އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: އޭނާ ވަނީ ޣައްޒާގައި 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމަށް ފަހު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާއަށް ގޮވާލައްވާފައި. -- ފޮޓޯ: އޭއެފްޕީ
02 ޖުލައި 2025 - 06:11
ފަލަސްތީނުގެ ޣައްޒާގައި 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އިޒްރޭލު ރުހޭ ކަމަށާއި އެހެންވެ ހަމާސް އިން ވެސް އެކަމަށް އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެދިވަޑައިގަންނަވައިފި އެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ ހަފުތާގައި އެމެރިކާއަށް ދާން ހަމަޖެހިފައި ވާއިރު އޭގެ ކުރިން އިޒްރޭލުގެ އޮފިޝަލުންނާ ވަނީ ހަމަލާތައް ވަރުގަދަވަމުންދާ މައްސަލައާ ބެހޭ ގޮތުން އޭނާގެ މަންދޫބުން މަޝްވަރާކޮށްފައި ކަމަށެވެ.
"މި މަޝްވަރާތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް 60 ދުވަހަށް މެދުކަނޑާލަން ޝަރުތުތަކަކާ އެކު އެއްބަސްވެފައި. ދެން އެ ލިބޭ ވަގުތުގައި ހަނގުރާމަ އެއްކޮށް ހުއްޓުމަކަށް ގެނައުމަށް ދެ ފަރާތުން މަސައްކަތްކުރާ ގޮތަށް،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.
ހަމަލާތައް ހުއްޓުމަކަށް ގެންނަން މެދުވެރިންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ގަތަރާއި މިސްރުގެ މަންދޫބުން މިކަމުގެ ފައިނަލް ޕްރޮޕޯސަލް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދުކުރަނީ މެދުއިރުމަތީގެ ހާލަތަށްޓަކައި ހަމާސް އިން މި ހުށަހެޅުން ގަބޫލުކުރާނެ ކަމަށް. ސަބަބަކީ ދެން މިއަށްވުރެ ރަނގަޅު ހުށަހެޅުމެއް ނުލިބޭނެ. ދެން ވާނީ ގޯސް،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.
ޓްރަމްޕު އިއްޔެ ވިދާޅުވެފައި ވަނީ އޭނާ މި މަހުގެ ހަތް ވަނަ ދުވަހު ނަތަންޔާހޫއާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައި ވާއިރު ހަމަލާތަކާ ގުޅޭ ގޮތުން "ވަރަށް ހަރުކަށި" ވާނެ ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގޮސް އީރާނަށް ވެސް ހަމަލާދިނުމާ އެކު ފެށުނު ހަނގުރާމަ 12 ދުވަހަށް ފަހު ނިމުމަކަށް ގެނައުމަށް ލިބުނު ފުރުސަތަކީ ޓްރަމްޕު ވެސް ގަބޫލުކުރައްވާ ގޮތުގައި ޣައްޒާގެ ހަމަލާތައް ވެސް ހުއްޓުމަކަށް ގެނައުމަށް ލިބުނު ފުރުސަތެކެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލަން ގޮވާލަމުން ދާއިރު ޣައްޒާގައި އިޒްރޭލުން އަސްކަރީ ހަރަކާތްތައް ފުޅާކޮށް އާންމުން އަނެއްކާވެސް ބައެއް ސަރަހައްދުތަކުން ނުކުންނަށް ވަނީ އަންފައިފަ އެވެ. ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފައިވާ ގޮތުގައި އިއްޔެ ވެސް ޣައްޒާގައި ވަނީ 26 މީހަކު ޝަހީދުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
02 July 2025
ބަލަ މޮޔަޓުރަންޕާ އަންހެނުންނާއި ކުޑަކުދިން އަދި މުސްކުޅިންގެ ބޮލަށްބޮންއަޅާ އެބައިމީހުންގެ ގައިގާ ޖައްސާފާ ބަޑިޖަހާމެރުމަކަށް ހަނގުރާމައެކޭ ނުކިޔާނެ، ހޭބަލިކަމުން އެވަރުވެސްނޭންގޭތޯ؟ ގައްޒާގާހިންގަމުންދަނީ އެމެރިކާއިންއިސްނަގައިގެން އިޒުލޭލުމެދުވެރިކޮށް ހިންގަމުންދާ ގަތުލުއާންމެއް، ބޮޑެތިޖަރީމާތަކެއް އަދި އެބަކިޔައޭ ހަނގުރަމައޭ، ގައްޒާސުންނާފަތިކޮށްލައިގެންވެސް ބޭނުންވިއެއްވެސްކަމެއް ހާސިލުނުވީމާ ގޮތްހުސްވެގެން ބުރޭކެއްނަގަންތިއުޅެނީ
ކޮރަލް
02 July 2025
ގައްޒާގައި ހަނގުރާމަ އެއް ނުކުރެ އެވެ. ގެދޮރު ނެތިފަ ނާކެ އެއްޗެއް ނެތިފަ ހަތިޔާރު ނެތް ބަޔަކަށް ކޮންމެ ދުވަހަކު ބަޑިން ހަމަލާ ދީ 50 ހުން 100 ކައިން މީހުން ޝަހީދު ކޮށްލަނީ އެވެ. ދުނިޔެ އޮތީ ކުޅި ބަލާށެވެ. އަހަރެއް ވެއްޖެ އެވެ. ކާން އަޅާފަ ކާން އައީމަ ބަޑި ޖަހަނީ އެވެ.