އެމެރިކާއިން އެޕް ސްޓޯރަށް ލިބޭ ވަރަށް ވުރެ ގިނަ ފައިސާ ޗައިނާއިން ލިބޭ

އެމެރިކާ މީހުންނަށް ވުރެ ޗައިނާ މީހުން މުއްސަނދިވެއްޖެ އެވެ. ސަބަބު މިއޮތީ އެވެ. އެޕަލް އެޕް ސްޓޯރަށް ބެލި ނަމަވެސް، އެމެރިކާ އަށް ވުރެ ގިނަ ފައިސާ އެޕް ސްޓޯރަށް ޗައިނާއިން ލިބެ އެވެ.


އެޕަލް އައިއޯއެސް ޑިވައިސްތަކަށް، އައިފޯނަށާއި އައިޕެޑަށް ސައްހަ އެޕްލިކޭޝަން ލިބެން ހުރި އެންމެ މޮޑު މާކެޓަކީ އެޕް ސްޓޯރެވެ. ޑިޖިޓަލް ކަލްކިއުލޭޓަރުން ފެށިގެން ބާރުގަދަ ގޭމް އެޕްލިކޭޝަންތައް ވެސް އެޕް ސްޓޯރުން ލިބެ އެވެ. ޗައިނާ މީހުން އެންމެ ގިނައިން ކުޅެނީ ގޭމެވެ.

މި އަހަރުގެ ތިން ވަނަ ކްއާޓަރަށް ބަލާއިރު އެޕް ސްޓޯރަށް ޗައިނާއިން 1.7 ބިލިއަން ޑޮލަރު ލިބިފައި ވެ އެވެ. އެޕް ސްޓޯރުގެ ހުރިހާ ކެޓަގަރީތަކަށް ބެލި ނަމަވެސް އެންމެ ކުރީގައި ޗައިނާ އުޅެ އެވެ.

އެޕަލް އަށް އެޕް ސްޓޯރުން ލިބޭ އާމްދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދާއިރު، އޭޝިއާ ގައުމުތަކުން އެޕްސްޓޯރަށް ކުރާ ހޭދަ އިތުރު ކަމަށް މާކެޓް ދިރާސާއިން ދައްކަ އެވެ. މާނަ އަކީ އެމެރިކާ އަށް ވުރެ ކުރި އަށް އޭޝިއާގެ ބައެއް އެހެން ގައުމުތައް ކުރިއަރައި ދިއުން ގާތްކަމެވެ.

އެޕް ސްޓޯރަކީ އެޕަލުން ވަރަށް ފަރުވާތެރިކަމާ އެކު ބަލަހައްޓާ މާކެޓެކެވެ. ބޭނުންކުރާ މީހުންނަށް އުނދަގޫ ނުޖައްސައި އެޕްލިކޭޝަން ޑައުންލޯޑްކުރުމަށް އެޕް ސްޓޯރު ވަނީ ވަރަށް ބޮަޑަށް ފުޅާކޮށްފަ އެވެ.