މެލޭޝިއާ އާއި ސައުދީ އަރަބިއާއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރަސްގެފާން ސަލްމާން (ވ) އާއި ބޮޑު ވަޒީރު ނަޖީބު ރައްޒާގު. --ފޮޓޯ:އޭއެފްޕީ
27 ފެބުރުއަރީ 2017 - 17:22
ކުއާލަ ލަމްޕޫރު (ފެބްރުއަރީ 27) - ސައުދީ ސަރުކާރުގެ ތެޔޮ ކުންފުނި އަރާމްކޯ އިން މެލޭޝިއާގައި ތެލުގެ ބޮޑު މަޝްރޫއަކަށް ހަތް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް ބޮޑު ވަޒީރު ނަޖީބު ރައްޒާގު އިއުލާން ކުރައްވައިފި އެވެ.
ހަތާވީސް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގައި އަރާމްކޯ އާއި މެލޭޝިއާގެ ތެޔޮ ކުންފުނި ޕެޓްރޮނާސްއާ ދެމެދު ސޮއިކުރުން މާދަމާ އޮންނާނެ ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވި އެވެ. ސިންގަޕޫރުގެ ބޯޑަރު ކައިރީގައި އޮންނަ ޖޯހަރުގައި ކުރިއަށް ގެންދާ މި މަޝްރޫއަށް ދީފައިވާ ނަމަކީ ރިފައިނަރީ އެންޑް ޕެޓްރޯކެމިކަލް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެވެ. ޕެޓްރޮނާސް އިން މިދިޔަ މަހު ބުނެފައި ވަނީ މި ޕްރޮޖެކްޓުގެ ދެބައިކުޅަ އެއްބައި މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި 2019 ވަނަ އަހަރު މަޝްރޫއު ހިންގަން ފެށޭނެ ކަމަށެވެ.
މި ޕްރޮޖެކްޓުގައި އަރާމްކޯ ބައިވެރިވާކަން ނަޖީބު އިއުލާން ކުރައްވާފައި މިވަނީ ސައުދީ ރަސްގެފާން ސަލްމާން މެލޭޝިއާ އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށެވެ. ނަޖީބު ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއަކާ އެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި މާދަމާ ސޮއިކުރާ އެއްބަސްވުމާ މެދު ސަލްމާން ރަސްގެފާން ވެސް ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގެންފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލި
28 February 2017
މި ރޯގާ އަހަރެމެންނާ ހަމައަށްވެސް ފެތުރެނީ
ދަގަނޑު ދަހަނާ
28 February 2017
ހެހެހެ. އަރާމްކޯ އިން މެލޭޝިޔާގައި 7 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީއްޔޭ. އަރާމްކޯ ބޭންކްރަފްސީއާ ދިމާލަށް ދަތުރުކުރާތީ އެތަނުގެ ޝެއަރ އިންޓަނެޝަނަލް މާކެޓުގައި ވިއްކަން ހުޅުވާލީމާ ޔޫރަޕުގެ ބައެއް ކުންފުނިތަކުން ޝެއަރ ގަންނަން ޝައުގުވެރިވާތީ އަރާމްކޯގެ އެސެޓާއި ލަޔަބިލިޓީޒްއާ ބެހޭ މަޢުލޫމާތު ހޯދިއިރު ދަރަނީގެ އަޑިވެސް އެނގެން ނެތުމާއެކު ގަންނާނެ ބަޔަކު ނުވި. މިހާރު މިބުނީ 7 ބިލިއަން ޑޮލަރ އިންވެސްޓްކުރާ ވާހަކަ. މިދެން ބޮޑު ޖޯކެއްނުންތަ؟ ބަޖެޓްގެ ދަރަނި 100 އެތައްބިލިއަނަކަށް އަރާ. މިވެސް މިސްރަށް ދެއްކިކަހަލަ ހުވަފެނެއް.
ހޯދާތި
27 February 2017
ސައުދީގެ އަރާމްކޯ އިން މެލޭޝިއާގައި ހަތް ބިލިއަން ޑޮލަރު އިންވެސްޓް ކުރާނަމަ އޫލަލާ، އެއީ ދެން ހާދަ ގިނަ ފައިސާ އެކޭދޯ. ދެން ސައުދީ އަށް މަމެން ފާފު އަތޮޅު ދީފިނަމަ ފާފު އަތޮޅަށް ސައުދީ ކިންގްޑަމް ހޯލްޑިންގް ކުންފުނިން 24 ޓްރިލިއަން ޑޮލަރު ވެސް ޚަރަދު ކުރަން ފަސް ނުޖެހޭނެއޭ ދޯ. މިފެންވަރުގެ ލާރޖް އިންވެސްޓްމަންޓްސް ތައް ޖެހޭނެ މަމެން ޕިންކީން ހޯދަން ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް. އިދިކޮޅު ރަންރީނދުލޭ މެންނަށް ނުޖެހޭނެ މަމެން ފާފު އަތޮޅު ސައުދީ އަށް ދޭ ގޮތާއި ބެހޭ ތަފްސީލް އެ އެއްބަސްވުމުގައި ސޮއި ކޮށް އަދި އެމަޝްރޫއުގެ މަސައްކަތް ފެށުމުގެ ކުރިން ދޭން ދޯ. އެމެން އޭގެ ތަފްސީލް ބޭނުން ނަމަ ސްޕްރީމް ކޯޓްގެ ހުކުމެއް ގެންނަންވީ. އެއިރުން ދެވޭނީ ސައުދީން ފާފު އަތޮޅުގައި ކުރާ އިންވެސްޓްމަންޓް އާއި ބެހޭ ތަފްސީލް. ރައްޔިތުން ނޫޅޭ ނޭގިގެން ފާފު އަތޮޅު ސައުދީ އަށް ދޭތީވެ އެއްގޮތަކަށް ވެސް ކަން ބޮޑު ވެގެން ދޯ.
މެެންޓަލިސްޓް
27 February 2017
އަރާމްކޯއަށް ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބޭނުން ކުރަމުން ދަނީ ސާހީއާއިލާއިން ،، އެމީހުން އެމެރިކާގައިވެސް އެބަހުރި ބިލިއަނުން އިންވެސްޓްކޮއްފައި ،،، ހަގީގަތުގައި ތިޔަޝީހީއާޢިލާ އަތުން އެގައުމު މިނިވަންވީދުވަހަކުން އެގައުމުގައި އުޅޭ އެތަށްމިލިއަން ފަގީރުންނަށް އަލިމަގެށްފެންނާނީ ، މިހާރުވެސް ސައޫދީއަކީ އާބާދީގެ ނިސްބަތުން ލިއަންކިޔަންނޭންގޭ މީހުން އެންމެ ގިނަ ގައުމު ، އަދި އާބާދީގެ %15 އަކީ ފަގީރުން ،، ވަރަށްވެދުން
ދޮން އާމިރު
27 February 2017
ހުސް ދޮގު...
ބަސްއަހާތި
27 February 2017
ދޮގެއް ނޫން ތެދު އިނގޭ. ތަމެން ދެން ވެސް ބަސް އަހާބަލަ. އެއިރުން ރަނގަޅު ވާނެ ހުރިހާ ކަމެއް ވެސް އިނގޭ.
ލައިފް
27 February 2017
ސައުދީގެ އަރާމްކޯ އިން މެލޭޝިއާގައި ހަތް ބިލިއަން ޑޮލަރު އިންވެސްޓް ކުރާނަމަ އެއީ މަމެން ވަރަށް ބޮޑަށް އުފާ ކުރާ ކަމެކެވެ. މެލޭޝިއާ އަކީ އެއީ މަމެން ޕިންކީން ނާއި ވަރަށް ރަށްޓެހި ގާތް ގުޅުމެއް އޮންނަ ސަރުކާރެކޭ. ދެން މަމެން މިއިންތިޒާރު ކުރަނީ ރާއްޖެ އަށް ސައުދީ ރަސްގެފާނު ކުރައްވާ ފުރަމާނަ ދަތުރު ފުޅުގައި ފާފު އަތޮޅު އެއްކޮށް އެސްއީޒެޑް ހަދަން ދީގެން ފާފު އަތޮޅުގައި ތިބި ހުރިހާ މީހުން ހުޅުމާލެ އަށް ބަދަލު ކޮށް ހުޅުމާލޭން އެ އަތޮޅު އެންމެންނަށް ލަގްޒަރީ އެޕާރޓްމަންޓް ވިއްކާ ލައިގެން އެެމެންނަށް ބިއުޓިފުލް ލައިފެއް ހޯދާދީ އަދި ފަޅުވަމުން އަންނަ އައްޑޫ ހުޅުދޫން ވެސް މީހުން ބާލާ އެމެންނަށް ވެސް ހުޅުމާލޭން ލަގްޒަރީ އެޕާރޓްމަންޓް ވިއްކާލާ މާލެ ސަރަހައްދަކީ އެއީ ސާރކްގެ އިކޮނޮމިކް ހަބް ކަމުގައި މާލެ ސަރަހައްދު ވެގެން ދާ ތަން މަމެން ދެކުމެވެ. އެއިރުން ހުރިހާ ކުދިންނަށް ވެސް ގުޑް ލައިފެއް ލިބުނީ އެއް ނޫންދޯ. ނައްނާނާނަނާ، ނައްނާނާނަނާ، ނައްނާނާނަނާ، ހުރިހާ ކުދިން ވެސް ގޮނޑިން ކޮއްޅަށް ތެދުވެ މިކަމުގެ އުފަލުގައި އަތްޖަހާލާ، އަތްޖަހާލާ، އަތްޖަހާލާ، ނަށާލާ، ނަށާލާ، ނަށާލާ.. ލައިފް އިޒް ލައިފް.. ލައިފް އިޒް ލައިފް..
ސައީދު
27 February 2017
މެލޭ މީހުނަށް އޯކޭ ދޯ...ބިން ވިއްކަނީއޭ ގައުމު ވިއްކަނީއޭ ކިޔައިގެން ތަރައްގީ ހުއްޓުވާކަށް އެމީހުން ބޭނުމެއް ނުވޭ. މިރާއްޖެ އިން ކުއްޔަށް ދޭން މިޖެހެނީ 4،5 މީޓަރު ފުނުގަ ހުންނަ ބިން ތައް. ބިން ނަގާ ބަޔަކު އެތަނަށް ހަގީގީ ބިމެއްގެ ސިފަ ގެނައުމަށް ވެސް އެތައް މިލިއަން ޑޮލަރ ހޭދަ ކުރަން އެބަ ޖެހޭ. އެވަރުންވެސް އެފަދަ ޕްރޮޖެކްޓް ތައް ފައްސާލަން މިގައުމުގެ ބަޔަކު އެބަ މަސައްކަތް ކުރޭ. ފާފު އަތޮޅަށް އަންނަން އުޅޭ ތަރައްގީ އަށް ހުރަސް ނާޅާ... ހެޔޮ ނުވާނެ.
ޣަލޮ
27 February 2017
މިކަމާ މެލޭސިޔާމީހުން ނޫޅެ މޮޔަވެގެންނެއް. މިރޢްޖޭގެ މީދާކޭ އުބުތައް ދެކަމު އެއްފަހަރާ ހާޖަތަށް ދެވިގެން އުޅުނަސް.
ގްރޭޓްދޯ
27 February 2017
ސާބަހޭ ސައުދީ ރަސްގެފާނު. ސައުދީ އެރެބިޔާގެ އަރަމްކޯގެ އިންވެސްޓްމަންޓްސް ތައް އޭޝިއާ ޕެސިފިކް އަދި ރާއްޖޭގައި ކުރަންވީ ވަރަށް ލާރޖް ކޮށް. އެގޮތުން މެލޭޝިއާ އަދި އިންޑޮނޭޝިއާ އަދި ސިންގަޕޯރ އަދި ޖަޕާން އަދި ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުން ސައުދީ އެރެބިޔާގެ ވިޔަފާރި މުޅި އޭޝިއާ އަށް ފެތުރި ސައުދީގެ ބާރު މުޅި އޭޝިއާ އަށް ފެތުރިގަންނާނެ އެވެ. ސަައުދީ އާއި ޗައިނާ އާއި އަދި ޖަޕާން އަކީ އެއީ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމު ތައް ކަަމަށް ވާތީވެ މިކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. އެއިރުން ސާރކް ސަރަހައްދުން އިންޑިއާ އަދި ލަންކާގެ ބާރު ދަށް ވެ އަދި ރާއްޖޭގެ ބާރު ގަދަވެ އިންޑިއާގެ އިގްތިސާދުގެ މައްޗަށް ރާއްޖެ ކުރި ހޯދާ ސާރކް ސަރަހައްދުގައި އޮތް ސްލީޕިންގް ލަޔަން އެއް ބޯހިއްލާލުމުން އިންޑިއާ އާއި އަދި އިނގިރޭސިން ރާއްޖެ ކައިރިއަށް ސަލާމް ޖަހަން ފަށާނެއެވެ. މީ ވަރަށް ރަނގަޅަށް ސައުދީ ރަސްގެފާނު ކުރައްވާ ކަމެކެވެ. ދިސް ކުޑް ބީ ސޯ ގްރޭޓް.