ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން. --ފޮޓޯ:އޭއެފްޕީ
03 އެޕްރީލް 2018 - 16:02
ވޮޝިންޓަން (އެޕްރީލް 3) - ފަލަސްތީނެކޭ އެއްގޮތަށް އިޒްރޭލަށް ވެސް އަމިއްލަ ބިމެއް އޮތުމުގެ ހައްގު ލިބިގެންވާ ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އެޓްލާންޓިކް މެގަޒިން އަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ސުލްހަވެރި ގައުމެއްގައި ދިރިއުޅުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށެވެ.
"އިޒްރޭލުގެ ސައިޒަށް ބަލާއިރު އެއީ ބޮޑު އިގްތިސާދެއް އޮތް ގައުމެއް. އަދި ސުލްހަ ގާއިމްވެއްޖެ ނަމަ ސައުދީން އިޒްރޭލާ ހިއްސާ ކުރާނެ ވަރަށް ގިނަ ކަންކަން އެބަހުރި،" މުހައްމަދު ވިދާޅުވި އެވެ.
ތިން ހަފުތާގެ ދަތުރުފުޅެއްގައި އެމެރިކާ އަށް ވަޑައިގެން އުޅުއްވާ މުހައްމަދު ވިދާޅުވީ ސައުދީ އަރަބި އިން ކަންބޮޑުވަނީ ގުދުސްގައި ހުރި އަގްސާ މިސްކިތާއި ފަލަސްތީން ރައްޔިތުންގެ ހައްގުތަކާ މެދު ކަމަށެވެ. އަދި އެއްވެސް ބަޔަކާ ސައުދީން ދެކޮޅުވެރި ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ފަލަސްތީނާއި އިޒްރޭލަށް ވެސް ބިމުގެ ހައްގު އޮންނަން ވާނެ. ސައުދީ އަރަބިއާއާ އެއްވެސް ބަޔަކާ މައްސަލައެއް ނެތް،" މުހައްމަދު ވިދާޅުވި އެވެ.
ސައުދީ އަރަބި އާއި އިޒްރޭލުން ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ. ނަމަވެސް ސައުދީން ދާދި ފަހުން ލިބެމުންދާ ސިގްނަލްތަކަށް ބަލާއިރު އިޒްރޭލާ ގުޅުން ރަނގަޅު ކުރާހެން ހީވެ އެވެ. ސައުދީން މާޗް މަހު ވަނީ އިޒްރޭލަށް ކުރާ ދަތުރުތަކުގައި ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެއާ އިންޑިއާ އަަށް ދީފަ އެވެ.
އިޒްރޭލުގެ ކޮމިއުނިކޭޝަން މިނިސްޓަރު އަޔޫބް ކަރާ ވަނީ ސައުދީ އަރަބިއާގެ ގްރޭންޑް މުފްތީ އަބްދުލް އަޒީޒް އާލް ޝެއިޚް އިޒްރޭލަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ. އެމެރިކާ ދަތުރުފުޅުގައި ވަލީ އަހުދު މުހައްމަދު ވަނީ އިޒްރޭލަށް ތާއީދުކުރާ ޔަހޫދީ ގްރޫޕަކާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙާލިމް
04 April 2018
އަދިވެސް ނަޝީދު ގޯސްވާނީ!!
ޏަން
04 April 2018
ނިމެނީ މިމީހުންގެ ކިބައިން އިސްލާމީ އުއްމަތް ސަލާމަތް ކުރައްވާންދޭވް!
އިމްރާން ހުސައިން
04 April 2018
އިބްނު ސައުދުގެ ތަހުތުގެ ނިމުން ކާރި ވާކަމުގެ ހެއްކެއް. ވަރަށް ވާހަކަ
ގރތެގރ
04 April 2018
ހިތާމައިގެ ކޮޅެއްނެތް
އަރަރެން
04 April 2018
ސައިދީ އަރަބިއްޔާއަކީ ނަޖިދު ކަރައިގެ ރައްތަށް ކަމުގައި ކަންޑައަޅައި ނަޖިދުކަރައިގެ ކޮންމެވެސް ހިސާބެއްގައި އިޒުރޭލުގެ ޔަހޫދިން ވަޒަންވެރިކުރަންފެނޭ ހިޖާޒުކަރައިގެ މައްކާއާއި މަދީނާ ހިމެނޭ ގޮތަށް ވަކިދައުލަތެއް އޯއައިސީން ކަންޑައަޅަންވެސް ފެނޭ
ބޯހަލާކުވެ
04 April 2018
ތާއީދު
ރުކުރުކު
04 April 2018
މި ސައުދީ އަރަބިއްޔާ އަޑީގަ އޮވެގެން މުސްލިމު ގައުމުތަށް ސުއްނާ ފަތި ކުރަމުން މިޔޮށް ގެންދަނީ، އެކަމަކު މީހުން އުޅޭނެ މާ މުސްލިމު ގައުމެށް ކަމަށް މިމީހުން ހަދައިގެން، ރީތިވެއްޖެ އެއްނުން، ދެންނޭގެ ބުނާނީ ފަލަސްތީނު މީހުން އެކިގައުމުތަކައް ބަދަލު ވާންވީނުންހޭ. މިވައްތަރު މުސްލިމުންގެ ސަބަބުން މުސްލިމުންގެ ދުވަސް މިޔޮއްގެން ދަނީ، ދެން މިކަހަލަ ބޯނުބައި ލީޑަރުން މިކުރާ ކަމަކީ، ހުރިހާ ޖަރީމާ އެއް ފޮރުވަން ޝޭހުން ބޭނުން ކޮއްގެން މީހުން ބޮލަށް ޗިޕް ޖަހައިގެން ގިހާދު ކުރަން ސީރިޔާ އައް މިފޮނުވަނީ، އެވެސް މުސްލިމުން މުސްލިމުންނާ ހަނގުރާމަ ކުރުވަން..
ދެރަކމެއްނު
03 April 2018
ވަލީއަހުދޫ...ެސައުދީގެ ބިންކޮޅެއް ދޭންވީނު އެހެންވީރު.. ތިހާ ބިން ދޭހިތްވަންޏާ
ބާލައާދަނު
03 April 2018
ފަހުގެ ތާރީޚުގައިހިނގި ހަނގުރާމަތަކާ ހަމަނުޖެހުންތަކުން އަޅުގަނޑަށް ދޭހަވަނީ މެދުއިރުމަތީގެ ހަލާކަކީ ސައޫދީން. އަޅުގަނޑު ދެކޭގޮތުގަ އިސްލާމީ ދުނިޔެ ލީޑް ކުރަން ތިބި ބަޔަކީ ސައޫދީން. އެމީހުންގެ އުރައްޕެއް ނެތުމުން އިސްލާމީ އުންމަތް މިހާ ނިކަމެތިވެފަ މިވަނީ.
ސޭކުބެ
03 April 2018
ކިތަންމެ ޤަބޫލުކުރަން ބޭނުންނުވިއަސް މިއަދު މިމައްސަލަ ހައްލު ކުރުމަށްޓަކައި އިޒްރޭލަށްވެސް އަދި ފަލަސްތީނަށްވެސް ބިމެއް ހަމަޖެހެން އެބަޖެހޭ. ދެބައިމީހުންވެސް ގޮތްދޫކޮށް އެއްބަސްވެވޭގޮތެއްގެމަތިން މިކަން ނިންމައިގެން ދެފަރާތަށްވެސް ސުލްހައޮތީ. އަޅުގަޑުވެސް ނުރުހެން ފަލަސްތީނުގެ ބިމުން އިޒރޭލަށް ބިންދޭކަށް އެކަމަކު ދެން އޮތީވެސް ވަކި ކޮންގޮތެއް.
falaku ain
04 April 2018
ދެން އޮތް ގޮތަކީ މުޙައްމަދުގެ ކާބަފައިންގެ ރަށުން (ނުޖުދު ކަރައިން) އިޒްރޭލަށް ބިންކޮޅެއް ގައުމެއް ހަދަން ދިނުން. މުޙައްމަދުގެ ކާބަފައިން އިނގިރޭސިންނަށް ފަލަސްތީނު ބިން ޔޫރަޕުގެ މީހުންނަށް ވިއްކާލުމުގެ ހައްގެއްނެތްއިރު ސިއްރު އެއްބަސްވުމެއްގެ ދަށުން ވިއްކާލި ލިއުންތައް އެހެރީ އިނގިރޭސީންގެ ފޮރިންމިނިސްޓްރީގައި.
ފޭރޭ
04 April 2018
ތިބުނަނީ ފޭރިގަތީމަ ފޭރިގތް މީހައާއި ވެރިފަރާތާ ދެމެދު ބައި އަޅާށޭ ދޯ. ތިޔައީ އިނސާފެއްނޫން
ވިސްނޫ
03 April 2018
މިފަދަ އިޔަހޫދި ވިސްނުމުގެ މީހަކު ސައޫދީ ތަޚުތަށް ވެެރި ނުކުރައްވާފާނދޭވެ.