އެމެރިކާގެ ރައީސް ބަރަކް އޮބާމާ (ކ) އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:ރޮއިޓާސް
25 ޑިސެމްބަރ 2016 - 11:36
ތެލް އަވީވް (ޑިސެމްބަރު 25) - އދ.އާ އެކު އޮންނަ ގުޅުން މުރާޖައާ ކުރަން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގަވައިފި އެވެ.
ނަތަންޔާހޫގެ މި އެންގެވުން އައިސްފައި ވަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އެޅުން ވަގުތުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ގަރާރު ފާސްކޮށްފައި ވަނިކޮށެވެ. މި ގާރާރު ފާސްކުރީ އެމެރިކާގެ ރުހުމާ އެކު އެވެ.
ނަތަންޔާހޫ ވިދާޅުވެފައި ވަނީ ސަލާމަތީ މަޖިލީހުގެ ގަރާރަށް ބޯނުލަނބާނެ ކަމަށެވެ.
"އދ.އާ އެކު އޮންނަ ގުޅުން މަސް ދުވަސްތެރޭ އަލުން މުޒާޖައާ ކުރުމަށް ޚާރިޖީ ވުޒާރާ އަށް ވާނީ އަންގާފައި. އޭގެ ތެރޭގައި އދ.ގެ އެޖެންސީތަކަށް އިޒްރޭލުން ދޭ ފައިސާ އާއި އިޒްރޭލުގައި އދ.ގެ މަންދޫބުން ތިބުމުގެ މައްސަލަ ވެސް ހިމެނޭ،" ނަތަންޔާހޫ ވިދާޅުވި އެވެ.
އިޒްރޭލާ ދެކޮޅަށް ގަރާރު ފުރަތަމަ ސްޕޮންސާކޮށްފައި ވަނީ މިސްރުންނެވެ. ނަމަވެސް އިޒްރޭލުގެ އެދުމުގެ މަތިން، އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ބާރު އެޅުމާ އެކު މިސްރުން ވަނީ ގަރާރު އަނބުރާ ގެންގޮސްފަ އެވެ. އެ ގަރާރު އަލުން ހުށަހެޅީ މެލޭޝިއާ، ނިއު ޒީލެންޑް، ސެނެގާލް އަދި ވެނެޒުއެލާ އިންނެވެ. އިޒްރޭލުން ވަނީ ނިއު ޒީލެންޑާއި ސެނެގާލުގައި ތިބޭ ސަފީރުން އަނބުރާ ދިއުމަށް އަންގައިފަ އެވެ. އަދި ސެނެގާލަށް ދޭ އެހީ ކަނޑާލަން ވެސް ވަނީ ނިންމައިފަ އެވެ. މެލޭޝިއާ އާއި ވެނެޒުއެލާ އިން އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ.
އެމެރިކާ އިން ގަރާރު ވީޓޯ ނުކުރުމުން އެ ގައުމުން ވަނީ ރައީސް ބަރަކް އޮބާމާ އަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އޮބާމާ އަށް ފަހު ވެރިކަމަށް ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވަނީ ޖެނުއަރީ 20 ގައި ހުވާ ކުރުމަށް ފަހު، ކަންކަން ބަދަލުވާނެ ކަމަށް ވިދާޅުވެފަ އެވެ. ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުމުގެ ކުރިން ވެސް ޓްރަމްޕް ވަނީ ގަރާރު ފެއިލްކޮށްލުމަށް ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަވަހަށް ވަކިވޭ
25 December 2016
އިޒްރޭލުން އަވަހަށް އ.ދ. އިން ވަކިވޭ! ކަލޭމެން ބޭނުން ގޮތެއްނުވާ އިރަށް ތިހިރަ ތެޅިގަންނަ ވައްތަރެއްދޯ!
ޖުނައިދު
25 December 2016
މިކަލޭގެ ނަތަންޔާހޫ މަރަށް ތެޅެނީ ދެނެއް ސަލާމަތެއް ނުވެވޭނެ ފިރުއައުނުއާ ހާމާނުވެސް ހަމަ ދިޔަގޮތަށް ދާންތިއުޅެނީ، އަދިވެސް ވަގުތު އޮއްވާ ކިބުރުވެރިކަމާ ބޮޑާވެގަތުން ހުއްޓާލާފަ ހަމަ ބިމަށް ތިރިވެ ތިމަންނާއަކީ އެއްވެސް އާރެއް ބާރެއް ނެތް މީހެއްކަމަށް ގަބޫލު ކޮށް އެހެންމީހުންގެ ހައްގުތަކަށް އަރައިގަތުން ހުއްޓާލާ.
ގެދާނޯމޮސް
25 December 2016
ޤުދުސްގައި ފައިހިތްޕާލަން ޖެހި އުކުޅަކަށް ނޫނީ ތިކަން ވެގެން ނުދާނެއެވެ.
އޯވަރ
25 December 2016
އދ. އާއި އެކު އޮންނަ ގުޅުން އިޒްރޭލުން މުރާޖައާ ނޫން ތަރާޖާ ކުރިއަސް ދެން ތަމެންނަށް އެއަކުން ކެއްކޭނެ ޑޮންޑޮނެއް ވެސް ނުހުންނާނެ އަދި ޔޫއެސް އަށް ވެސް ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ. މިހާރުވެސް އަރަބި ގައުމުތަކުން ޔޫއެސް އިން ގަންނަ ހަތިޔާރު ގަތުން ހުއްޓާލައިފިނަމަ ޔޫއެސްގެ މުޅި ފައިނޭންޝަލް ސްޓޮކް އެކްސްޗޭންޖް ކޮލަޕްސް ވާނެއެވެ. އަދި އިޒްރޭލު ބޭންކް ރަޕްޓް ވާނެއެވެ. މިކަން މިހާރު މިދަނީ ފެންނަމުންނެވެ. ޗައިނާ ފަހަތުން ޖަޕާނުގައި މިހާރު ވެރިކަން ކުރާ ޕާރޓީން ވެސް ހަތިޔާރު ދުނިޔެ އަށް ވިއްކަން އެމީހުންގެ ކެބިނެޓް އިން ނިންމައިގެން އެމީހުން ވެސް އެއާރބޯން ހަތިޔާރު ވިއްކުމުގެ ރޭސް ފެށުމުން ދެން ޔޫއެސް ޑޮމިނޭޓް ކޮށްފައިވާ ހަތިޔާރުގެ ރޭސް އަށް އަންނާނެ ވަރަށް ބޮޑު ލޮޅުމެއް. މިހާރުވެސް އެފްރިކާ ބައްރު ބޮޑަށް މިކޮންޓްރޯލް ކުރަނީ ރަޝިޔާ އާއި އަދި ޗައިނާ އިންނެވެ. އަދި ވެސް މިބައި ބޮޑު ކުރާނީ މިދެ ގައުމުން. މިދެގައުމުން އެފްރިކަން ކޮންޓިނެންޓް ގައި ހަތިޔާރު ވިއްކުން ޑޮމިނޭޓް ކޮށްފިނަމަ ވެސް ޔޫއެސް ގެ ފައިނޭންޝަލް ސިސްޓަމް ކޮލަޕްސް ވުމާއި ގާތަށް ދާނެއެވެ. އެހެން ވެއްޖެނަމަ އިޒްރޭލަށް ޔޫ އެސް އަށް ފަންޑް ނުކުރެވޭނެއެވެ. އިޒްރޭލް ޔުއަރ ޓާރން އިޒް އޯވަރ ނައު. އިޓްސް އޯވަރ ނައު.
Abdul
25 December 2016
ހީވާގޮތް ތީހަމަ! އިރުކޮޅަކުން ފެންނާނީ ކޮންމެސް ބަހަނާ އެއް ދައްކައިގެން މުސްލިމް ގައުމުތައް ހަނާ ކުރާތަން. އަރަބިން އެމެރިކާގެ ހަތިޔާރު ގަތުން ހުއްޓާނުލާނެ ދުވަހަކުވެސް
ސާލިމް
25 December 2016
އދ. އަކީ އިޒުރޭލު ޙިމާޔަތް ކުރުމަށް ހުރި ނަމޫނާއެކެވެ. ފަހަރުގައި އދ.އުވުމަކީވެސް އެކަށިގެންވާ ކަމެކެވެ. ކޮންމެ މަޔަކާއި ބަފަޔަކަށްވެސް ދަރިން ހިމާޔަތް ކުރަން ޖެހެއެވެ. އިޒްރޭލަކީ އެމެރިކާ އާއި އިގިރޭސިވިލާތް ކައިވެނި ނުކޮށް ލިބިފައިވާ ނުހަލާލު ދަރިއެކެވެ. އެދަރިފުޅު ޙިމާޔަތް ކުރުމުގެ ޒިއްމާ ޙަވާލުކޮށްފައި ވަނީ އދ. އާއެވެ. ދެން މިކަންވެސް ވާނީހަމަ ޤަރާރަކަށެވެ. ކުރެވޭނެ މާބޮޑު ކަމެއް ނޯނަނާނެއެވެ. ބަލަން ތިބޭށެވެ. އދ.އުވާވެސް ލައިފާނެއެވެ. އިޒްރޭލު ރުޅިއަައުމަކީ އާދައިގެ ކަމެއް ނޫނެވެ.
އުދުހޭ
25 December 2016
ވާހަކަދައްކައިގެން އިސްރާއީލުން ސުލްހަ ގަބޫލުކުރާނެނަމަ ވޭތިވެދިޔަ 50 އަހަރު އެކަން ކުރީސް. 50 އަހަރުވީ އެމެރިކާގެ ވޯޓޯގެ ނިވަލުގައި ފިލާއޮވެ ފަލަސްތީނު މީހުން ކަތިލަމުން އެމީހުންގެ ގެދޮރު ތަޅާ ސުންނާފަތިކޮށް ބިންތަށް ފޭރިގަނެ ޔަހޫދީން އެބިމުގައި ވަޒަންވެރިކުރުވާތާ! އެމެރިކާއިން މިފަހަރު އެއެޅި ފިޔަވަޅު އެޅުން މާބޮޑަށްވެސް ލަސްވެއްޖެއް! އެކަމަކު އެންމެފަހުން އެކަން ކުރީތީ އުފާކުރަން. އެމެރިކާއާ އިޒްރޭލު މުޅި ދުނިޔެއާ ދެކޮޅަށް ތެދުވެގެން ނޫޅެވޭނެ، އުޅުން ރަގަޅެއްވެސް ނޫން!