އެމެރިކާ އިން ޑިޕޯޓްކޮށްލި ސާރާ އާއި އޭނާގެ ކޮއްކޮ ސަލްމާ: ކޯޓު އަމުރާ ގުޅިގެން ސާރާ އަށް ވަނީ އަލުން އެމެރިކާ އަށް އެތެރެވެވޭ ގޮތްވެފައި.
06 ފެބުރުއަރީ 2017 - 16:22
ވޮޝިންޓަން (ފެބްރުއަރީ 6) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން ޑިޕޯޓްކޮށްލި އީރާނުގެ ދަރިވަރު އަނބުރާ އެމެރިކާ އަށް އެތެރެވެވޭ ގޮތް ވެއްޖެ އެވެ.
ސާރާ ޔަރްޖާނީ އަށް އެމެރިކާ އަށް ދެވޭގޮތް މިވީ ޓްރަމްޕް ނެރުއްވި އަމުރަށް އަމަލު ކުރުން ހުއްޓުވުމަށް ވޮޝިންޓަނުގެ ފަނޑިޔާރު ނެރުއްވި އަމުރާ ގުޅިގެންނެވެ. ސާރާ އަށް މަރުހަބާ ކިޔުމަށް އޭނާގެ ދައްތަ ލޮސް އެންޖަލްސް އެއާޕޯޓަށް ގޮސް ހުއްޓެވެ. އަދި އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަންގެ ވަރަށް ގިނަ ވަކީލުން ވެސް އެއާޕޯޓަށް ގޮސް ތިއްބެވެ.
އުމުރުން 35 އަހަރުގެ ދަރިވަރު އެއާޕޯޓުން ނުކުތް އިރު ވަރަށް ގިނަ ބަޔަކު ދިޔައީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
"އަޅުގަނޑަށް އެހީތެރިވެދިން ވަކީލުންނާއި އެހެން އެންމެންނަށް ޝުކުރު އަދާކުރަން،" ސާރާ ބުންޏެވެ.
ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން ކެލިފޯނިއާ އިންސްޓިޓިއުޓް ފޯ ހިއުމަން ސައެންސްގައި މާސްޓާސް އަށް ކިޔަވަމުންދާ ދަރިވަރު ޑިޕޯޓްކޮށްލުމުގެ ކުރިން އޭނާ ވަނީ 23 ގަޑިއިރުވަންދެން އެއާޕޯޓުގައި ބަންދުކޮށްފަ އެވެ. ޔޫރަޕުގައި އުޅެފައި ސާރާ އެމެރިކާ އަށް ދިޔަ އިރު އަމުރު ވަނީ ނެރެފަ އެވެ. އެހެންވެ ސައްހަ ވިސާ އޮތް ނަމަވެސް ސާރާ ވަނީ އެއާޕޯޓުގައި ބެހެއްޓުމަށް ފަހު އަނބުރާ ވިއެނާ އަށް ފޮނުވާލައިފަ އެވެ. އެމެރިކާ އަށް އެތެރެވުން މަނާކުރި ގައުމުތަކުގެ ތެރޭގައި އީރާން ހިމެނެ އެވެ.
ސާރާ ބުނީ ވޭތުވެދިޔަ 20 އަހަރު އޭނާ ދިރިއުޅުނީ ޔޫރަޕުގައި ކަމަށާއި އެމެރިކާ އަށް ފާޑުކިޔާ ކޮންމެ ފަހަރަކު އޭނާ އެމެރިކާ ދިފާއު ކުރި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޒީ
06 February 2017
ޓްރަމްޕަށް ވަރަށް ސަލާން
ޔޫކޭން
06 February 2017
މރ.ޕްރެޒިޑެންޓް. މިހާރު އެމެރިކާ އަށް އެއެތެރެވާ އިމިގްރެންޓުންގެ ސަބަބުން އެމެރިކާ އަށް ދިމާވާ ހުރިހާ ޓެރެރިސްޓް ހަމަލާ ތަކުގެ ޒިންމާ އުފުލޭނެތޭ ހުކުމޭ މެންނަށް އެމެން ގާތު އީމެއިލް އެއް ވައިޓް ހައުސް އިން ފޮނުވައިގެން ސާފުކުރަންވީ ނޫންތޭ. ދެން މައްސަލަ އެއް ނެތޭ އަވަހަށް މރ. ޕްރެޒިޑެންޓް ނެރުނު ހުރިހާ ޑިކްރީސް ތަކަށް ކޮންމެ އެއްޗަކަށް ގާނޫނެއް ހެދީމާ ނިމުނީ އެއް ނޫން ދޯ. ޔޫ ކޭން ޓްރީޓް އޯލް އެމެރިކަންސް ބެޓަރ ބެޓަރ ދެން އޯލް އޮފް ދެމް..
ތިބޭތި
06 February 2017
އެމެރިކާ އިން ޑިޕޯޓްކޮށްލި ދަރިވަރު އަނބުރާ ހިނގައްޖެ. މައްސަލަ އެއް ނެތޭ. ދެން ރައީސް ޓްރަމްޕްގެ ޑިކްރީ ގައި ގާނޫނީ ކުލަ ޖައްސާނީ ސީދާ ކެޕިޓަލް ހިލް އިން ނެވެ. އެއިރުން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެ ނޫންތޭ.