އައިއޯއެސް 12 ގައި މައްސަލަތަކެއް، މެސެޖް ފޮނުވާ މީހާ ނޫން އެހެން މީހަކަށް

"އައިއޯއެސް 12 މޮބައިލް އޮޕަރޭޓިން ސިސްޓަމް" އައިފޯނަށް އަޅައި ބޭނުންކުރަން ފެށުމުން ވަނީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި އައިމެސެޖްގައި ވެސް މައްސަލަ އުޅޭކަން ވަނީ އެނގިފަ އެވެ.


އެޕަލް އިން އައިއޯއެސް 12 ދޫކޮށްލުމާ އެކު އެންމެ ބޮޑަށް ދެކެވުނީ، ޕާސްވޯޑް ޖަހައި ތަޅުލާފައި އޮންނައިރު ވެސް، އައިފޯނަށް ވަދެވޭ ވާހަކަ އެެވެ. އެކަމަކު މި ފަދަ ގޮތަކަށް އައިފޯނެއް ކޮންމެ ކޮންމެ މީހަކަށް ހުޅުވޭ ކަމެއް އެނގިފައް ނެތެވެ. މިއީ ހެކަރުންގެ ފެންވަރުގައި އަދި އައިފޯނު އަތުޖެހިގެން ނޫން ގޮތަކަށް ކުރެވޭ ކަމެއް ނޫންކަން ފަހުން އެނގުނެވެ.

އައިއޯއެސް 12 އަށް އޮޕަރޭޓިން ސިސްޓަމް މަތިކުރުމުން، "އައިމެސެޖް" އެޕްލިކޭޝަންގައި މައްސަލަޖެހި، މެސެޖް ފޮނުވާ މީހާ ނޫން މީހުންނަށް ލިބޭ ކަމަށް ބުނެ އެޕަލް ފޯރަމްގައި ވަނީ ވާހަކަ ދެކެވިފަ އެވެ. މި މައްސަލަ ހައްލުކުރާނެ ގޮތް އެޕަލްއިން އަދި ބުނެދީފައި ނެތަސް، އައިފޯން ބޭނުންކުރާ މީހުން ދަނީ އެކި ގޮތް ގޮތަށް މައްސަލަ ހައްލުކުރަމުންނެވެ. އެހެން ނަމަވެސް، ނިޔަތްގަންނަ މީހާ ނޫން މީހަކަށް މެސެޖް ހިނގައިދާނެ ކަމަށް އޮތް ބިރު އަދި ވެސް ފިލައިގެން ނުދެ އެވެ.

އެޕަލް ފޯރަމްގައި ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، ދެމަފިރިން އެކަކު އަނެކަކަށް ފޮނުވާ މެސެޖްތައް ދަރިންނަށް ވެސް ލިބެ އެވެ. އަދި ހާލަތާ ގުޅުމެއް ނެތް މެސެޖްތައް ވެސް، އައިމެސެޖްގެ ތެރެއިން ފޭއްދިގެން ގޮސްފައި ވެ އެވެ. މި މައްސަލަ އެންމެ ބޮޑަށް ދިމާވަނީ ގާތް މީހުންގެ މެދުގައި އަދި އާއިލާގައި ހުރިހާ އެންމެން ބޭނުންކުރާ އެޕަލް އައިޑީ އެކައްޗަކަށް ވުމުންނެވެ އަދި އެ މީހުން ތަފާތު ފޯނުތަކުގައި ތަފާތު ސިމް ކާޑް ބޭނުންކުރި ނަމަވެސް އެވެ. މި މައްސަލާގައި "އެޕަލް އައިޑީ"އާ ގުޅުމެއް އޮތް ކަމަށް ވަނީ ބެލެވިފަ އެވެ.