މީހަކު އިންސްޓަގްރާމުން ވީޑިއޯ ކުރަނީ.
15 ޖޫން 2018 - 08:10
އިސްޓަގްރާމަށް ލެވޭ ވީޑިއޯކޮޅު ކުރުވެގެން ކުރާ ޝަކުވާތަކަށް މިހާރު ނިމުމެއް އަންނަނީ އެވެ. އިންތިޒާރުކޮށްލަން ޖެހެނީ މި މަހުގެ 20 އާ ހަމައަށެވެ.
ޓެކް ކްރަންޗުން ރިޕޯޓްކޮށްފައިވާ ގޮތުގައި 60 ސިކުންތަށް ވުރެ ދިގު ވީޑިއޯ އިންސްޓަގްރާމަށް ނުލެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން ވަނީ ނިންމައިފަ އެވެ.
އިންސްޓަގްރާމްގެ މެއިން ފީޑަށް މިހާރު ލެވެނީ 60 ސިކުންތުގެ ވީޑިއޯ އެވެ. އަދި އިސްޓަގްރާމް ސްޓޯރީ އަށް ލެވެނީ 15 ސިކުންތުގެ ވީޑިއޯ އެވެ.
އަލަށް ގެންނަ ބަދަލުގައި 4ކޭ ކޮލިޓީގައި، ދިގު ވީޑިއޯ، ފުލް ސްކްރީންގައި ބަލައިލެވޭނެ އެވެ.
މި ބަދަލު ގެންނަން އިންސްޓަގްރާމުން ތައްޔާރުވަމުން އައި ނަމަވެސް، އިސްޓަގްރާމުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ފޭސްބުކްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ އިސްޓަގްރާމުން ވަނީ ފޭސްބުކް ނޮޓިފިކޭޝަން ފީޗާ ވެސް އިންސްޓަގްރާމަށް ލިބޭ ގޮޮތް ހަދަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ.
މީގެ އަށް އަހަރު ކުރިން ވުޖޫދަށް އައި އިންސްޓަގްރާމަކީ މިހާރު އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ސޯޝަލް އެޕެވެ. އޭގެ ކަސްޓަމަރުންގެ އަދަދު މިހާރު ބިލިއަނަކާ ގާތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy