10 ސެޕްޓެމްބަރ 2019 - 07:50
އެޕަލްގެ އާ އައިފޯނާއި އެހެން ބައެއް އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފްކުރާ ހާއްސަ އިވެންޓް މިރޭ އޮންނާނެ އެވެ.
ސެޕްޓެމްބަރު މަހަކީ ކޮންމެ އަހަރަކު ވެސް އައިފޯނު ތައާރަފްކުރާ މަސް ކަމަށް ވުމުން މިރޭގެ އިވެންޓުގައި އެންމެ ބޮޑަށް ޔަގީންވާ އެކައްޗަކީ އައިފޯންގެ އާ މޮޑެލްއެކެވެ. މިއީ އައިފޯން 11 ކަމަށް ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް، އާ އައިފޯނު އޮންނާނެ ކަމަށް ބުނާ ގޮތާއި އޭގެ ފީޗާތަކާ ބެހޭ ގޮތުން ވަރަށް ގިނަ ގޮތްގޮތަށް އަޑުތައް ފެތުރިފައިވެ އެވެ. އެކަމަކު އެޕަލް އަކީ މިކަހަލަ ކަންކަމާ ވާހަކަ ދައްކާ ބައެއް ނޫނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވި އެޕަލް އިވެންޓުގައި އެޕަލް ވޮޗް ސީރީޒް 4 ތައާރަފްކުރި އެވެ. މިފަހަރު މީގެ ސީރީޒް 5 ވެސް ނެރޭނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން އައިފޯނާއި އައިޕެޑާއި މެކްބުކް ޕްރޯގެ ޑިޒައިނަށް ވެސް ބަދަލުތަކެއް ގެނެސް އެ ދައްކާލުން އޮންނާނެ ކަމަށް ބައެއް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.
"ބައި އިނޮވޭޝަން އޮންލީ" ގެ ޝިއާރުގެ ދަށުން ބާއްވާ އިވެންޓް އޮންނާނީ އެމެރިކާގެ ކެލިފޯނިއާގެ ކަޕަޓީނޯގައި ހުންނަ ސްޓީވް ޖޮބްސް ތިއޭޓަރުގަ އެވެ. އިވެންޓް ފަށާނީ ރާއްޖޭ ގަޑިން މިރޭ 10:00 އެވެ. އެޕަލްގެ ވެބްސައިޓުން އިވެންޓް ވަގުތުން ދައްކާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުސަން އަހުމަދު
10 September 2019
ސޯ.ޓިމް ކުކް ރެއިންބޯ ވީމާ މިހާރު އެޕަލްވެސް ރެއިންބޯ ވީ ދޯމި.ސްޓީވް ޖޮބްސް ހުރިނަމަ މިހެން ނުވީސް.ޓިމް ކުކް އަށް މުހިންމުމިވީ މަދު މީސްކޮޅެއް.އޭނާއަކަށް ނުފެނުނު އެޕަލް ބްރޭންޑްގެ ގިނަ މީހުންނަކީ ރެއިންބޯ މީހުންނޫންކަން.