ދުނިޔެ

ގުދުސްގައި ކްރިސްމަސް ފާހަގަކުރުން ފަނޑު ގޮތަކަށް

ފަލަސްތީނުގައި އިއްޔެ ކްރިސްމަސް ފާހަގަ ކުރުމަށް ކްރިސްޓިއަނުން ނުކުމެ އުޅޭ އިރު، އިޒްރޭލު ސިފައިން އެކަމަށް ހުރަސް އަޅަނީ. އަލްޖަޒީރާ

މުޅި ގުދުސަށާއި ފަލަސްތީނުގެ ކްރިސްޓިއަނުންނަށް ވެސް އަހަރުގެ ތެރޭގައި އަންނަ އެންމެ އުފާވެރި ރެއަކީ ޑިސެމްބަރު މަހުގެ 25 ވިލޭރޭ ކަމުގައި ވިޔަސް، ކުރީ އަހަރުތަކާ ޚިލާފަށް ފަލަސްތީނުގެ ކްރިސްޓިއަނުން މި ފަހަރު ނިންމީ، މި ދުވަސް އެހާ ކުލަ ގަދަކޮށް ފާހަގަ ނުކުރުމަށެވެ. އެއީ ގުދުސާ މެދު އެމެރިކާ އިން ނިންމި ނިންމުމަށް ދެކޮޅުހެދުމުގެ ގޮތުންނެވެ.

މި މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމަވާފައިވަނީ، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ރަސްމީކޮށް އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމަށެވެ.

ބައިނަލްއަގުވާމީ މުޖްތަމައާއި އިސްލާމީ ދުނިޔެ އާއި ކްރިސްޓިއަނުންގެ ދެކޮޅުހެދުންތަކަށް ބެލުމެއް ނެތި، ޓްރަމްޕު ނިންމެވި ނިންމެވުމާ ދެކޮޅު ހެދުމުގެ ގޮތުން، ފަލަސްތީނުގެ ކްރިސްޓިއަނުން ވަނީ ކްރިސްމަސް ފާހަގަ ކުރުމަށް އާންމުކޮށް އެމީހުން ބާއްވަމުން އަންނަ ރަސްމީ ހަފްލާތައް ކެންސަލް ކޮށްފަ އެވެ.

ގުދުސާއި ފަލަސްތީނުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ވެސް ކްރިސްމަސް ވިލޭރޭ، ބައިތު ލަހްމުގެ ކަނީސަތުލް މަހްދު (ޗާޗް އޮފް ނޭޓިވިޓީ) ކިޔާ ފައްޅި އަށް ޖަމާވެ އިރު އަރަންދެން އެ ދުވަސް ފާހަގަ ކުރަން ތިބޭނެ އެވެ. އެ ފައްޅިއަކީ ސަލާމްލެއްވި އީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ތަން ކަމަށް ބުނާ ތަނުގައި މީލާދީން ހަތަރު ވަނަ ގަރުނުގެ ކުރީކޮޅު ބިނާކޮށްފައި ހުރި ފައްޅި އެކެވެ.

ފަލަސްތީނުގައި ކްރިސްމަސް ފާހަގަ ކުރުމަށް ރޭ އުށްބައްތި ދިއްލަނީ. އަލްޖަޒީރާ

ނަމަވެސް މި ފަހަރު ފަލަސްތީނުގެ ކްރިސްޓިއަނުން ވަނީ، ރޭ މެންދަމުގެ ވަގުތުގައި ބޭއްވީ ޚާއްސަ ދުއާ ކުރުމަށް ފަހު ކްރިސްމަސްގެ ހަރަކާތްތައް ނިންމާލައިފަ އެވެ. ހަފްލާތައް ކެންސަލް ކުރީ، އިޒްރޭލުން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހިފަހައްޓާފައިވާތީ، ގިނަ މީހުންނަށް އެ ސަރަހައްދަށް ޖަމާވުމުގެ ފުރުސަތު ނެތުމުންނެވެ.

ޣައްޒާގައި ދިރިއުޅޭ ކްރިސްޓިއަނުން ވެސް ވަނީ، ރޭ މެންދަމު ބޭއްވި ޚާއްސަ ދުއާ ކުރުމަށް ފަހު، އާންމުކޮށް އޮންނަ ކްރިސްމަސްގެ ހަފްލާތައް ކެންސަލް ކޮށްފަ އެވެ.

މިއަހަރު ކްރިސްމަސް ދުވަހާ ދިމާކޮށް ފަލަސްތީނުގެ ކްރިސްޓިއަނުން ދުނިޔެ އަށް ދޭން ބޭނުންވި މެސެޖަކީ، ގުދުސަކީ ފަލަސްތީނުގެ މުސްލިމުންނާއި ކްރިސްޓިއަނުންގެ ބިމެއް ކަމަށް ކްރިސްޓިއަނުން އިއުތިރާފްވާ ކަމަށާއި އަދި އެ ބިމަކީ އިޒްރޭލުން އަޅުވެތިކޮށްފައިވާ ބިމެއް ކަމެވެ. ކްރިސްމަސް ދުވަހާ ދިމާކޮށް އިއްޔެ ހުޅަނގު އައްސޭރީގައި ބޭއްވި ތަފާތު ހަފްލާތަކުގައި ވެސް ކްރިސްޓިއަނުން ވަނީ، ގުދުސަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމަށް ގޮވާލައި ޝުއޫރު ފާޅުކޮށްފަ އެވެ.

ގުދުސާ ބެހޭ ގޮތުން އެމެރިކާ އިން ނިންމި ނިންމުމަށް، ފަލަސްތީނުގެ ކްރިސްޓިއަނުންގެ އިސް ފާދިރީން ވެސް ވަނީ ރަސްމީކޮށް ދެކޮޅު ހަދައި، ގުދުސަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމަށް ބަޔާން ކޮށްފަ އެވެ.

މުސްލިމުންގެ ފުރަތަމަ ގިބްލަ އަދި ކީރިތި ރަސޫލާގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅުގެ އެއް މަންޒިލް ކަމުގައިވާ މަސްޖިދުލް އަގްސާ ހުންނަނީ ގުދުސްގަ އެވެ. އެހެންކަމުން ގުދުސަކީ މުސްލިމުންގެ މުގައްދަސް ބިމެކެވެ.

ރޯމަނުންގެ އަނިޔާވެރިކަން ސަލާމަތް ކުރެއްވުމަށްޓަކައި ސަލާމްލެއްވި އީސާގެފާނު ﷲގެ ހަޒްރަތަށް އުފުއްލެވުނީ ވެސް ގުދުސްގައި ކަމަށް ވާތީ އާއި އީސާގެފާނުގެ މައިކަނބަލުން ސަލާމްލެއްވި މަރްޔަމްގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ވެސް ގުދުސްގައި ކަމަށްވާތީ، ކްރިސްޓިއަނުންގެ ގާތުގައި ވެސް ގުދުސަކީ މުގައްދަސް ބިމެކެވެ.

އިޒްރޭލު ސިފައިން ގުދުސް ހިފާފައި ވަނީ، 1967 ވަނަ އަހަރު ކުރި އަރަބި-އިޒްރޭލު ހަނގުރާމައިގަ އެވެ. އޭގެ ފަހުން އިޒްރޭލުން އެ ބިން އަޅުވެތިކޮށް، އެއީ އިޒްރޭލުގެ ދާއިމީ ވެރިރަށް ކަމަށް އަންނަނީ ދައުވާ ކުރަމުންނެވެ. އިޒްރޭލުގެ އެނިންމުމަށް މުޅި ދުނިޔެ ދެކޮޅު ހަދަމުން އަންނަ އިރު، އެމެރިކާ ފިޔަވައި އެހެން އެއްވެސް ގައުމަކުން އިޒްރޭލުގެ އެ ނިންމުން ބަލައިގެންފައެއް ނުވެ އެވެ.

4 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 14%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕިސް ޕިސް

25 December 2017

ގުދުސް ސަލާމަތް ކުރައްވައި،އެތާނގައި ތިބި ކްރިސްޓިއަނުންނަށްވެސް އިސްލާމްދީނުގެ ހިދާޔަތް ދެއްވާނދޭވެ..އާމީން..

The name is already taken The name is available. Register?

އެދުރު

25 December 2017

ޢަރަބީންގެ ތެރޭގައި އެކި ދީނުގެ މީހުން އުޅޭ. އެގަހުކޭލެއް މިގަހުކޭލެއް ނޭގޭނެ.

The name is already taken The name is available. Register?

އަސްލުގޮތް

25 December 2017

އަރަބިން ތެރޭގަ އެކަނިތަ އެކި ދީނުގެ މީހުން އުޅެނީ؟ ހުރިހާ ދަރިކޮޅެއްގެ ތެރޭގަވެސް އުޅޭ އިނގެރޭސިއެއް އަރައްބެއް ލެޓީނޯއެއް އޭޝިއަންއެއް އެފްރިކަން އެއް ކިޔާނެކަމެއް ނެތް.. ތަފާތަކީ އަރަބި އިސްލާމީ މުޖުތަމަޢުތަކުގަ ދިރިއުަޅޭ އެހެން ދީންތަކުގެ މީހުންނަށް އެމީހުންގެ ދީނުގަ ހަމަޖެހިގެން އުޅެވޭކަން.. އަދި އެމީހުން ހާއްސަކޮށް ނަސާރާއިން ހަމަ ޤަބޫލުކުރާކަން..

The name is already taken The name is available. Register?

މަނާ

26 December 2017

އެހެން ދީން ތަކުގެ މީހުން މަރާ ހުސް ކުރަމުން އެމީހުން ދަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454