ގޫގުލް މައި އެކައުންްޓް ބޭނުންކޮށްގެން، ގެއްލޭ ފޯނު މިހާރު ހޯދޭނެ
04 ޖޫން 2016 - 08:15
ސެމްސަންގް ފޯނު ގެއްލިއްޖެ ނަމަ ނުވަތަ ވަގަށް ނަގައިފި ނަމަ އަވަހަށް ގޫގުލް ގާތު އެ ވާހަކަ ބުނާށެވެ. ފޯނު އޮތް ތަނަކުން ހޯދަން ނުވަތަ ވަގު ކަލޭގެ އަށް ޖެއްސުންކޮށް ފޯނު ބޭނުން ނުކުރެވޭ ވަރު ކޮށްލެވޭނެ އެވެ.
ވަރަށް ފަސޭހަ ކަމެކެވެ. ހަމަ ގޫގުލް އިން "އައި ލޮސްޓް މައި ފޯން" ސާޗް ކޮށްލުމުން ފޯނު އޮތް ތަނެއް ދައްކާނެ އެވެ. ގެއްލިގެން އުޅޭ ފޯނަށް މެސެޖު ވެސް ކުރެވޭނެ އެވެ. ވަގަށް ނަގާފައިވާ ނަމަ ވަގު ކަލޭގެ އަށް ދޭން ބޭނުންވާ މެސެޖެއް ވެސް ދޭންވީ އެވެ. ގޫގުލް އިން މި ހިދުމަތް ތައާރަފްކޮށްފައި މި ވަނީ ގޫގުލްގެ "މައި އެކައުންޓް" ހިދުމަތަށް އެއް އަހަރު ފުރުން ފާހަގަކުރުމަށެވެ. ގޫގުލް އިން ބުނީ މިއީ ފޯނުގައި ހުންނަ ޒާތީ މައުލޫމާތު ހިމާޔަތްކުރުމަށް ވަރަށް ބޮޑަށް އެހީވެދޭނެ ހިދުމަތެއް ކަމަށެވެ.
މި ހިދުމަތް ބޭނުންކޮށްގެން، ގެއްލިފައިވާ ފޯނުގެ ރިންގުގެ އަޑު އެންމެ ގަދަަކޮށްލުމާއި ފޯނު ލޮކް ކުރުން ފަދަ ކަންތައް ގޫގުލް އެކައުންޓް މެދުވެރިކޮށް ކުރެވޭނެ އެވެ. މީގެ އިތުރުން ފޯނުގެ ޕާސްވޯޑް ބަދަލުކުރުމާއި ލޮކް ސްކްރީނުގެ މެސެޖު ބަދަލުކުރުން އަދި ފޯނުގައި ހުރި ނަމަ ހުރި ޑޭޓާއެއް ވިއްޔާ ފޮހެލެވޭނެ ގޮތް ވެސް ވަނީ ހަދައިފަ އެވެ.
ސެމްސަންގް ފޯނު ގެއްލުނަސް މިހާރު ހޯދަން ފަސޭހަ ވާނެ
"އަމިއްލަ މައުލޫމާތު ގޫގުލްގައި ރައްކާކުރުމުން ކޮންމެ މީހަކަށް ވެސް ވަރަށް ވަރުގަދަ ރައްކާތެރިކަމެއް ލިބިގެން ދާނެ،" ގޫގުލްގެ އެކައުންޓް ކޮންޓްރޯލް އެންޑް ސެޓިންގެ ޕްރޮޑަކްޓް މެޖޭޖަރު ގިމީ ކިމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.
މިއީ މުހިންމު ހިދުމަތެކެވެ. ސެމްސަންގް ފޯނެއް ގެންގުޅޭ ނަމަ އަވަހަށް ސެޓިން ހަދާށެވެ. ފޯނު ގެއްލިއްޖެ ނަމަ ހޯދަން ފަސޭހަވާނެ އެވެ. ނުފެނިއްޖެ ނަމަ އެ ފޯނު އެހެން މީހަކަށް ބޭނުން ނުކުރެވޭ ވަރު ވެސް ކޮށްލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އރފ
04 June 2016
"ގޫގްލް ނައު އިޒް ނޮޓް އަވެއިލެބްލް އިން ޔުއާ ކަންޓްރީ" ތެންކްސް ފޯ ދަ އިންފޯ އެނީވޭ! ހަހަހަހަ
މޮހޮދޭ
04 June 2016
ގޫގުލްނައު އަކުންނޫނޭ ލޮކޭޓް ކުރަނީ. ގޫގުލް މައި އެކައުންޓަށް ވަނީމަ އިންނާނެ "ފިންޑް ޔުއަރ ފޯން". އެތަނަށް ވަނީމަ ލޮކޭޓް ކުރެވޭ އަދި ރިންގް ވެސް ކުރެވޭ. ބަލާ ޓެސްޓް ކޮށްފަ މި ބުނީ.
ރޯސް
04 June 2016
އިންޓަރނެޓް ކަނެކްޓްވެފައިނިއްޔާދޯ ތިހެން ވާނީ!!! ފޯނު އެއްކޮށް ރީސެޓް ކޮށްލީމާ ކިހިނެއްބާވާނީ؟؟؟