އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދު ޒާރިފް. --ފޮޓޯ:އޭއެފްޕީ
24 އޯގަސްޓް 2017 - 16:01
ތެހެރާން (އޮގަސްޓް 24) - އީރާނާއި ސައުދީ އަރަބިއާގެ ޑިޕްލޮމެޓުން އެއް ގައުމު އަނެއް ގައުމަށް ވަރަށް އަވަހަށް ދަތުރުތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދު ޒާރިފް ވިދާޅުވެއްޖެ އެވެ.
އީރާނުގެ ސްޓޫޑެންޓް ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި ޒާރިފް ވިދާޅުވީ މި ދަތުރުތައް ފަށާނީ ހައްޖުގެ އަޅުކަމަށް ފަހު ކަމަށެވެ.
"ދެ ގައުމުން ވެސް ދަތުރު ކުރަން ބޭނުންވާ ޑިޕްލޮމެޓުންނަށް މިހާރު ވަނީ ވިސާ ވެސް ދޫކޮށްފައި. މިހާރު މި ގެންދަނީ އެންމެ ފަހުގެ ނިންމުންތައް ނިންމަމުން. ޑިޕްލޮމެޓުންގެ ދަތުރުތަކުގައި ދެ ގައުމުގެ އެމްބަސީ އާއި ކޮންސިއުލޭޓްތައް އިންސްޕެކްޓް ކުރާނެ،" ޒާރިފް ވިދާޅުވި އެވެ.
މިއީ ދެ ގައުމުގެ ސިޔާސީ ގުޅުން ކަނޑާލި ފަހުން ޑިޕްލޮމެޓިކް ފެންވަރުގައި ކުރާ ފުރަތަމަ މަސައްކަތެވެ. އީރާނުގެ ހައްޖުވެރިން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވި ނަމަވެސް މި އަހަރު ވަނީ އީރާން މީހުން ހައްޖަށް ގޮސްފަ އެވެ. މި މަހު 11 ވަނަ ދުވަހު ތުރުކީގައި ބޭއްވި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގެ ތެރޭގައި ޒާރިފް ވަނީ ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރުއާ ބައްދަލު ކުރައްވައިފަ އެވެ.
ގަތަރާ ޖޫން މަހު ސިޔާސީ ގުޅުން ކަނޑާލި ސަބަބުތަކުގެ ތެރޭގައި ވެސް ދޯހާ އިން އީރާނާ ގުޅުން ބޭއްވުން ހިމެނެ އެވެ. އީރާނުން ތުހުމަތު ކުރާ ގޮތުގައި ޖޫން 7 ވަނަ ދުވަހު ތެހެރާނުގައި ދިން ހަމަލާގެ ފަހަތުގައި ވަނީ ސައުދީ އަރަބިއާ އެވެ. މި ހަމަލާގައި 18 މީހުން މަރުވެ 40 މީހުން ޒަޚަމްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރަރެން
26 August 2017
ޤަތަރުން އީރާނާއެކު ގުޅުންގާއިމުކުރާތީ ކެއްނުކުރެވިގެން ރިޔާދުން މިއުޅެނީ ސައުދީ ހަމަޔަކަށްއެޅޭޅީ ރަސްކަންބަދަލުވެ ރައްޔަތުން އިންތިހާބުކުރާ ބަޔަކު ވެރިކަމަށް އައިސްގެން