އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ޕްރެޒެންޓޭޝަން ނަތަންޔާހޫ ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
01 މެއި 2018 - 06:50
ތެލް އަވީވް (މެއި 1) - އީރާނުން ސިއްރިއްޔާތުގައި ނިއުކްލިއާ ޕްރޮގްރާމް ހިންގަމުންދާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭ ވިދާޅުވެއްޖެ އެވެ.
އީރާނުން ދުނިޔެ އަށް ދޮގު ހަދަމުންދާކަން ސާބިތުކޮށްދިނުމުގެ ގޮތުން އެކަމުގެ ހެކި ހިމެނޭ ފައިލްތަކުގެ ހަރުގަނޑެއް ނަތަންޔާހޫ ވަނީ ދައްކާލައިފަ އެވެ. ނިއުކްލިއާ ޕްރޮގްރާމެއް ކުރިއަށް ނުގެންދާ ކަމަށް އީރާނުން ބުނި ނަމަވެސް އެކަމުގެ ހެކި ހިމެނޭ ޕްރެޒެންޓޭޝަނެއް ނަތަންޔާހޫ ވަނީ ދެއްވައިފަ އެވެ.
އިޒްރޭލުން މި ޕްރެޒެންޓޭޝަން ދީފައި ވަނީ ދުނިޔޭގެ ބާރުތަކާ އެކު އީރާނުން 2015 ވަނަ ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން އުވާލުމަށް އެމެރިކާ އިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
"ތިޔަ ބޭފުޅުން ރަނގަޅަށް ހަނދުމަފުޅު ހުންނާނެ އީރާނުން ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމެއް ކުރިއަށް ނުގެންދާ ކަމަށް އެ ގައުމުގެ ވެރިން ވިދާޅުވާ ވާހަކަ. އެޅުގަނޑު މިތާ މި ހުރީ އެއީ ކަނޑައެޅިގެން ދޮގެއްކަން ސާބިތުކޮށްދޭން،" ނަތަންޔާހޫގެ ޕްރެޒެންޓޭޝަނުގައި ވިދާޅުވި އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ޕްރެޒެންޓޭޝަން ނަތަންޔާހޫ ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
އިޒްރޭލުގެ ބޮޑު ވަޒީރު ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އީރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމުގެ ފައިލްތައް ފޮރުވުމުގެ މަސައްކަތް ހަލުވިކޮށްފައި ކަމަށެވެ.
ތެލް އަވީވުގައި ހުންނަ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގައި އިނގިރޭސި ބަހުން ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އީރާނުން ނިއުކްލިއާ މައުލޫމާތު ތެހެރާނުގައި ރައްކާކޮށްފައި ހުރި ތަނުން އިޒްރޭލުގެ ޖާސޫސީ އެޖެންސީން ވަނީ ހުރިހާ މައުލޫމާތު ހޯދައިފައި ކަމަށެވެ. އޭގެ ތެރޭގައި 55،000 ސަފުހާގެ ހެކި އަދި 183 ސީޑީގައިވާ 55،000 ފައިލް ހިމެނޭ ކަމަށް ވިދާޅުވި އެވެ. މި ހުރިހާ އެއްޗިއްސަކީ ވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް "ޕްރޮޖެކްޓް އަމާދު"އާ ގުޅުން ހުރި އެއްޗެހި ކަމަށް ވިދާޅުވި އެވެ.
ނަތަންޔާހޫ ވިދާޅުވީ ނިއުކްލިއާ ޓެސްޓް ކުރުމަށް އީރާނުން ފަސް ތަނެއް ކަނޑައަޅާފައިވާ ކަމަށެވެ. އިޒްރޭލަށް ލިބުނު ފައިލްތައް އެމެރިކާއާ ހިއްސާކޮށްފައިވާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ. އަދި އެ މައުލޫމާތު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަތަންޔާހޫ ދެއްވި ބަޔާނާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ މަހު ކުރީކޮޅު ނެރުނު ރިޕޯޓާ ވަރަށް ބޮޑަށް ފުށުއަރަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އީރާނުން ވަނީ ނިއުކްލިއާ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަކޮށްފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތަންޔާހޫ
01 May 2018
ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެ، 8 އަހަރުތެރޭ އީރާނަށް އަރާ އިރާގަށް ހެދިގޮތަށްހަދާލާނެ!، ފުރަތަމަ، އީރާނުގެ މީހުންލައްވާ އެގައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްދާނެ! މުސްލިމުންނަކީ، ގައުމިއްޔަތެއްނެތް، ނަމެއްގަ މުސްލިމުންކަމުގައި ހެދިގެންއުޅޭ މީހުން
ރަދީފް
01 May 2018
ނަތަންޔާހޫ.ސިއްރުން ކީއްކުރަން ފާޅުގަވެސް މަމެން ނިއުކް އުފައްދާނަން.ކޮންކަމެއް ކުރެވޭނީ ، ނުކުރެވޭނެ އެއްވެސް ކަމެއް.-℗ރަދީފް®-
ސަޅިބައިސާ
01 May 2018
ކޮބާތަ ކަލޭމެން އިރާގަށް އަރާ އެތައް މިލިއަން މުސްލިމުން މަރާފަ ހޯދި މުޅި ދުނިޔެ ފަނާކޮށްލާފަދަ ނިއުކުލިއަރ ބޮންތަކާ ކަނޑުގެ ލޮނުގަނޑު ހިކިހުޔަށް ހަދާލާވަރުގެ ބިޔަ ހަތިއާރުތައް؟ އަނެއްފަހަރު ދައްޖާލު އަނެއްދޮގު ހެދީ. އަނިޔާވެރިކަމާ ދޮގާ މަކަރަކީ ޔަހޫދީން ޢަޤީދާގެ އަސާސްތައް.
ތުޅޮ
01 May 2018
ބަލަ އިޒްރާޢީލުގައި އަދި އެމެރިކާގައިވެސް އެބަހުރިނު.
ފުނަދޫ މީހާ
01 May 2018
އިރާނުން އެމެރިކާ ޑޮލަރު ތެޔޮގަތުމުގައި ބޭނުންކުރުން ހުއްޓާލުމުގެ ނަތީޖާ . އިރާނަށް އަރާ ހަނގުރާމަކުރަނއޖެހުނީ ތި