އިންޑޮނީޝިއާގެ ދެމަފިރިން ބައިސްކަލްގައި މައްކާ އަށް ދަތުރު ކުރަނީ.
16 ފެބުރުއަރީ 2018 - 14:46
މައްކާ (ފެބްރުއަރީ 16) - އިންޑޮނީޝިއާގެ ދެމަފިރިން އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ބައިސްކަލެއްގައި މައްކާ އަށް ހިނގައްޖެ އެވެ.
އުމުރުން 35 އަހަރުގެ ހަކަމް މަބްރޫރީ އާއި އޭނާގެ އަންހެނުން ރަފީގުތުލް އިސްލާމިއާ މައްކާ އަށް ދެވުނީ ހަތް ގައުމު ހުރަސްކޮށް 12،000 ކިލޯ މީޓަރަށް ދަތުރުކޮށްފަ އެވެ. މައްކާއާ ހަމައަށް ދެވުނީ އަހަރެއްހާ ދުވަސް ފަހުންނެވެ. ދަތުރު ފެށީ ޑިސެމްބަރު 17، 2016 ގަ އެވެ. ދަތުރަށްޓަކައި އެ މީހުން ވަނީ ބައިސްކަލެއް ތައްޔާރުކޮށްފަ އެވެ. ދެ މީހުންނަށް ތިބެވޭ ގޮތަށް ދެ ސީޓާއި ލަގޭޖް ބަޔަކާއި ޕެޑަލްގައި ދެ މީހުންނަށް ދުއްވޭ ގޮތަށް ވަނީ ބައިސްކަލް ތައްޔާރުކޮށްފަ އެވެ.
އިންޑޮނީޝިއާގެ ދެމަފިރިން ބައިސްކަލްގައި މައްކާ އަށް ދަތުރު ކުރަނީ.
މަބޫރީ ބުނީ ބައިސްކަލެއްގައި މައްކާ އަށް ދާން ބޭނުންވީ އިސްލާމް ދީނުގެ ސުލްހައިގެ މެސެޖް ފޯރުކޮށްދޭން ކަމަށެވެ. މަބޫރީ އިންޑޮނީޝިއާ އިން ދަތުރުކޮށްފައި ވަނީ މެލޭޝިއާ އަށެވެ. އޭގެ ފަހުން ތައިލޭންޑް، މިއަންމާ އަދި އިންޑިއާ އަށެވެ. އޭނާ ދެން ގަސްދުކުރީ ޖޯޑަން އިން މިސްރަށް ގޮސް ސައުދީ އަށް ދާށެވެ. ރޯދަ މަހުގެ ބޮޑު ބައި އެ މީހުން ހޭދަކުރީ ތައިލެންޑުގެ ދެކުނުގެ މުސްލިމުންނާ އެކު އެވެ. ކުޑަ އީދު ފާހަގަ ކުރީ އިންޑިއާގަ އެވެ. އަދި ބޮޑު އީދުގައި އެ މީހުން ތިބީ ޖޯޑަންގަ އެވެ.
މަބޫރީ ބުނީ ބައިސްކަލެއްގައި ސައުދީ އަށް ދަތުރުކޮށް ހައްޖުގެ އަޅުކަން އަދާކުރުމަކީ ވެސް އެ މީހުން އުއްމީދު ކުރާ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލު؟
17 February 2018
އިންޑިޔާއިން ޖޯރޑަންއައް ބައިސްކަލުގަ ދިޔައީ ކިހިނަކުންބާ؟ އެހެންގައުމަކައް ނުގޮސް؟