28 ޖެނުއަރީ 2020 - 07:13
ޖަރުމަނަށް އޮތީ ދެ ގޮތެކެވެ. އެމެރިކާ ބުނާ ބަސްއަހަގެން ތިބުން ނުވަތަ ޖަރުމަނުގައި 5ޖީ ނެޓްވޯކް ތަރައްގީކުރަން ޗައިނާގެ ވާވޭ އަށް ހުއްދަ ދިނުމެވެ.
ޖަރުމަނުގެ އޮޕަރޭޓަރުން ބުނާ ގޮތުގައި، އެ ގައުމުގައި 5ޖީ ނެޓްވޯކް އަޅަން ވާވޭ އަށް ހުއްދަ ނުދީފި ނަމަ، ޖަރުމަނު އޮންނާނީ އަހަރުތަކެއް ފަހަތުގައި ކަމަށެވެ. އަދި ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.
އެމެރިކާ އިން ޗައިނާ އަށް އިގުތިސާދީ ގޮތުން ދަތިކުރަން ކުރާ މަސައްކަތްތަކުގައި، ވާވޭ އިނދަޖައްސާލުމަކީ ވެސް އޮތް ނިޔަތެވެ. ވާވޭގެ ދުވަސް ދުއްވާލަން އޮތް އެންމެ ފަސޭހަ ގޮތަކީ، އެ ކުންފުނިން އުފައްދާ އާލާތްތައް ބޭނުންނުކުރުން އަދި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފުރުސަތު ނުދިނުމެވެ.
ޖަރުމަނަކީ ވެސް އެމެރިކާ ބުނާހާ ގޮތަކަން ކަންކުރާ ގައުމެކެވެ. ޖަރުމަނުގައި 5ޖީ ނެޓްވޯކް އަޅަން ވާވޭ އަށް ހުއްދަ ދޭން ނުކެރިގެން އުޅެނީ، ހުއްދަ ދީފި ނަމަ އެމެރިކާ އިން ކޮށްފާނެ ޖެއްސުމަކަށް ބިރުންނެވެ.
އެމެރިކާ ބުނަނީ ވާވޭ އަކީ ޖާސޫސްކުރާ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިން ޖާސޫސްކުރަނީ އެ މީހުން އުފައްދާ ނެޓްވޯކް އާލާތްތައް ބޭނުންކޮށްގެން ކަމަށެވެ. އެހެންވެ، ވާވޭ އަށް ފުރުސަތު ދިނުމަކީ ބިރުވެރިކަމަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ.
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާލުވާ ގޮތުގައި، ޖަރުމަނުގައި 5ޖީ ނެޓްވޯކް ގާއިމުކުރަން ކުރާ މަސައްކަތްތަކުން އެއްވެސް ބަޔަކު ބާކީކުރުމަށް ވުރެ ބޮޑު ބިރެއް ނެތް ކަމަށެވެ. މުވާސަލާތީ ގުޅުން ހަރުދަނާކުރުމަށް ގިނަ ކުންނުނިތަކަކަށް ފުރުސަތުދިނުމަށް ވުރެ ބޮޑު ރައްކާތެރިކަމެއް ނެތް ކަމަށެވެ.
އެންޖެލާ މާކެލް ވިދާޅުވާ ގޮތުގައި، 5ޖީ ނެޓްވޯކް ގާއިމުކުރުމުގައި ކުންފުނިތައް ބައިވެރިކުންޖެހެނީ، ޚިދުމަތް ދެމެހެއްޓުމަށް ކަމަށެވެ. އެއް ބަޔަކަށް ހުއްދަ ދީފި ނަމަ، މުވާސަލާތީ ގުޅުން މެދުކެނޭ މިންވަރު އިތުރުވެދާނެ ކަމަށް ވިސްނަންޖެހޭ ކަމަށެވެ. އަދި ޖާސޫސުްކުރުމަށް އެ މީހުންނަށް ފުރުސަތު ބޮޑުވާނެ ކަމަށެވެ. އެހެން ނަމަވެސް، ގިނަ ކުންފުނިތަކެއް ބައިވެރިކުރުމުން، އެއްބަޔަކު އަނެއް ބަޔަކަށް ފާރަވެރިވުން ވާނީ ގައުމަށް ރައްކާތެރި ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރު 2020
28 January 2020
އެމެރިކާއިން އެހެން މީހުން ޖާސޫސްކުރާ ވާހަކަ ދެއްކުމަކީ ހަމަ ޖޯކެއް.
ކިޔު5
28 January 2020
ޗައިނާއަކީ ގައުމުތަކުގެ ދާޚިލީކަންކމަުގެ ތެރެއަށް ނުވަދެ، ގައުމުތަކަށް ތަރައްގީގެނައުމަށް ބަސައްކަތްކުރާބައެއްކަމުގައި ގިނަބަޔަކު ގަބޫލުކުރޭ.
ކިޔު6
28 January 2020
ބަސައްކަތްތަ ނޫނީ މަސައްކަތްތަ.....