މީހަކު އިންސްޓަގްރާމް ބޭނުން ކުރަނީ.
22 ޖޫން 2018 - 08:17
އިންސްޓްގްރާމަށް ލެވޭ ވީޑިއޯތައް ކުރިއަށް ވުރެ ދިގު ކުރެވޭ ގޮތަށް ހަދަން ނިންމާފައިވާކަން އިއުލާން ކުރުމަށް ފަހު، އެ ހިދުމަތް (އައިޖީޓީވީ) ބުދަ ދުވަހު ސެން ފްރާންސިސްކޯގައި ރަސްމީކޮށް ލޯންޗްކޮށްފި އެވެ.
މިހާރު އިންސްޓަގްރާމް ބޭނުންކުރާ މީހުންނަށް ހައި ކޮލިޓީގައި 10 މިނިޓްގެ ވީޑިއޯ އަޕްލޯޑްކޮށްލެވޭނެ އެވެ. އަދި ހޮވާލެވިފައިވާ ބައެއް ޔޫޒަރުންނަށް ގަޑިއެއްހާ އިރުގެ ވީޑިއޯ އަޕްލޯޑްކޮށްލެވޭނެ ކަމަށް އިންސްޓަގްރާމުން ބުންޏެވެ.
ކުރިން އިންސްޓަގްރާމްގެ ފީޑަށް ލެވެނީ އެއް މިނިޓްގެ ވީޑިއޯ އެވެ. އަދި ސްޓޯރީ އަށް ލެވެނީ 15 ސިކުންތުގެ ވީޑިއޯ އެވެ.
އަލަށް ގެނައި ބަދަލާ ބެހޭ ގޮތުން، ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމްގެ ސީއީއޯ ކެވިން ސިސްޓްރޮމް ވިދާޅުވީ މިއީ އިންސްޓަގްރާމް ބޭނުން ކުރާ ޒުވާނުންނަށް ވަރަށް ވެސް ކަމުދާނެ ބަދަލަކަށް ވާނެ ކަމަށެވެ. އަދި މި ހިދުމަތް އިތުރަށް ފުޅާ ކުރަން މަސައްކަތްތައްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
Instagram ah dhigu koh video levey goiy hadhanee
The most trusted news source in the Maldives
Mihaaru
އިންސްޓަގްރާމަކީ އެންމެ ގިނަ މީހުން މިހާރު ބޭނުން ކުރާ އެޕް.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިންސްޓަގްރާމުން މި ގެނައި ބަދަލަކީ ޔޫޓބިއުބަށް ގޮންޖަހަން ކުރާ މަސައްކަތުގެ ތެރެއިން ބައެކެވެ. އެގޮތުން ޔޫޓިއުބަށް ދޫނުކުރާ ވަރުގެ ކޮލީޓިގައި އިންސްޓްގަރާމް ވީޑިއޯތައް މިހާރު ބެލޭނެ ކަމަށް ބުނެފައިވެ އެވެ.
އިންސްޓަގްރާމުން ބުނި ގޮތުގައި މިހާރު މަހެއްގެ މައްޗަށް އެއް ބިލިއަން މީހުން އެ އެޕް ބޭނުން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމް
23 June 2018
ވަރޓިކަލް ވީޑިއޯ ލެވެނީ