ޓިކްޓޮކް ބޭނުން ކުރާ މީހުންގެ އަދަދު 500 މިލިއަނަށް ވުރެ ގިނަ.
17 އެޕްރީލް 2019 - 15:07
އިންޑިއާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ކޯޓަށް ހުށަހަޅާފައި ވަނިކޮށް އެ އެޕްލިކޭޝަން އެ ގައުމުގައި ޑައުންލޯޑް ނުކުރެވޭ ގޮތަށް ހަދައިފި އެވެ.
ވީޑިއޯތަކަށް އަޑު އަޅައި އެކްޓްކޮށް ހިއްސާކުރާ އެޕެއްގެ ގޮތުގައި މަޝްހޫރު ޓިކްޓޮކް، އެ އެޕް ހޯސްޓްކުރާ ގޫގުލް އާއި އެޕަލް ސްޓޯރުން މިހާރު ވަނީ އެޕް އިންޑިއާގައި ބްލޮކްކޮށްފަ އެވެ. އެއީ ސަރުކާރުން އެދިގެންނެވެ.
ޗައިނާގެ ބައިޓްޑާންސްގެ ޓިކްޓޮކް އިންޑިއާގައި ބްލޮކް ކުރިއިރު އެ ގައުމުގެ އެ އެޕް ބޭނުން ކުރާ މީހުންގެ އަދަދު 120 މިލިއަނަށް އަރަ އެވެ.
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ޓިކްޓޮކް ހުއްޓުވައިލަން ބޭނުންވި މައިގަނޑު ސަބަބަކީ އޭގައި އަހުލާގީ ފެންވަރު ދަށް ވީޑިއޯތައް ހުރުމާއި އެ އެޕްގެ ސަބަބުން ޒުވާނުންނާއި ކުޑަކުދިންނަށް ނޭދެވޭ އަސަރުތައް ކުރާތީ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ވަނީ ޓިކްޓޮކްގައި ހުންނަ ވީޑިއޯތައް މީޑިއާތަކުގައި ބްރޯޑްކާސްޓް ނުކުރަން ވެސް ގޮވާލައިފަ އެވެ.
ދެހާސް ސޯޅައިގައި ވުޖޫދަށް އައި ޓިކްޓޮކްއަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 500 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުން ކުރާ އެޕެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިގް މަނީ
17 April 2019
ސަޅިވާނޭ ޗައިނާހެން ބިގްބްރޯ ސްޓޭޓެއް ހަދައިފަ އަމިއްލަ ސޯޝަލް ޕްލެޓްފޯމެއް ހެދުމުން. ކަޑަކަމަކީ ރާއްޖެއަކީ ވަންޕާރޓީ ކޮމިއުނިސްޓް ގައުމަކަށް ނުވުން. މީތި ހެދީމާ ޕާރޓީގެ މަތީ މީހުނަށް ވަރަށް ލާރި ޖެހޭނެ. ރާއްޖޭގަ ޑޭޓާ ޕްރޮޓެކްޝަނެއް ނޫނީ ޑިޖިޓަލް ރައިޓްސް އެކްޓެއް ނެތް އެހެންވީމަ އޯކޭވާނެ ސަރުކާރުނޫން ކޮންމެ ބައެއް މިަކަހަލަ އެއްޗެއް ހެދިއަސް. ވިތް ބިގް ޑޭޓާ ކަމްސް ބިގް މަނީ.
ހިގޮ
17 April 2019
ދެން ހިގާ އަހަރެމެން ވެސް ޓިކްޓޮކް ބޮލޮކް ކޮއްލަން އިންޑިއާ އިން ވިއްޔާ އެކޮށްލީ....
ނޫންތަ؟
17 April 2019
ތީތި ސަޅި! ޙުރިހާ ސޯޝަލް މީޑިއާ އެޕްތައް ވީ ހަމަ ބްލޮކް ކޮށްލަން. ތިއެއްޗެހީގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ބޮޑީ ގެއްލުން
ފަލަޑޭ
17 April 2019
ދެންވީ ތުބުޅިދިގުކުރަންދޯ؟ ތިކަހަލަ ބީތާއިން ގިނަވެގެން ދުނިޔެ އުޅުން އުނދަގުލަކަށްވެއްޖެ
ނޫންތަ؟
17 April 2019
މީހަކު ބުނެފިތަ ތުނބުޅި ދިގުކުރާށޭ؟ ފަލަޑޭ އަމިއްލައަށް ކިޔައިގެން އުޅޭ އެއްޗެއް ތީ
ާަސިންހަމް
17 April 2019
ރާއްޖޭން ވެސް ތި ޓިކްޓޮކް އެޕް ބްލޮކް ކުރަން ވެއްޖެ މިހާރު.
އާދަން
17 April 2019
ރަނގަޅު ގޮތުގަ ސޯޝަލް މީޑިއާ ބޭނުން ކުރާނަމަ ގެއްލުމެއްނުވާނެ. ވާނީ ފައިދާ. އެކަމަކު ޓިކްޓޮކް ކަހަލަ ފާހިޝް ކަންކަމަށް މަގުފަހި ކުރުވާ އެޕްތައް ބްލޮކް ކުރަންވީ.
ހާރިސްް
17 April 2019
ފަލަޑޭ މުސްލިމުން އުޅޭނީ ޤުރްއާނާއި ސުންނަތުގައިވާ ގޮތައް، ވަކި މީހަކު ބުނާގޮތަކަށް ނޫން. ނަބިއްޔާ ﷺ ހަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ދުނިޔެއަކީ ކާފަރުންގެ ސުވަރުގެއެވެ. އަދި މުއުމިނުންގެ ހުރަގެއެވެ."
ސަންފަ
17 April 2019
ބަލަ ފަލަޑޭ މިތާކު ތުބުޅީގެ ވާހަކައެއް ނުދައްކައޭ. ކަލޭ ތުބުޅި ބަހައްޓަން ބޭނުން ނުވަންޔާ ނުބެހެއްޓީމަ އެ ނިމުނީ.
ޓްސްކް ޓްސްކް
18 April 2019
"ނޫންތަ؟" ނުބުނޭ ސޯޝަލް މީޑިއާގެ އެއްވެސް ފައިދާއެއް ނެތޭ. ބުނީ ފައިދާއަށްވުރެ ބޮޑަށް ލިބެނީ ގެއްލުމޭ. އަނެއް ވާހަކައަކީ، އޭނަ ނުބުނޭ ތުނބުޅި ދިގުކުރާށޭވެސް، އަދި ނުކުރާށޭވެސް. ތުނބުޅީގެ ވާހަކައެއް ނުވެސް ދައްކާ.
ބައްޓޭ
18 April 2019
ފަލަޑޭ ކަލޭ ތުނބުޅި ބޭލީމައި ތަ ފިރިހެނަކަށް ވަނީ