ޗައިނާގެ އޮފީހެއްގައި ބަޔަކު މަސައްކަތްކުރަނީ.
11 ޑިސެމްބަރ 2019 - 07:35
ޗައިނާގެ ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ސަރުކާރުގެ ހިއްސާވާ ހުރިހާ އިދާރާތަކެއްގައި ބޭނުންކުރާ އެހެން ގައުމުތަކުގެ ކޮމްޕިއުޓަރުތަކާއި ސޮފްޓްވެއާތައް ބޭނުންކުރުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހުއްޓާލަން އަންގައިފި އެވެ.
ކޮމިއުނިސްޓް ޕާޓީގެ ސަރުކާރުގެ މި ނިންމުމާ ގުޅިގެން 2022 އާ ހަމަށް އަންނަ އިރު، ޗައިނާގައި ބޭނުންކުރާ ބިދޭސީ ކުންފުނިތަކުން އުފައްދާފައިވާ 30 މިލިއަން ކޮމްޕިއުޓަރު ބަދަލުކުރަން ޖެހޭނެ އެވެ. އޭގެ މާނަ އަކީ އެމެރިކާގެ ކުންފުނިތައް ކަމަށްވާ އިންޓެލް އާއި ކުއަލްކޮމްގެ އެއްވެސް އުފެއްދުމެއް ކުރިއަށް އޮތް ތަނުގައި ޗައިނާގައި ބޭނުން ކުރުމުވެ. އެކަމަކު ޗައިނާ އަކީ އެމެރިކާގެ ގޫގްލްގެ އެންޑްރޮއިޑާއި މައިކްރޮސޮފްޓްގެ ވިންޑޯސް ފަދަ އެއްޗިއްސަށް ވެސް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ.
ބައެއް މީޑިއާތަކުން ޗައިނާގެ މި ނިންމުން ސިފަކޮށްފައި ވަނީ އެ ގައުމުގެ ޓެކް ކުންފުނި ވާވޭ އަށް އެމެރިކާ އިން ކުރިމަތިކުރަމުންދާ ފިއްތުންތަކާއި ތާށިތަކާ ގުޅިގެން އޭގެ ބަދަލެއްގެ ގޮތުގައި އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.
އެމެރިކާ އިން ވަނީ ވާވޭ އަކީ ޖާސޫސްކުރާ ބައެއް ކަމަށް ބުނެ އެ ކުންފުނި އެމެރިކާގައި ބްލެކްލިސްޓްކޮށްފަ އެވެ. މި މައްސަލާގައި ދާދި ފަހުން ވާވޭން ވަނި އެމެރިކާގެ އެ ނިންމުމަކީ ގާނޫނުތަކާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެމެރިކާގެ ފެޑެރެލް ކޮމިއުނިކޭޝަންސް ކޮމިޝަނަށް ދައުވާކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
އެމެރިކާ ނަގާފައި ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދުގެ ތެރޭގައި ހިމެނޭ ޗައިނާގައި މިހާރު ވެސް ބޭނުން ކުރާ ގިނަ ކޮމްޕިއުޓަރު ސިސްޓަމްތަކަކީ އެމެރިކާގެ އެކި ކަހަލަ ޕްލެޓްފޯމްތައް ބޭނުންނުކުރެވޭ އެއްޗިއްސެވެ. އޭގެ ތެރޭގައި ފޭސްބުކާއި ވަޓްސްއެޕާއި ގޫގްލް ސާޗް ފަދަ ފްލެޓްފޯމްތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިމާރު
11 December 2019
"އޭގެ ތެރޭގައި ފޭސްބުކާއި ވަޓްސްއެޕާއި ގޫގްލް ސާޗް ފަދަ ފްލެޓްފޯމްތައް ހިމެނެ އެވެ." ޗައިނާގަ ގޫގްލްއާއި ފޭސްބުކް ބްލޮކްކޮށްފަ ހުންނަނީ އެކޮއެ.
ޕިޔާ
11 December 2019
ވަރަށް ރަނަގަޅު ނިންމުމެއް!
ހަކީމް
11 December 2019
ވާވެ އިން ވަނީ އެމީހުންގެ އަމިއްލަ އޯއެސް " ހާމޮނީ " މިދިޔަ އޯގަސްޓް ގައި ތައާރަފް ކޮއްފައި. ބޭނުމަކީ ކުރިއަށް އޮތްތަނުގައި ވާވޭ ގެ ގެޖެޓް ތަކުގައި އިންޑްރޮއިޑް ބޭނުން ކުރުން ހުއްޓަލުން.