އިޒްރޭލުގެ ސަފީރު ކަމަށް ޓްރަމްޕް ހަމަޖެއްސެވި ޑޭވިޑް ފްރީޑްމަން.
16 ޑިސެމްބަރ 2016 - 20:10
ނިއު ޔޯކް (ޑިސެމްބަރު 16) - އެމެރިކާ އިން އިޒްރޭލަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ފަލަސްތީނަށް ސުލްހަ ހޯދުމާ ދެކޮޅު ހަރުކަށި ޚިޔާލުގެ ބޭފުޅަކު ހަމަޖައްސައިފި އެވެ.
ޓްރަމްޕުގެ ކެމްޕޭނުގައި އެޑްވައިޒަރެއްގެ ގޮތުން މަސައްކަތް ކުރެއްވި ކަނާތު ފިޔައިގެ ވިސްނުމުގެ ބޭފުޅެއް ކަމަށްވާ ޑޭވިޑް ފްރީޑްމަން އަކީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ އަށް ދެ ދައުލަތް އުފައްދައިގެން ސުލްހަ ހޯދަން ދެކޮޅު ބޭފުޅެކެވެ. އަދި އުމުރުން 57 އަހަރުގެ ގާނޫނީ ވަކީލަކީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު ހަދައިދިނުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އެކަމަކު ރައީސް ބަރަކް އޮބާމާ ސަރުކާރުން ބުނެފައި ވަނީ އެއީ ސުލްހަ އަށް އޮތް ހުރަހެއް ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަނާ ކަމެއް ވެސް މެ އެވެ.
ފްރީޑްމަން ވިދާޅުވެފައި ވަނީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލާ ގުދުސްގައި ގާއިމްކުރާ އެމެރިކާ އެމްބަސީގައި މަސައްކަތް ކުރަން އުއްމީދު ކުރާ ކަމަށެވެ. އަދި އޭނާގެ މި ބަޔާނުގެ ސަބަބުން ފަލަސްތީން މީހުންގެ ރުޅިވެރިކަން ވަނީ އިތުރުވެފަ އެވެ. އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އދ. އިން ވެސް ބަލައިގެންފައެއް ނުވެ އެވެ. އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ތެލް އަވީވުގައި ގާއިމްކޮށްފައި ހުންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ރިޔާސީ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަށް އިޒްރޭލުން ވެރިވެގަތީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު
17 December 2016
އެމެރިކާގެ ރިޔާސީ އިންތިހާބު ހެކްކުރިއްޔާ ކޮށްފައިވާނީ އިޒްރޭލުންކަމަށް ބޮޑަށް ބެލެވެނީ. ސަބަބަކީ ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އިންތިހާބު ވުމުން އެކަމުގެ ސީދާ އަދި ނުސީދާ ފައިދާވެސް ވަނީ އިޒްރޭލަށްކަމަށްވާތީވެ. ރަޝިއާއިން ހެކް ކުރިކަމަށް އެދައްކާ ވާހަކައަކީވެސް ޔަހޫދީންގެ ރޭވުންކަމަށް ބޮޑަށް ބެލެވެނީ. މިފަދަ ކަންކަން ހުރުމުން