ޓެކްނޮލޮޖީ / ސެމްސަންގް ގެލެކްސީ ނޯޓް

ގެލަކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނިއްވާލުން މުޅިންް އާ ގޮތަކަށް

ސެމްސަންގް ގެލަކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް: ހަތަރު ގޮތަކަށް ފޯނު ނިއްވާލެން އެބަ ހުރި

ސެމްސަންގް ގެލަކްސީ ފޯނުތައް ނިއްވާލުމަކީ، ގެލަކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނެރުމާ ހަމަ އަށް، ސަހަލު ކަމެކެވެ. ވަރަށް އާދައިގެ ކަމެކެވެ. ފޯނުގެ ކަނާތް ފަރާތުގައި އިންނަ "ޕަވާ ބަޓަން" އަށް އޮބާލައި ހިފަހައްޓާލުމުން ހަމަޖެހުނީ އެވެ. ނަމަވެސް، ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނިއްވާލުން މި އޮތީ އުނގެނި ދަސްކުރަން ޖެހޭ ވަރުގެ ކަމަކަށް ވެފަ އެވެ.

ގެލަކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ގައި "ޕަވާ ބަޓަން" ނުވެސް އިންދެ އެވެ. ފޯނުގެ ކަނާތް ފަރާތުގައި، އޮބާލެވޭ ކަހަލަ އެކައްޗެއް ވެސް ނެތެވެ. ގެލަކްސީ ފޯނުތަކުގައި މީގެ ކުރިން "ޕަވާ ބަޓަން" އިންނަނީ ފޯނުގެ ކަނާތް ފަރާތުގަ އެވެ. އެހެންކަމުން، ނޯޓް 10 އަދި ނޯޓް 10 ޕްލަސްއެއް ލިބުމުގެ ކުރިން ފޯނު ނިއްވާލާނެ ގޮތް ދަސްކުރަން ހިނގާށެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނިއްވާލުމަށްޓަކައި ނޮޓިފިކޭޝަން ފަރުދާ ކަހާލުން

ސްމާޓްފޯނެއް މިހާ ގިނަ ގޮތްގޮތަށް ނިއްވާލެވެން ހުރި ފޯނެއް ނުދެކެމެވެ. ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނިއްވާލުން ސެމްސަންގުން ވަނީ ހަތަރު ގޮތަކަށް ފަހިކޮށްދީފަ އެވެ. އެންމެ ފަސޭހަ ގޮތަކީ، މަތިން ތިރި އަށް "ނޮޓިފިކޭޝަން" ފަރުދާ ކަހާލުމަށް ފަހު، "ސެޓިން ވީލް" ކައިރިން، ސްކްރީނުން ފެނަން "ޕަވާ ބަޓަން" އަށް އޮބާލުމެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނިއްވާލުމަށްޓަކައި ސެޓިން މެނޫ ބޭނުންކުރުން

ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނިއްވާލެވެން ހުރި ދެވަނަ ގޮތަކީ ވާތް ފަރާތުގައި، "ވޮލިއުމް ބަޓަން" ކައިރި ތިރީގައި އެ އިން "ބިކްސްބީ ބަޓަން" އަށް އޮބާލުމުން ދެން ކަންތައް ވާންވީ ގޮތް ފޯނަށް ބުނެދިނުމެވެ. ފޯނުގެ ސެޓިން އަށް އަވަހަށް ވަންނާށެވެ. "ސައިޑް ކީ" ހޯދާލުމަށްޓަކައި "ސާޗް"ކޮށްލުން ވެސް ރަނގަޅުވާނެ އެވެ. ނޫން ނަމަ "އެޑްވާންސްޑް ފީޗާސް" އަށް ވަންނާށެވެ. އެ ތަނުން "ސައިޑް ކީ" ފެންނާނެ އެވެ. ކުރަންވީ ކަމަކީ އެ ފިތަށް ފިތައި ހިފަހައްޓާލުމުން ފޯނު ނިވޭ ގޮތް އިޚުތިޔާރުކުރުމެވެ. "ސައިޑް ކީ" އަށް ސެމްސަންގުން ކުރިން ކީ ނަމަކީ "ބިކްބީ ބަޓަން" އެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނިއްވާލުމަށްޓަކައި ވޮލިއުމް އަދި ބިކްސްބީ ބަޓަން ބޭނުންކުރުން

މި ދެ ފޯނު ނިއްވާލުމަށް ބޭނުންކުރެވެން ހުރި ތިންވަނަ އުކުޅަކީ "ވޮލިއުމް" ދަށްކުރާ ފިތަށް އަދި "ސައިޑް ކީ" އަށް އެއްފަހަރާ ފިތައި ހިފަހައްޓާލުމެވެ. ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނިއްވާލެވެން ހުރި އެންމެ ކަންނެތް ގޮތަކީ "ބިކްސްބީ" ކައިރީގައި ބުނެގެން އެކަން ކުރުމެވެ. "ބިކްސްބީ، ޓާން އޯފް ދަ ފޯން" ޕްލީޒް އެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނިއްވާލުމަށްޓަކައި ބިކްސްބީ ކައިރިން އެދުން

10 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 20%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުންޖިދު އަލީ

20 August 2019

16ގެ ސާރކެޓެއް ގަނެފަ އެޅުވުމުން ހިސާހިތަކު ފޯން ހުޅުވޭ

The name is already taken The name is available. Register?

ތެއާސާ.

19 August 2019

ކަލޯގަޔާ. ދެން ނިއްވާލާފަ ވެމްކޯއާ ހަވާލުކޮއްގެން އެއްލާލަންދޯ ޖެހޭނީ.. ސަހަލު ވެއްޖެއެއްނު؟ ސަމްސަންގު މީހުންވެސް ވިސްނާފަމިއޮތޯ ނިއްވާލުމާ ހިސާބަށްވިއްޔާ!!!!

The name is already taken The name is available. Register?

ހަޑިގިއްލާ

19 August 2019

ޗާޖުނުކޮށް ބޭވިޔަސް ނިވޭނެ.

The name is already taken The name is available. Register?

މަރޭ

19 August 2019

ކުލްޖާ ސިމްސިމް ބުނުމުން ފޯނުހުޅުވޭނެ

The name is already taken The name is available. Register?

ޭޑޭމް

18 August 2019

މިދެން ބޮޑުވަރު ގަމާރު ވިޔަސް.. ބިކްސްބީ ބަޓަން ނީނދޭ ނޯޓް 10 ސީރީޒްގަ. ޕަވާ ބަޓަން އެހެން ފޯނެކޭ އެއްގޮތައް ހަމަ ޔޫޒް ކުރެވޭ. ސައިޑް ކީ އަކީ ކަސްޓަމައިޒް ކުރެވޭ ބަޓަން އެއް. ހަމަ އެހެން ފޯނެކޭ އެއގޯތައް ޕަވާ އޮފް އޮން ކުރެވޭނެ..

The name is already taken The name is available. Register?

ޢަހްމަދު007

18 August 2019

ދެން ފޯން އޮންކުރަން ކިހެނެއްބާ ހަދާނީ

The name is already taken The name is available. Register?

ޙަމަދު

18 August 2019

ދެން ކިހިނެއް އޮން ކުރަނީ؟ ޕަވާ ބަޓަން އެއްވެސް ނެތެއްނު

The name is already taken The name is available. Register?

އަލީދ

18 August 2019

ނިއްވާލާ ގޮތަށް އެކަން އެނިމުނީ...ދެން އާ ފޯނެއް ގަނޭ.

The name is already taken The name is available. Register?

ސައީ

18 August 2019

ކަލޯ ދެން ނެތް ދޯ އިތުރު އޮޕްޝަންނެއް އާ ފޯނެއް ގަތުން ނޫނީ.. އެޕަލް ފޭން ބޯއީ ނިޔާޒް ލިޔާނީ ސެމްސަންގ ބޭނުން ކެނޑޭނެ އުކުޅު އުގަންނައިދޭ ލިޔުން ވިއްޔާ... ހެހެހެއް...

The name is already taken The name is available. Register?

ރައްޔެތު.

19 August 2019

ހެހެހެހ. އާން މި އެޕަލް ބޯއިޒްއަށް ރިއަލްޓައިމް އެޑިޓެޑް ފޮޓޮއެއް ފެނުނީމަ އެވަރު ފޯނެއް ނޯންނާނެ

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454