16 މާޗް 2020 - 07:27
ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން ކަރަންޓީނުކުރަން ޖެހުމާއި އަމިއްލަ އަށް އެކަހެރިވާ މީހުންނަށް ކުރިމަތިވާ އެކަނިވެރިކަން ފިލުވައިދޭން ހާއްސަ މޮބައިލް އެޕެއް ލޯންޗްކޮށް، ބޭނުންކުރަން ފަށައިފި އެވެ.
ގޫގްލް އާއި ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭ ގޮތަށް މި މަހުގެ 12 ވަނަ ދުވަހު ނެރުނު މި އެޕްގެ ނަމަކީ ޑަޔަލްއަޕެވެ. މިއީ ފޯނު ނަމްބަރުން ސައިންއަޕްވެލުމަށް ފަހު، އެހެން މީހުންގެ ފޯނު ނަމްބަރާ ނުލައި އެކަކު އަނެކަކާ ވާހަކަ ދައްކައިލެވޭ އެޕެކެވެ.
އެގޮތުން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކާ ވެސް އެޕް މެދުވެރިކޮށް މުއާމަލާތްކުރެވިދާނެ އެވެ. އަދި މިއީ ކޮވިޑް-19 ގެ ހާލަތުގައި ނުދަންނަ މީސްމީހުންނާ ވެސް ވާހަކަ ދައްކާލައި، ހާލަތު އެކަކު އަނެކަކަށް ހިއްސާކޮށްލައި، ހިތަށާއި ސިކުނޑި އަށް ހަމަޖެހުން ގެނުވައިދޭނެ އެޕެކެވެ.
Excited to announce: QuarantineChat. A voice-chat chat app connecting you to quarantined people around the world. 😷☎️https://t.co/rzi3jmjInd
— Danielle Baskin (@djbaskin) February 29, 2020
މި އެޕް އުފެއްދި ޑެނިއަލް ބާސްކިނާއި މެކްސް ހޯކިންސް އާޓްނެޓަށް ބުނީ ޑަޔަލްއަޕް ނުވަތަ ކަރަންޓީންޗެޓް ސާވިސް އަކީ މިފަދަ ހާލަތެއްގައި އެކަކު އަނެކަކާ ފަސޭހައިން ގުޅުވައިލެވޭ އެޕެއް ކަމަށެވެ. މި އެޕް މިހާތަނަށް ހާހަކަށް ވުރެ ގނަ މީހުން ޑައުންލޯޑްކޮށްފައިވެ އެވެ.
"މީގެ ހާއްސަ އެއް ކަމަކީ ކުރިން ވެސް ދަންނަ މީހުންނާ އެޕް މެދުވެރިކޮށް ގުޅުވައިދޭކަން." އެ މީހުން ބުންޏެވެ. "އަދި އައިސޮލޭޝަނެއްގައި ހުންނަ މީހަކަށް މި އެޕްގެ ޒަރީރާ އިން ހިތްހަމަޖެހުން ގެނެސްދޭނެ ކަމަށް އަހަރެމެން ގަބޫލުކުރަނީ. ހަގީގަތުގައި މީގެ ބޭނުމަކީ މިކަހަލަ ދަނޑިވަޅެއްގައި ކަރަންޓީނުގައި ނުވަތަ ސެލްފް-އައިސޮލެޝޭނުގައި ތިބޭ މީހުންނަށް ކުރިމަތިވާ އެކަނިވެރިކަމާއި އުދާސްތައް ފިލުވައި ދިނުން."
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުކުރާ މީހުން ނުވަތަ އެކަހެރިކުރާ މީހުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދޭން އަންގައިފަ އެވެ. އެގޮތުން ސޯޝަލް ޕްލެޓްފޯމްތައް މެދުވެރިކޮށް، ވީވަރަކުން އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ކުރިއަށް ގެންދަން އިލްތިމާސްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަށުމިހާ
17 March 2020
ވަރަށްސަޅި
ހަންނި
16 March 2020
މީގެ އެޕެއް އަދި މިފެނުނީ