ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް މެލޭޝިއާގައި. --ފޮޓޯ:އޭއެފްޕީ
27 ފެބުރުއަރީ 2017 - 11:13
ޖަކާޓާ (ފެބްރުއަރީ 27) - ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އިންޑޮނީޝިއާ އަށް މި ހަފުތާގައި ކުރައްވާ ދަތުރުފުޅުގައި 459 ޓަނުގެ ކާގޯ ގެންދަވާ ކަމަށް އެއާފްރައިޓް ސާވިސް އެޖެންޓް ބުނެފި އެވެ.
މި މަހު 1-9 އަށް އިންޑޮނީޝިއާ އަށް ކުރައްވާ ދަތުރުގައި ސަލްމާން ރަސްގެފާނުގެ ވަފުދުން ގެންދާ ތަކެތީގެ ތެރޭގައި މާސިޑީޒް- ބެންޒް ދެ ކާރު ވެސް ހިމެނޭ ކަމަށް ފްރައިޓް ސާވިސް އެޖެންޓް ޖަސާ އަންގްކަސާ ސެމެސްޓާ (ޖޭއޭއެސް) އިން ބުންޏެވެ. މި ކުންފުނީގެ ޑިރެކްޓަރު އަޖީ ގުނަވާން ވިދާޅުވީ 63 ޓަނުގެ ކާގޯ ބޭލުމަށް ހަމަޖެހިފައި ވަނީ އީސްޓް ޖަކާޓާގެ ހަލިމް ޕަރްޑަނަކުސުމާ އެއާޕޯޓަށް ކަމަށެވެ. އަދި ބާކީ 396 ޓަނުގެ ކާގޯ ބާލާނީ ބާލީގެ ނަގުރާ ރައި އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބާލީގެ ޑެންޕަސާ އެއާޕޯޓަށް މި މަހު 18 ވަނަ ދުވަހު ވަނީ މާސިޑީޒް-ބެންޒް އެސް600 ގެ ދެ ކާރު ގެންގޮސްފަ އެވެ. އަދި ހާލިމް އެއާޕޯޓަށް މި މަހު 21 ވަނަ ދުވަހު ވަނީ ކަރަންޓް ސިޑިއެއް ވެސް ގެންގޮސްފަ އެވެ. މީގެ އިތުރުން ޑެންޕަސާ އެއާޕޯޓަށް ވެސް ވަނީ މި މަހު 22 ވަނަ ދުވަހު ކަރަންޓް ސިޑިއަކާއި އެނޫން ވެސް ސާމާނު ގެންގޮސްފަ އެވެ.
ގުނަވަނާ ވިދާޅުވީ ސަލްމާން ރަސްގެފާނުގެ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން އެ ދަތުރުފުޅުގައި 800 މަންދޫބުން ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި މިނިސްޓަރުންނާއި 25 ޕްރިންސުން ހިމެނެ އެވެ. ސަލްމާން ދަތުރުފުޅާ ގުޅިގެން އިންޑޮނީޝިއާ އަށް ވަޑައިގަންނަވާ ބޭފުޅުން ވަނީ މި މަހު 15 ވަނަ ދުވަހުން ފެށިގެން އެ ގައުމަށް ވަޑައިގަންނަވަން ފައްޓަވައިފަ އެވެ. ހާލިމް އެއާޕޯޓަށް 27 ފްލައިޓް ބާއްވާ އިރު ބާލީ އެއާޕޯޓަށް ނުވަ ފްލައިޓުގައި މަންދޫބުން ވަޑައިގަންނަވާނެ އެވެ.
ރަސްގެފާން ސަލްމާން އިންޑޮނީޝިއާ އަށް ވަޑައިގަންނަވާނީ މެލޭޝިއާ އަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅަށް ފަހު އެވެ. އެމަނިކުފާން އިއްޔެ ވަނީ މެލޭޝިއާ އަށް ވަޑައިގެންފަ އެވެ. ސަލްމާން ރަސްގެފާން އޭޝިއާ އަށް ކުރައްވާ މަހެއްހާ ދުވަހުގެ ދަތުރުފުޅުގައި ޗައިނާ، ޖަޕާން، ރާއްޖެ އަދި ޖޯޑަން އަށް ވެސް ވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްތާރު /މހއ
28 February 2017
ﷲ ސުބުހާނަހޫ ވަތައާލާދެއްވި ތެލުން ލިބޭލާރިން މިބައިމީހުން މިކުރާ އިޝްރާފު ނިކަން ދެކިލަބަލާ. ކޮންމެހެން އަހަރުމެން ނުޖެހޭ އެމެރިކާގެ ރައިސް އުޅޭގޮތަށް އުޅޭކަށް އެއީ މުސްލިމުނެއް ނޫން.
ޓަަވަރު
28 February 2017
މުދަލާ ޒީނަތްތެރިކަން ދައްކާ ދުނިޔެއަށް މީހުން ލޯބި ޖައްސަން ހިނގާ މީހެއް
ބަފައިބެ
27 February 2017
އަމިއްލަ ޖާހާ އިއްޒަަޓަށް ޓަކައި މުޅިގައުމު ގުރުބާން ކުރައްގައިގެން މީވެސް ހަމަ މުސްލިމުން އުޅެންވާގޮތް ދެއްތޯ މުޅި މުސްލިމު އުންމަތަށް ވެސް ހުތުރު
1234
27 February 2017
ރަސގެފާނަށް ކަރަންޓް ސިޑިއެއް ރާއްޖެއަށްވެސް ގެންނަން ޖެހޭނެ.. އެއަރޕޯޓް އަދި ނުނިމި އެއޮތީ.. މީކީ މާއާކަމެއްވެސް ނޫން. އެމެރިކާގެ ރައިސް ތަނަކަށް ވަޑައިގަންނވާއިރު އެއަރފޯސް ވަން އާއި ބީސްޓް ކާރާއި އެތައް ބަޔަކު ގެންނދޭ..
ވޯލް
27 February 2017
އިސްލާމީ އުމްމަތައްވެސް ހުތުރު، ސައުދީ ފަތުވާ ކޮމިޓީއިން މިފަދަ އިސްރާފް ކުރުމަށް ދެކޮޅަށް ދުވަހަކުވެސް ފަތުވާއެއް ނުނެރޭނެ. އިސްލާމްދީނުގައި އިސްރާޕް ކުރުމަކީ ބޮޑު ހަރާމް ކަމެއް.
އުދުހޭ
27 February 2017
ކިންގް އޮފް ވޭސްޓް
ކޮމަންމޭން
27 February 2017
މުސްލިމުންނަށާއި އިސްލާމްދީނަށްވެސް ހުތުރެއް
މެންޓަލިސްޓްގެ ބަފާގެ ބޭބެގެ ކާފަގެ ޅިޔަނު
27 February 2017
ދެއްކުންތެރިކަން ނޫންކަމެއްނެތް.
ބޮންޑް
27 February 2017
ކިންގް އިސްރާފް ދެއްތޯ؟
އޮޕްޓިމިސްޓް
27 February 2017
އެތަކެއް ސަތޭކަ މުސްލިމުން ނިކަމެތި ހާލުގަ އުޅޭއިރު ދެ ހަރަމުގެ ހާދިމް އުޅުއްވާ ގޮތް ދޯ އެވެ. ބުނާނެ ހަމަ އެކައްޗެއްވެސް ނެތެވެ.