މި އަހަރު ނިމޭއިރު އެންމެ އަގުހެޔޮ ފޯނުތަކުގައި ވެސް 5ޖީ ހުންނާނެ: ވީވޯ

ވީވޯ ސްމާޓްފޯނުތަކުގެ މުސްތަގުބަލާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން، ވީވޯގެ ނައިބު ރައީސް، ލިއު ހޮންގް ވިދާޅުވި ގޮތުގައި، މި އަހަރު ނިމޭއިރު އެންމެ އަގު ހެޔޮ ފޯނުތަކަށް ވެސް 5ޖީ ފޯރާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މެދު ފަންތީގެ ފޯނުތައް ދޫކޮށް މިހާރު ވެސް 5ޖީ މިސްރާބު ޖަހާފައި ވަނީ އަގު ހެޔޮ މާކެޓަށެވެ. ސްމާޓްފޯން ބޭނުންކުރާ މީހުން މިހާރު 4ޖީ ފޯނެއް ގަންނަން ނޭދޭނެ ކަމަށް ހޮންގް ވިދާޅުވި އެވެ.


ސްމާޓްފޯންތައް އުފައްދާ ކުންފުނިތަކުން ވެސް އެ ވިސްނުން ދޫކޮށްލައިފި ކަމަށް އެނާ ވިދާޅުވި އެވެ. ފޯނު އުފައްދާ ކުންފުނިތަކުން މަސައްކަތްކުރަނީ 5ޖީ ފޯނުތައް އުފައްދާ އަދަދު އިތުރުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވީވޯ ފޯނުތަކަށް އޮތް ޑިމާންޑަށް ފޯނު އުފެއްދުމަކީ ކުންފުނިން ވަރަށް އިސްކަން ދޭ ކަމެއް ކަމަށް ވިދާޅުވަމުން، ހޮންގް ވިދާޅުވި ގޮތުގައި، ވިވޯ އިން ކޮންމެ ދުވަހަކު 100،000 5ޖީ ފޯނު އުފައްދަން ދަނީ ވިސްނަމުންނެވެ. މި އަދަދަށް އުފައްދައިގެން މެނުނީ ލިބޭ އޯޑަރުތައް ފުރިހަމަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮންގް ވިދާޅުވި ގޮތުގައި ކުންފުނީގެ ވިސްނުން މި ގޮތަށް ހުރި ނަމަވެސް، މި އަހަރުގެ ކުރީ ކޮޅު މާ ބޮޑުވަރުކުރެވޭނެ ކަމަށް ނުބެލެވެ އެވެ. ދުނިޔެ އަށް ފެތުރިގެންފައި ވާ ކޮވިޑް-19ގެ އަސަރު، ވީވޯ އަށް ވެސް ކޮށްފައި ވާ ކަމަށް އޭނާ ވިދާޅުވި އެެވެ.

"މިއީ އާދައިގެ އަހަރެއް ނޫން،" ހޮންގް ވިދާޅުވި އެވެ. "އެހެންވެ، މި ބަލަނީ 30 ޕަސެންޓުން 50 ޕަސެންޓަށް އުފެއްދުންތެރިކަން ދަށްވާނެ ކަމަށް"

ވީވޯ ފޯނުތައް ބައްރުތަކުގައި އުފައްދާކަން ފާހަގަކުރައްވަމުން، ހޮންގް ވިދާޅުވި ގޮތުގައި، މި ދަނޑިވަޅު ގައި ވެސް ވީވޯ އަށް ހިފަހައްޓާލެވޭނެ އެވެ. ޗައިނާގެ ހާލަތު ރަނގަޅުވަމުން އަންނާތީ އުފާކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.