އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ: ގަތަރާ ގުޅުން ކަނޑާލުމުން ތާއީދު ކުރައްވާ. --ފޮޓޯ:އޭއެފްޕީ
13 ޖޫން 2017 - 15:10
ތެލް އަވީވް (ޖޫން 13) - ގަތަރު ބޮއިކޮޓްކޮށް ސިޔާސީ ގުޅުން ކަނޑާލަން ގަލްފުގެ ބައެއް ގައުމުތަކުން ނިންމި ނިންމުމަށް އިޒްރޭލުން ފުރިހަމަ އަށް ތާއީދުކުރާ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ ވިދާޅުވީ އިޒްރޭލަކީ ދުޝްމަނެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އަރަބި ގައުމުތަކުން މިހާރު ދެކެނީ އެ ގައުމުތަކުގެ ބައިވެރިއެއް ކަމަށެވެ.
ސައުދީ އަރަބިއާ އިސްވެ ގަތަރާ ބައެއް ގައުމުތަކުން ގުޅުން ކަނޑާލި އެއް ސަބަބަކީ ފަލަސްތީނުގެ ހަމާސް އާއި މިސްރުގެ މުސްލިމް ބްރަދާހުޑާ ދޯހާ އިން ގުޅުން ބާއްވާތީ އެވެ. އިޒްރޭލުން ދެކެނީ ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ. އަދި ބްރަދާހުޑަކީ އިސްލާމީ ސިޔާސީ ޖަމާއަތެއް ކަމަށް އިޒްރޭލުން ބުނެ އެވެ.
އިޒްރޭލުން މިހާރު ވަނީ ގަތަރުގެ އަލް ޖަޒީރާ ނެޓްވޯކް ބަންދު ކުރަން ނިންމައިފަ އެވެ. އިޒްރޭލުގައި މަސައްކަތް ކުރާ އަލް ޖަޒީރާގެ 33 ސްޓާފުންނަކީ އިޒްރޭލް މީހުންނެވެ.
ސައުދީ އަރަބިއާ އާއި ޖޯޑަން އިން ވެސް ވަނީ އަލް ޖަޒީރާ ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކާރާ
14 June 2017
ކަލޭ ތާއީދު ކުރާނެ އެއްނު އެއީ ހަމާސް ޖަމާއަތަކީ ފަލަސްތީން މިނިވަން ކަމައް ޖިހާދު ކުރާ ޖަމާއަތަކައް ވީމަ. އެމީހުނާ ދެކޮޅައް ފިޔަވަޅު އަޅައިފި ކަމުގައިވަނީނަމަ ކަލޭ އުފާވާނެ އެއްނު މުޑުދާރު ޔަހޫދީން
އެއްބައެއް
14 June 2017
އަހަރުމެން އަބަދުވެސް މިބުނަނީ ތި ސައޫދިޔާގައި ތިއޮތް ޝާހީ އާއިލާއަކީ ޔަހޫދީންގެ އުފެއްދުމެކޭ. ޔަހޫދީން ހިތްރުއްސައިގެން މުސްލިމުންގެ ރުޅިވެރިކަން ލިބިގަނެގެން ވެސް ތި އާއިލާ ދެމެހެއްޓޭތޯ ބަލާތީ.
ޒ
14 June 2017
އަސްލު އިޒްރޭލު އަވަސްވެގަތީ އަލް ޖަޒީރާ ފަހާ ފޮނުވާލަން . ހަގީގަތުގައި ހުޅަނގު މީޑިއާ ގެ ޕްރޮޕަގެންޑާއިން މުސްލިމު ދުނިޔެއަށް އީޖާބީ ފުރުސަތު ހޯދައިދިނީ އަލްޖަޒީރާ. ދުނިޔޭގެ ފެންވަރުގައި އިސްލާމީ ދުނިޔޭގެ ވާހަކަތައް ގެނެސް ދޭން ފެށުމުން ހުޅަނގު ގައުމުތައް ކަންބޮޑުވެ ރުޅި އައި. ބީބީސީ ފަދަ ތަންތަނުގެ އުނިކަން ފެންނަން ފެށި. މިއު މިފެންނަނީ އެ ހަސަދަ ބާލަން އަނެއްކާ ވެސް އވަސް ވެގަންނަ ތަން. ކޮންމެ ގައުމަކުން ވެސް އެންމެ އަވަހަށް މިއަޅާ ފިޔަވަލަކީ އަލްޖަޒީރާ ހުއްޓުވާލާ އޮފީސް ބަންދުކުރާ ތަން . މުވައްޒަފުން ފޮނުވާލާ ތަން. ވިސްނާ ބަޔަކަށް އިބުރަތެއް ލިބެން އެބަޖެހޭ.
އަލީ
14 June 2017
އަސްލުވެސް. ދުނިޔޭގެ ފެންވަރުގަ މުސްލިމުންގެ މީޑިއާއެއް އެހެން ނޫނީ ނެތް. މުސްލިމުންނާ އެއްކޮޅަށް ވާހަކަ ދައްކާނެ ބައެއްވެސް މަދު. އެކަމަކު އެއްކަލަ އެންމެ "ދީނީ" ސައުދީ އަރަބިއްޔާ މިއުޅެނީ މީތި ހަލާކުކޮށްލަން.
ސީދި
14 June 2017
ތިކަންވާނީތިހެންކަން މާކުރިންވެސްއިނގޭ...
ހީހީ ހަލާކު
14 June 2017
އަދިވެސް ގޮވާ އިސްލާމިކް ސްޓޭޓަކީ އިޒްރޭލުގެ ޕްރޮޑަކްޓެކޭ. ބައްޔެއްނު. މަ މިހެނީހަމަ. އަސްލުވެސް. ބައްޔެއްނު.
g
14 June 2017
ރާއްޖެއިންވެސް އިޒްރޭލުގެ ގުއި ރޯނުގަ ޖެހިގަތީނު! އަދިވެސް މުސްލިމު ގައުމެއް އޮތިއްޔާ ގުޅުން ކަނޑާތި.
އުދުހޭ
13 June 2017
ސައުދީގައި ރަސްކަން އުފެއްދުމާ ފަލަސްތީނުގައި އިސްރާއީލު އުފެއްދުންމުގައި އެއްގޮތްކަމަކީ ދެކަންވެސް ކުރީ އިނގިރޭސިން. އެހެންވީމާ އިސްރާއީލު އުފާވުން އެއީ ހައިރާންވާންވީކަމެއްނޫން!
މނފގ
13 June 2017
ސަލަފު ކޮބާހޭ ބަޔާންނެރެން އެހެންނާވެސް ހަދާހެން. ކަލޯމެން ކުދިން ކީއްވެހޭ އެއްޗެއް އެމީހުން ކައިރީ ނާހަ ތިއުޅެނީ މިކަމާ ބެހޭގޮތުން.
ޖަމަލު
13 June 2017
ޔާމީންވެސް...
ޖައިލްމް
13 June 2017
ހިތާމައަކީ ދިވެހި ރާއްޖެވެސް އިޒްރޭލް ބޭނުންވާގޮތަަށް އިސްލާމީ ގައުމަކާ ގުޅުން ކަނޑާލިކަން