އަރްސާ ގްރޫޕުގެ ލީޑަރު އަތާއުﷲ އަބޫ އަމަރު ޖުނޫނީ (މ).
16 ސެޕްޓެމްބަރ 2017 - 15:45
ރަކީން (ސެޕްޓެމްބަރު 16) - އަލްގައިދާ ނުވަތަ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ ކަމަށް ބުނާ ވާހަކަތައް މިއަންމާގެ ހުޅަނގުގެ ރަކީން ސްޓޭޓުގައި ހަރަކާތްތެރިވާ މުސްލިމުންގެ ކުޑަ ގްރޫޕެއް ކަމަށްވާ އަރަކާން ރޮހިންޖާ ސޮލިޑާރިޓީ އާމީ (އަރްސާ) އިން ބުނެފި އެވެ.
އަރްސާ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައިއެސް އާއި އަލްގައިދާ އަދި ލަޝްކަރީ ތައިބާ ނުވަތަ އެނޫން ވެސް ބޭރުގެ ޖަމާއަތަކާ ގުޅުމެއް ނޯންނަ ކަމަށާއި ބޭރުގެ ހަނގުރާމަވެރި އެއްވެސް ޖަމާއަތަކުން މިހާރު ވެސް ހަމަނުޖެހުން ބޮޑު ރަކީން ސްޓޭޓަށް ވަދެގެން ނުވާނެ ކަމަށެވެ. ގޯސްވެފައިވާ ހާލަތު އިތުރަށް ގޯސް ކުރުމަށް ބޭރުގެ ހަނގުރާމަވެރިން ރަކީން އަށް ނުވެއްދުމަށް ސަރަހައްދުގެ ގައުމުތަކަށް އަރްސާ އިން ވަނީ ގޮވާލައިފަ އެވެ. ރަކީން އަށް އަރަކާން ވެސް ކިޔަ އެވެ.
އަރްސާ އިން ވަނީ މިއަންމާގެ ހަމަނުޖެހުންތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީ ފޯރުކޮށް ދިނުމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ގޮވާލައިފަ އެވެ.
މިއަންމާ ސިފައިން ބުނަމުން ދަނީ އެންމެ ފަހުގެ ހަމަނުޖެހުންތައް އުފެދުނީ މިދިޔަ މަހު 25 ވަނަ ދުވަހު ސިފައިންގެ ޕޯސްޓަކަށް އަރްސާގެ ހަނގުރާމަވެރިން ހަމަލާ ދިނުމުން ކަމަށެވެ. އަރްސާ ނުވަތަ ކުރިން ކިޔަމުން އައި ހަރަކާތުލް ޔަގީން އެންމެ ފުރަތަމަ ވުޖޫދުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ ފަހަރު ވެސް ވަނީ އެ ޖަމާއަތުން ރަކީންގެ މުއަންޑޯގެ ޕޮލިސް ޕޯސްޓަކަށް ހަމަލާ ދިން ކަމަށް ބުނެ ވަރުގަދަ ހަމަނުޖެހުންގަނޑެއް މިއަންމާ ސިފައިން ހިންގައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނެރުނު 18 މިނިޓުގެ ވީޑިއޯއެއްގައި ގްރޫޕުގެ ލީޑަރު އަތާއުﷲ އަބޫ އަމަރު ޖުނޫނީ ވަނީ ސިފައިންނަށް ހަމަލާ ދިން ކަމަށް ބުނާ ވާހަކަ ދިފާއުކޮށްފަ އެވެ. އަދި ހަމަނުޖެހުން އުފައްދަނީ މިއަންމާ ސިފައިން ކަމަށް ވަނީ ބުނެފަ އެވެ.
"ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން ތަފާތު ހަމަލާދީ ބޮޑެތި ޖަރީމާތައް ހިންގާތާ 75 އަހަރު ވެއްޖެ. އެހެންވެ އޮގަސްޓް 9، 2016 ގައި ހަމަލާ ދޭން ޖެހުނީ. އެއީ އަހަރެމެން ވެސް އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އޮތްކަން ދައްކުވައިދޭން ދިން މެސެޖެއް،" ވީޑިއޯގައި އޭނާ ބުނެފައިވެ އެވެ.
މިދިޔަ މަހު 15 ވަނަ ވަނަ ދުވަހު ޖުނޫނީ ނެރުނު ވީޑިއޯގައި ވެސް ބުނެފައި ވަނީ އެ މީހުން މަސައްކަތް ކުރަމުން ދަނީ އަމިއްލަ ދިފާއުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބަބުރު ސޮރު
17 September 2017
މީހުނަށް މޮޔަ ގޮވުމަކީ ތިމާގެ ބުއްދިވެރިކަމާ ދޭތެރޭ ސުވާލު އުފެދޭނެ ކަމެއް، ދެން ބުނެލާނީ އެންމެ ބޮޑު ބާރަކީ އެންމެންގެ ރައްބު ވީމާ ސަބަބުގައި ހިފާގެން ވަކީލް ކުރީމައި ބޮޑުބާރު އިއޮތީ ލިބިފައި އެމީހުން ކުރީ ކުރަން ޖެހޭ ކަމެއް އެކަންކުރަން ލަސްވެސް ވެއްޖެ. ވަރައްސަލާމް.
ވިސްނަވާށޭ
17 September 2017
މޮޔަބައެއް!ހަރުކަށި ވަރުގަދަ ބައެއްގެ އެހީގައި ނޫންގޮތަކަށް ކުރިއެރުމެއް ނުހޯދޭނެ.ބައްސާރު ދެންމެ ދެންމެ ވެއްޓެންކައިރިވެފަ އޮށްވާ ސަލާމަތްވީ ރަޝިޔާގެ އެހީތެރިކަމާއެކު
ސިފްލީން
17 September 2017
މީ ބުދުދީނުގެ މީހުން ކުޅުވި ޑްރާމާއެއް އެހެންނޫނީ މީހަކުފިހެލާ އަންދާ އަޅިއަށް ހަދާލާއިރު ހޭބުއްދި ހުރިމީހަކު ބުނާކަހަލަ އެއްޗެއްތަމީ މިވީޑިއޯބެލިމީހަކަށް އިނގޭނެ މީ ވަރަށް އޮފިޝަލް ހެދުމުގައި ތިބި ބަޔަކު ކުޅެފައި އޮތް ޑްރާމާއެއްކަން
ޟުއަ
16 September 2017
ޥ ބުއްދިވެރި ނިންމުމެއް