މިއަންމާގެ މުސްލިމުންނަށް ތާއީދު އޮތްކަން ދެއްކުމަށް ޗެޗްނިޔާގެ ގާތްގަނޑަކަށް 30،000 މީހުން ވަނީ މަގުތަކަށް ނުކުމެފައި. --ފޮޓޯ:ގެޓީ އިމޭޖަސް
05 ސެޕްޓެމްބަރ 2017 - 15:01
ގްރޮޒްނީ (ސެޕްޓެމްބަރު 5) - މިއަންމާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގާ ޖަރީމާތައް ކުށްވެރިކޮށް ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ އެކުގައިވާކަން ދެއްކުމުގެ ގޮތުން ޗެޗްނިޔާގެ އެތައް ހާސް މުސްލިމުންނެއް މަގުތަކަށް ނުކުމެއްޖެ އެވެ.
ވެރިރަށް ގްރޮޒްނީގެ މަގުތަކަށް ނުކުތް މީހުންގެ އަދަދު 30،000 އަށް އަރާނެ ކަމަށްވެ އެވެ. އަދި މޮސްކޯގައި ހުންނަ މިއަންމާ އެމްބަސީ ދޮށަށް އެއްވެ ބައެއް މީހުން ވަނީ މިއަންމާ ސަރުކާރަށް ނުރުހުން ފާޅުކޮށްފަ އެވެ. މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ދުނިޔޭގެ ގައުމުތަކުން ފިޔަވަޅު އަޅަމުން ނުދާތީ ޗެޗްނިޔާގެ ލީޑަރު ރަމްޒާން ކަދީރޯފް ވަނީ ފާޑު ވިދާޅުވެފަ އެވެ. ނަމަވެސް ރަޝިޔާ ސަރުކާރުގެ ތާއީދު އޮތީ މިއަންމާ އަށް ކަމަށްވާތީ ޗެޗްނިޔާގެ މުޒާހަރާތައް އެ ގައުމުގެ ގިނަ ޓީވީތަކުން ދައްކައިފައެއް ނުވެ އެވެ.
ކަދީރޯފް ވިދާޅުވީ މިއަންމާ ސަރުކާރަށް ރަޝިޔާ އިން ތާއިދު ކުރާ ނަމަ އޭނާ ރަޝިޔާއާ ދެކޮޅަށް ވެސް ތެދުވާނެ ކަމަށެވެ.
މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް ލިބޭ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އަޅަމުން ނުދާތީ އިސްލާމީ ބައެއް ގައުމުތަކުން ދަނީ މިއަންމާ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
މިއަންމާގައި މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގައި މިދިޔަ މަހު 25 އިން ފެށިގެން ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން ވޭތުވެދިޔަ 10 ދުވަހު ތެރޭ ވަނީ 125،000 ރެފިއުޖީން ބަންގްލަދޭޝް އަށް ވަދެފައި ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނދުވާ
06 September 2017
ޗެޗްނިޔާގެ މުސްލިމުންނަށް ޝުކުރު އަދާކުރަން. ތިޔަ ލޮބުވެތި ކެރޭ ޖިހާދީ މުސްލިމުންނަށް ކާމިޔާބީ އާއި ރަޙުމަތް މިންވަރު ކުރައްވާށި.
ސަނދުވާ
06 September 2017
އދ. މަސްއޫލިއްޔަތަކީ، ރެފިއުޖީންގެ ޢަދަދު ހާމަކުރުންތޯ؟ ކޮން އ. ދާލެއް. އެއީ ފުރިހަމަނަމުން ކިޔާނަމަ، އެމެރިކާގެ ދޭފަތް.
ކަމީނާ
05 September 2017
ކޮބާ ޝަހީދު.. މުސްލިމުންވީމަ ބަސްހުއްޓުނީތަ؟؟ ބުޑިސްޓްން ކުރިމަތީ ކުޑަކަކޫ ޖެހީތަ؟؟
ފަނާ
05 September 2017
ކޮބާ އދ؟ ކޮބާ ހިއުމަންރައިޓްސް ކޮމިޝަންތައް؟؟ މުސްލިމް ގައުމެއް ފުޑާލަން ވެއްޖެނަަމަ ލަހެއްފަހެއްނެތި ތެދުވެ ސުންނާފަތި ކޮށްލާނެ.. މުޒާހަރާއެއް ހުއްޓުވާ މީހުންގަަޔަށް ސްޕްރޭ ޖަހައިފިނިމަ އެޖެހުނީ ކަންތަކާ.. ދަތިކުރުމުގެ ފިޔަވަޅުއަޅައި ބަޔާންތައްނެރެން ފަށާނެ.. އިންސާނުންތަކެއް ކަތިލައި ރޯކުރަމުން ހިތުހުރިކަމެއް ކުރަމުންދާއިރު ދުނިޔޭގެ ބާރުގަދަ ގައުމުތައް ލޮލުގައި މަަލަން އަޅައިގެން އަނގައިގަ ޓޭޕް އަޅައިގެން..
ޙުސެން
05 September 2017
ރާއްޖޭގައި މަރާލެވުނު މީހުން މަދީތޯއެވެ. އެމީހުންގެ ވާހަކަ ދައްކައިފި ނަމަ އެމީހެއްގެ ވަޒީފާ ގަނޑުވެސް ގެއްލުވާލަނީ އެވެ.