ގޫގުލް ޗެޓް
23 އެޕްރީލް 2018 - 06:52
މޯބައިލް ފޯނާ އެކު އެންމެ ފުރަތަމަ ތަޖުރިބާކުރަން ފެށި ތަފާތު ކަމަކަށްވީ އެއް ފޯނުން އަނެއް ފޯނަށް މެސެޖު ފޮނުވުމެވެ. މި ޝޯޓް މެސެޖް ސާވިސް (އެސްއެމްއެސް) އަކީ މި ޒަމާނުގެ މުއާސަލާތު ކުރުމުގެ މުހިންމު ބައިވެރިޔަކަށް ވެފައި ވަނިކޮށް ގޫގުލް އިން މިހާރު ވަނީ އެސްއެމްއެސްގެ ބަދަލުގައި ބޭނުންކުރެވިދާނެ މެސެޖިން ސާވިސް އެއް އުފައްދައި ފޯނުތަކަށް ދޫކުރަން ފަށައިފަ އެވެ.
އެންޑްރޮއިޑް ފޯނުތަކުގައި އެސްއެމްސްގެ ބަދަލުގައި ބޭނުންކުރެވޭ މި އެޕްގެ ނަމަކީ "ޗެޓް" އެވެ. މި ހިދުމަތުގައި ގްރޫޕް ޓެކްސްޓާއި ވީޑިއޯ ވެސް ފޮނުވޭނެ އެވެ. މީގެ އިތުރުން، މެސެޖެއް ލިޔާކަން އަންގައިދޭ ޓައިޕިން އިންޑިކޭޓާ އާއި މެސެޖު ފޮނުވިއްޖެ ކަމުގެ ނޮޓިފިކޭޝަން ފީޗާ ވެސް ހިމަނާފައިވެ އެވެ.
އެކަމަކު، ފޯނުގެ ޑިފޯލްޓް މެސެޖިންއާ އިންޓަގްރޭޓް ކުރެވޭ "ޗެޓް" އެޕްލިކޭޝަން ބޭނުންކުރެވޭނީ ފޯނުގެ ހިދުމަތްދޭ ކުންފުނިން އެ ހިދުމަތް ދޭ ނަމަ އެވެ. އަދި ޗެޓްގެ މުއާމަލާތްތައް އެންކްރިޕްޓެއް ވެސް ނުކުރެ އެވެ.
މި ސިސްޓަމް ތަރައްގީކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. މިހާރު އަންނަނީ ފޯނުތަކަށް ދޫކުރަމުންނެވެ.
އެންމެ ފުރަތަމަ 1990ގެ ތެރޭގައި އެސްއެމްއެސް ތައާރަފްވި އިރު އެއީ 160 ކެރެކްޓާ ލިޔެލުން ނޫން ކަމެއް ކުރެވޭ އެއްޗެއް ނޫނެވެ. އެސްއެމްއެސް އަށް އެކި ބަދަލުތައް އައި ނަމަވެސް އިންޓަނެޓްގެ މެދުވެރިކޮށް މާ ފުރިހަމައަށް މެސެޖު ފޮނުވޭނެ ގޮތްތައް ހުރުމުން އެސްއެމްއެސްގެ މަގުބޫލުކަމަށް ހިޔަނި އެޅެ އެވެ.
އެންޑްރޮއިޑް ފޯނުތަކުގައި މެސެޖިން އެޕްލިކޭޝަންތައް އެކި ގޮތްގޮތަށް ތައާރަފްކޮށްގެން ވެސް މިކަމުގައި އަދި މަގުބޫލުކަން ހޯދޭ ގޮތެއް ނުވެ އެވެ.
ވާދަވެރި އެހެން ބައެއް ކުންފުނިތަކުން މިހާރުވެސް ފެންވަރު ރަނގަޅު، މަގުބޫލު މެސެޖިން އެޕްތައް ގެންގުޅެ އެވެ. އެންޑްރޮއިޑްގައި ހިމަނާ "ޗެޓް" އަކީ އެޕަލް އިން ގެންގުޅޭ "އައިމެސެޖް" ފަދަ އެއްޗެއް ކަމަށް ހީވިޔަސް މީގައި ބޮޑު ތަފާތެއް އެބަހުއްޓެވެ. އައިމެސެޖު ފޮނުވޭނީ އައިމެސެޖު ކޮމްޕެޓިބަލް ޑިވައިސް އަކަށް އެކަންޏެވެ. އެކަމަކު "ޗެޓް" ގެ މެސެޖު ޗެޓް ނެތް ޑިވައިސްތަކަށް ވެސް ފޮނުވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނޭ
23 April 2018
މިހާރު މި އެޕް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރެވޭތަ؟
ހޯލި
23 April 2018
ކުރެވޭނެ އެކަމަކު ކުރާގޮތް ބުނާނީ މަށަށް 50 ރުފިޔާ ދިނީމަ
ކެންޑްރިކް
23 April 2018
ސެމްސަންގް އަކައްވެސް ތިކަމެއް ނުވާނެ،
ދިސްވޭއޭ
23 April 2018
އެސްއެމްއެސް "މަރާލަން" ގޫގުލް ނިކުމެއްޖެ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. މީގެއިން އަންގާ ދެނީ ކްއަންޓަމް މެކޭނިކްސް ގެ ތެރޭން އުފެދުނު ޑޭޓާ ޕްރޮސެސިންގް ޓެކްނޮލޮޖީ އަކީ އެއީ އިންފިނިޓިވް ގިފްޓެއް ކަމަށޭ އޭގައި އޮތީ އިންސާނުން މަސައްކަތް ކޮށް އެހޯދުމޭ. އަދި ވެސް އިންސާނުން ނަށް ޓެކްނޮލޮޖީ ހޯދުމުގައި އުޅެވެނީ މާ ބޮޑަށް ފަހަތުގައޭ މީގައި ހިމެނެނީ މަސައްކަތް ކުރާ ގަޑި ތައް މަދުވުމޭ ދުވާލަކު 18 ގަޑިއިރު މުޅި ދުނިޔޭގައި ތިބި ހުރިހާ އިންސާނުން 100 އަހަރު ދުވަސް ވަން ދެން މަސައްކަތް ކުރާ ގޮތަށް އދ. ގެ ސަލާމަތީ މަޖްލީހުން ފާސް ކުރަންވީއޭ އެއިރުން ދުނިޔެ އަށް އަންނާނެއޭ ވަރަށް ބޮޑެތި ތަރައްގީ. އޭގެ މިސާލަކީ މާލޭގެ އުތުރު ފަރާތުގައި ތިބޭ އިރު ފެންނާނެއޭ ފުނަދޫ ކައިރީގައި ޑީޕް ބްލޫ ސީ ގައި ކަޅުބިލަމަަސް ބްރީޑިންގް ފެކްޓަރީ ހަދައިގެން ރޮބަޓްސް ތަކުގެ އެހީގައި ދުވާލަކު 1 ބިލިއަން ގޮދާ ބާނާ އެކްސްޕޯރޓް ކުރާ ތަން.
ގޮދާ
23 April 2018
ދުވާލަކު އެއް ބިލިޔަން ގޮދާ ބާނައިގެން ކަނޑު ހުސްކުރަންތަ ތިޔައުޅެނީ!
ހޭބަލި
23 April 2018
މި ފަހަރު ޓުވިޓަރޭ ނުކީ ކީއްވެތަ! ލަދު ބޮޑު ޕިންކީމެން
ތަގެ
23 April 2018
މޮޔަވެބަލަ!