނޯޓް ސީރީޒަށް ލޯބިކުރާ ގިނަ ބަޔަކަށް އެ ފޯނު ބޭނުންކުރެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ. ނަމަވެސް ސެމްސަންގުން ނޯޓް 7ގެ ބެޓެރީ ރަނގަޅުކޮށް ފަހުން ވަނީ "ނޯޓް 7 – ފޭންޑަމް އެޑިޝަން"ގެ ގޮތުގައި ވަކި މާކެޓްތަކަށް ނެރެފަ އެވެ.
ސްމާޓްފޯން މާކެޓްގައި އައިރިސް ސްކޭނީން އަށް ބޭނުންޖެހިފައި ވާތީ، އެންޑްރޮއިޑްގެ ތަބީއީ ސިފައެއް ގޮތުގައި އެ ޓެކްނޮޖީ ހިމަނަން ގޫގުލުން ނިންމަނީ ކަމަށް ވެ އެވެ. އެ ގޮތުގައި އެއީ ވާދަވެރިން ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ.
މަސްރަހު މިހާރު އޮތް ގޮތުން ބާރުގަދަ ޓެކްނޮލޮޖީތައް އުފައްދައި ބޭނުންކުރަން ފަސޭހަ ބަޔަކަށް ވަނީ އެޕަލް އަދި ސެމްސަންގް އެވެ. އެހެން ނަމަވެސް އެންޑްރޮއިޑަށް ގެންނަ ކުރިއެރުމެއް ގޮތުގައި އައިރިޝް ސްކޭނީން ހިމެނުމުން، އެންޑްރޮއިޑް ފޯނުތައް އުފެއްދުމަށް ބާރުގަދަ ކުންފުނިތައް ރުއްސާކަށް ކޮންމެހެން ނުޖެހޭނެ އެވެ. އެންޑްރޮއިޑަށް އައިރިސް ސްކޭނިން ރަސްމީކޮށް ގެނައުމަށްޓަކައި ދައްކަން ހުރި ވާހަކަތައް، ގޫގުލް "އައިއޯ ސަމިޓް 2018" ގައި ދައްކާނެ ކަމަށް ބެލެވެ އެވެ. ޑިވެލޮޕަރުން އަދި ހާޑްވެއާ ޑިވެލޮޕަރުން ތިބީ އެ އުންމީދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ
05 March 2018
އަޅާނުލާ މިހާރު މީ އެޕަލް އައް ހިފަފަ އޮތް ބައެއް. ސެމްސަނގ އާ ޖައްސާލާފަ ހުރިހާލިއުމެއް ހުންނަނީ. ވ ފާހަގަ ވާކަމެއް އެއީ
ޖާރިޔާ އަހުމަދު ދީދީ
05 March 2018
ނޯޓް 8ގަވެސް އިނދޭ އައިރިސް ސްކޭނިންގ. ނޯޓް 7 ބަދަލުކުރި ވާހަކަ ބުނިއިރު އޭގެ ފަހުން އެސް8، ނޯޓް 8 ނެރެ އެތައް ދުވަހެއް ވެފައިވާކަން ލިޔުންތެރިޔާއަށް އެނގޭހެން ހީ ނުވޭ.