ޓެކްނޮލޮޖީ / ލައިފްސްޓައިލް

"ފެން ނުވަންނަ" ފޯނުގެ މައްސަލާގައި ސެމްސަންގް ކަރުތާފެނަށް

ގެލަކްސީ އެސް10 މާކެޓްކުރުމުގައި އޮޅޭ ގޮތަށް އިސްތިހާރުކުރާތީ ސެމްސަންގް ކޯޓަށް ހާޒިރުކޮށްފި

ސެމްސަންގް ގެލަކްސީ މަރުކާގެ ފޯނުތަކުގެ ތެރެއިން ބައެއް ފޯނުތަކަށް ފެންނަ ނުވަންވާނެ ކަމަށް ބުނެ ކޮށްފައިވާ އިސްތިހާރުތަކަކީ ބޮޑު އޮޅުވާލެއް ކަމަށް ބުނެ އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ސެމްސަންގު ކޯޓަށް ގެންގޮސްފަ އެވެ. މި މައްސަލަޔާ އެކު، ސެމްސަންގުގެ "ހީލަތް" ވެސް ވަނީ ހާމަވެފަ އެވެ.

އިސްތިހާރުކުރުމުގައި ދައްކަނީ އެ ފޯނުތައް 1.5 މީޓަރު ފުނުގައި 30 މިނެޓް ވަންދެން ބޭއްވި ނަމަވެސް، ގެއްލުމެއް ނުވާ ކަމަށެވެ. އެކަމަކު މިއީ އިސްތިހާރުތަކަށް ބަރޯސާކޮށް ގޮތެއް ނިންމާ މީހުންނަށް އޮޅުވާލުމެއް ކަމަށް ބުނެ އޮސްޓްރޭލިއާގެ ސެމްސަންގް އިލެކްޓްރޯނިކްސްއާ ދެކޮޅަށް ވަނީ ދައުވާކޮށްފަ އެވެ.

މިކަން ހާމަކަން ބޮޑުކޮށް ފާޅުވެފައި ވަނީ، ގެލަކްސީ އެސް10 މާކެޓްކުރުމުގައި ސެމްސަންގުން އަމަލުކުރިި ގޮތުންނެވެ. ސެމްސަންގް ވެބްސައިޓްގައި، ވަރަށް ކުދި އަކުރުން، "ގެލަކްސީ އެސް10 ޓެސްޓްކޮށްފައި ވަނީ ތާޒާ ފެނުގައި" ކަމަށް ލިޔެފައި އޮތަސް، އިސްތިހާރުތަކުން ފެންނަ ގޮތުގައި، އެ ފޯނުތައް މޫދު ކައިރީގައި، ގޮނޑުދޮށުގައި ވެސް ގެންގުޅެ އެވެ. އަދި ލޮނު ފެން އޮހޮރުނަސް، ފޯނުތައް ރައްކާތެރި ކަމަށް ދައްކަ އެވެ.

ސެމްސަންގުން އެސް10 އިސްތިހާރުކުރުމަށް ބޭނުންކޮށްފައިވާ މޮޓޯ އަކީ "ބިލްޓް ފޮ އޮސްޓްރޭލިޔާ" އެވެ. އަދި އޮސްޓްރޭލިޔާގައި މޫދު ކައިރި ހިސާބުތަކުގައި އެސް10 ގެންގުޅޭތަން ދައްކައި، ލޮނު ފެނަށް ވެސް ރައްކާތެރި ފޯނެއް ގޮތުގައި އެސް10 ވަނީ އިސްތިހާރުކޮށްފަ އެވެ. ނަމަވެސް މިއީ އަސްލު ކަން އޮތް ގޮތެއް ނޫނެވެ. ސާފު ފެނުގައި ޓެސްޓްކުރުމާއި މޫދު ލޮނުގައި ޓެސްޓްކުރުމުގައި، ތަފާތުތައް ގިނަ އެވެ.

ސެމްސަންގް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ، ވާދަވެރިކަން ގެއްލޭ ގޮތަށް ފޯނުތައް އިސްތިހާރުކުރި މަގުސަދާ ބެހޭ ގޮތުންނެވެ. ގެލަކްސީ ފޯނުތައް، ލޮނު ފެނުގައި ޓެސްޓްނުކުރާއިރު، އެ އިހުސާސްކުރުވަނީ ކީއްވެތޯ ވެސް ވަނީ ސުވާލުކޮށްފަ އެވެ. ކޯޓުން ގަބޫލުކުރަނީ މިއީ ވާދަވެރިންގެ މައްޗަށް ނުފޫޒުގަދަކޮށް، ފޯނުތަކުގައި ނެތް ފެންވަރު ދައްކައި އޮޅުވާލުން ކަމަށެވެ. ސެމްސަންގުން ދަނީ މިކަމުން ރެކެން މަސައްކަތްކުރަމުންނެވެ.

15 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 9%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޜއދދސ

09 July 2019

މޫދަށްލީމަ ފެނެއް ނުވަންނާނެ އެއްވެސް ފޯނަކަށް. ލޮނުވަނަސް

The name is already taken The name is available. Register?

މަސްވެރިޔާ

08 July 2019

އެޕަލް 3 ވަނައަށް ވެއްޓުމުން ޖެހޭމައްސަލަ. ސެމްސުންގ އާއި ދާވާލީީ. ޢޭގެކުރިން ހިފީީ ހުވާވޭއާއި.

The name is already taken The name is available. Register?

ރާއްޖެ

08 July 2019

އިންޑިއާ ޓީވީ ތަކުން އިޝްތިހާރު ކުރާ "ދޮންވާން" ބޭނުން ކުރާ ހުރިހާ ޕްރޮޓަކްޓެއް ގޮވައިގެން ކޯޓަށް ދެވިދާނެ

The name is already taken The name is available. Register?

ގިޓާ

08 July 2019

މައްސަލައަކީ ކޮބައި ކުންފުނިތަކުންދަޢުވާ ކުރަނި ތިމާގެ ވިޔަފާރި ދައްވާތީ މިކަން ބަރާބަރު މަޢުލޫމާތު ސައްޙަވާާން ޖެހޭނެ! ހިތާމަޔަކީ ކޮސްމޮޓިކްސް ވިއްކުމަށް ކުރާ އިސްތިހާރުތަކުގައި އެތައް އޮޅުޅުވާލުމެއް އޮވެ ރައްޔިތުން ހަލާާކުވާާއިރު ޤައުމުގެ ވިޔަފާރި ވުޒާރާާތަކުން ރައްޔިތުން ސަލާމަތްކުރަން ނުނުކުމެ ތިބޭތީ!

The name is already taken The name is available. Register?

ވަހީދު

08 July 2019

ސެމްސަންގު މިފަހަރު ރާއްޖޭ ސަރަހަށްދަށް މަހަށްދާން ޖެހޭނީ. ޔޫރަޕުގެ ކަނޑުތަކުންވެސް ބޭރުކުރާނެ.

The name is already taken The name is available. Register?

އުދުހޭ

08 July 2019

އެހެންވެގެން ވޯޓާޕްރޫފް ފޯނެކޭ ބުންޏަސް ސްނޯކްލިިންގ އަށް ދާއިރު މޫދުއަޑީ ކެމޭރާއެއްގެގޮތުގައި ފޯނު ބޭނުން ނުކުރަންވީ.

The name is already taken The name is available. Register?

ހަޑިގިއްލާ

08 July 2019

އެޕަލްވަރެއް ނޯންނާނެ. ސަޅިވާނެ ސްމާރޓްވާނެ

The name is already taken The name is available. Register?

ފޯނު

08 July 2019

ވޯޓާ ޕްރޫފިންގް ސްޓޭންޑާޑްގަ ވަކި މޮޅެއް ނުވާނެ.

The name is already taken The name is available. Register?

ސިދުގީ

07 July 2019

ވަރަށް ސަޅި

The name is already taken The name is available. Register?

ދޭބަލަ

07 July 2019

އޮސްޓްރޭލިއާ ސެމްސަންގެ ދެކެ ޖޭވި ނަމަވެސް ތަމެންނަށް އެންމެ ފޯނެއް ވެސް އުފެއްދެނީ އެއް ނޫން ދޯ ދެން ތަމެން މަހަށް ދާންވީ އެއް ނޫންތޭ މަހަށް މަހަށް މަހަށް ދޭބަލަ...

The name is already taken The name is available. Register?

ނުދާނަން

07 July 2019

ތަ ކިތަށް ފޯނު އުފެއްދިންތެ؟ ތަ މަހަށް ދޭބަލަ..!!

The name is already taken The name is available. Register?

ތަމެން 2

07 July 2019

ތަމެން ހަމަޖެހިބަލަ

The name is already taken The name is available. Register?

12345

08 July 2019

މިބޭފުޅާގެ ވާހަކައިން ދޭހަވަނީ މަހަށްދިުމަކީ ދަށްފެންވަރުގެ ކަމެއްހެން. ގިންތިކޮށް ދިމާކުރުން އެއީ ރީތިގޮތެއްނޫ.

The name is already taken The name is available. Register?

ޢައްބަ

08 July 2019

ހަމަ ނުޖެހޭ ކުއްޖެއްތަ؟ ދިވެހިންނަށް ބޮޑު ކަމަކަށް ނުވިޔަސް ބޮޑެތި މާކެޓް އޮންނަ ޤައުމު ތަކުން ވިސްނާނެ މިފަދަ ކަންކަމާއި. ދިވެހިން ވިސްނާާނީ އަމިއްލަ ފައިދާއަށް. ކޮމިޔުނިޓީއާއި ދޭތެރޭ ނުވިސްނަނެ

The name is already taken The name is available. Register?

ގަޑުބަޑު

07 July 2019

މުދާ އިޝްތިހާރު ކުރުމުގައި ދިވެހި ވިޔަފާރި ވެރިންގެ އޮޅުވާލުން ވެސް ވަރަށް ބޮޑެވެ. އެއްމެ މަކަރު ހަދާ ބަޔަކީ އިސްތަށިގަޑު ރަގަޅު ކުރާ ޝޭމްޕޫ، ލޯޝަން ވިއްކާ މީހުން ނެވެ.ދަނޑުވެރިކަމުގެ ސާމާނާ ޕާރޓިލިޒަމް ވިއްކާ މީހުން ވެސް ވަރަށް އޮޅުވާލާ ބައެކެވެ.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454