ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް.
04 އެޕްރީލް 2018 - 15:36
ރިޔާޒް (އެޕްރީލް 4) - އިޒްރޭލަށް ވެސް ބިމެއް ހައްގުވާން ޖެހޭނެ ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވުމުން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއިދު ކުރައްވާ ރަސްގެފާން ސަލްމާން ވާހަކަ ދައްކަވައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވާ ސަލްމާން ވަނީ މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތް ހަލުވިކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. ސައުދީ އަރަބިއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ ފަލަސްތީން މީހުންގެ ހައްގުތައް ދިފާއު ކުރުމުގައި ސައުދީން އަބަދުވެސް ތިބޭނެ ކަމަށް ސަލްމާން ވިދާޅުވެފައިވާ ކަމަށެވެ. ސަލްމާން ރަސްގެފާން ވިދާޅުވި ހެޔޮ ބަސްތަކަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
އެމެރިކާގެ މަޖައްލާއަކަަށް މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނީ ފަލަސްތީނެކޭ އެއްގޮތަށް އިޒްރޭލަށް ވެސް ބިމެއް ހައްގުވާ ކަމަށެވެ.
ސައުދީ އަރަބި އާއި އިޒްރޭލުން ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ. ނަމަވެސް ސައުދީން ދާދި ފަހުން ލިބެމުންދާ ސިގްނަލްތަކަށް ބަލާއިރު އިޒްރޭލާ ގުޅުން ރަނގަޅު ކުރާހެން ހީވެ އެވެ. ސައުދީން މާޗް މަހު ވަނީ އިޒްރޭލަށް ކުރާ ދަތުރުތަކުގައި ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެއާ އިންޑިއާ އަަށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
05 April 2018
ތިއީ ހުސް ޔަހޫދީން. މުސްލިމުންގެ ލޮލުގާ އަނދުން އަޅުވަންކުޅޭ ގޭމެއް. ލެއާލެއާ ގުޅޭނެ.
ށާވަން
05 April 2018
އިޒްރޭލައް ހައްގީ ހަމައެކަނި އެލަސްކާ ނުވަތަ ވޮސިންޓަން އިތުރު އެއްވެސް ބިމެއް ހައްގެއްނޫން ކަމެއްވެގެންނު ވައުދުވެވުނު ބިން އެމީހުނައް ހަރާމް ކުރެއްވީ؟
amir
04 April 2018
ހުސް ހޮޅި ދެބަފައިން ކުޅޭ ގޭމް ސައުދީ އަށް ޖެހިފަވާ ރޯގާއެއް.
ކީކޭބުނާނީވެސް
04 April 2018
މިހިރީ މިމީހުންގެ ހާލަތު. ޖަރުމަނުން ޔަހޫީދީއަކު އާޖެންޓީނާއިން ޔަހޫދީއަކު ފުރާނސުން ޔަހޫދީއަކު އެތަނަކުން މިތަނަކު އައިސް އަރަބިންގެ ބިންތަށްފޭރިގަތީ އޭރުތިބި ވަލީއަހުދު މުހައްމަދުމެން ކަހަލަ ބަޔަކު ގަނަލައިގެން ލާރިކޮޅެއްދީ އަދި ކުދިކުދި ގައުމުތައް ހަދައިދީގެންކަން މުހައްމަދަށް ނޭގެނީތާ. އެގޮތަށް އިޒުރޭލަށް ބިމެއްހައްގުވާނަމަ އަހަރުމެންނަށް ހަރަމްފުޅާއި ޖެހިގެން ބިމެއްލިބެންޖެހޭނެތާ.
އަޖީތު
04 April 2018
އިޒްރޭލަށްވެސް ބިމެއް ލިބެންވާނެ. ނަމަވެސް ފަލަސްތީނުގެ ބިމުން ފައިބާ.
ސޯސޯ
05 April 2018
ބަލަ ބިމެއްގަ ތިބެފައި އައިސްއެއްނޫންތަ ބައެއްގެ ބިމަށް ވެރިވެގަނެގެން އެއުޅެނީ. ޖަރުމަނާ އެމެރިކާ، އިގިރޭސިވިލާތުގައި ބިންނެތިގެންތަ އައިސް ފަލަސްތީނަށް ވެރިވެގަތީ. ކުރިންވެސް އެމީހަކު ހުރި ބިމެއްގަ ހުރީމަ ނިމުނީއެއްނު.
މުޙަންމަދު
04 April 2018
އެއާ އިންޑިއާ އާއިި މިކަމާއި ކޮން ގުޅުމެއްއިތީި.؟؟؟
މިދީބުގެބާނީ
05 April 2018
ވާނުވާނޭނގޭ މީހުން އަޅާނުލުން ބުއްދިވެެރި.
ފޮނިޓައްޕު ހަސަނު
04 April 2018
ތިބުނާ މުހުއްމަދަކު ތިހިރީ ހަމަ ހޭގަތަ. ފަލަސްތީނު މީހުންގެ ބިން އިޒްރޭލުން ފޭރިގެންފައި މިވަނީ، އެބައިމީހުންނަށް ވަނީ އެބައިމީހުންގެ ބިމުގައި ދިރިއުޅުން މަނާކޮށްފައި. މީނާ މިވަކާލާތު ކުރަނީ އިސްރޭލަށް އަަދިވެސް ބިންހޯދައިދޭން އެބިމުގެ ހައްގުވެރީން ނުހަނު ހާލުގައި އުޅެމުން ދަނިކޮށް. ސައުދީ ބިމުން ބަޔެއް ދޭންވީނުން އިޒްރޭލަށް.
މުހައްމަދު ސ
04 April 2018
މިބައި މީހުންގެހުރި މުނާފިގުކަން މިއިން ހާމަވެގެން ދަނީ ..
އީމަން
04 April 2018
"މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނީ ފަލަސްތީނެކޭ އެއްގޮތަށް އިޒްރޭލަށް ވެސް ބިމެއް ހައްގުވާ ކަމަށެވެ". މުހައްމަދު ބިން ސަލްމާންއައް ތިޔަ ވެވެނީ ޒަޔޮނިސްޓަކަށެވެ.
ފައިސާ ފައިސާ
04 April 2018
ޢިޒްރޭލް މީހުންނަށް ބިމެއް ހައްގުވުމަކީ ފަލަސްތީނުގެ ބިންތައް ފޭރެން ޖެހޭ ސަބަބެއް ނޫނެވެ. ފަލަސްތީނުގެ ބިމުގައި ތިބި ޢިޒްރޭލްގެ ހުރިހާ ރައްޔިތުންނަކީވެސް އެތަނަށް ބޭރުން އައިސް ތިބި ބައެކެވެ. ޢެހެންކަމުން އެމީހެއްގެ ގައުމަށް އެމީހަކު ދިއުމުން އެމީހުންނަށްވެސް ބިންލިބުނީއެވެ.
ނަތަންޔާހޫ
04 April 2018
ފަލަސްތީނަށްވެސް އިޒްރާއީލަށްވެސް ބިމެއް އަދި ވަކި ދެދައުލަތެއް އޮންނަންވާނެ، މިހަގީގަތް ގަބޫލުނުކުރާތީ މިއަދާއި ހަޔަށްވެސް މައްސަލަ ހައްލުނުވެގެން އުޅެނީ!
ނާމަން
04 April 2018
ޒައަނިޒަމްއަކީ ތިއެއް ނޫން. ގޫގުލްކޮށްލާ.
ޙަސަން އަޙްމަދު
05 April 2018
އިޒްރޭލަށް ބިމެއް އޮންނަން ވިޔަސް ނުވިޔަސް އެހެން ބައެއްގެ ބިމެއް ފޭރިގަނެފަ އިޒްރޭލުގެ ނަން ދީގެން ދައުލަތެއް ހަދާފަތާ އެ އޮތީ. އެއީ ދުނިޔޭގެ އެކި ގައުމަށް ނިސްބަތްވާ އެކި ބަސްބަހުން ވާހަކަ ދައްކާ ޔަހޫދީން ގެނެސް އެހެން ބައެއްގެ ގައުމުގައި ހަދައިގެން އުޅޭ ދައުލަތެއް. ތިޔަށް ވުރެ މާ ރަނގަޅެއްނު ރެޑްއިންޑިއަނުންނަށް އެމީހުންގެ ބިމުގައި ވަކި ދައުލަތެއް ހަދައި ދިނިއްޔާ