އެމެރިކާގެ ސްޕޭސް ފޯސްގެ ދިދަ ދައްކައިލަނީ.
18 މެއި 2020 - 09:28
އެމެރިކާގެ އަސްކަރިއްޔާގެ ގޮތްޕެއްގެ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި ސްޕޭސް ފޯސްގެ ދިދަ ދައްކާލައިފި އެެވެ.
ދިދަ ދައްކާލާފައި ވަނީ ވައިޓްސް ހައުސްގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސްޕޭސް ފޯސްގެ ޗީފްް އޮފް ސްޕޭސް އޮޕަރޭޝަންސްގެ ޖެނެރެލް ޖޯން ރޭމަންޑެވެ.
އެ ރަސްމިއްޔާތުގައި ޓްރަމްޕް ވިދާޅުވީ ސްޕޭސް ފޯސް އެކުލަވާލައި، އޭގެ މަސައްކަތް ފަށައިގަތުމަކީ އެމެރިކާ އަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށާއި މިކަން މާ ކުރިން ވެސް ކުރަންޖެހޭ ކަމަށެވެ.
Truly honored to join @POTUS @realDonaldTrump @EsperDoD #GenMilley @SECAFOfficial & @SEASpace Chief Towberman as we unfurled the @SpaceForceDoD flag today @WhiteHouse. May it serve as a beacon for #space professionals defending the space domain for America, our Allies & partners. https://t.co/RLvRg3XV00
— Gen. Jay Raymond (@SpaceForceCSO) May 15, 2020
ސްޕޭސްގެ ފޯސްގެ ދިދައިގެ މައިގަނޑު ކުލަ އަކީ ގަދަ ނުލެވެ. އަދި އޭގެ މެދުގައި އިންނަނީ އެތަނުގެ ނަމާ އެކު ލޯގޯ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ގައި އުފެއްދި ޔޫއެސް ސްޕޭސް ފޯސްގައި 16،000 ޕްރޮފެޝަނަލުން ހަރަކާތްތެރިވާނެ އެވެ. ސްޕޭސް ފޯސް ރަސްމީކޮށް ލޯންޗްކޮށްފައި ވަނީ އެކަން އިއުލާންކުރިތާ ދެ އަހަރު ފަހުންނެވެ.
ސްޕޭސް ފޯސްގެ މަސައްކަތްތައް ހިނގާނީ ޕެންޓަގަންގަ އެވެ. އެމެރިކާގެ އަސްކަރިއްޔާ އެކުލެވިގެން ވަނީ ސްޕޭސް ފޯސް ވެސް އެކުލެވޭ ހަ ގޮތްޕެއްގެ މައްޗަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy