ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ނޫސްވެރިންނާ އިއްޔެ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
14 ޖޫން 2018 - 11:46
ސީރިޔާގައި އީރާންގެ އަސްކަރީ މަރުކަޒެއް ހެދުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.
އީރާންގެ ރަސްމީ ޓީވީ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ބައްޝާރު ވިދާޅުވި ގޮތުގައި ރަޝިޔާއަކީ ވެސް ސީރިޔާގެ ގާތް އެކުވެރި ގައުމަކަށް ވީ ފަދައިން އީރާނަކީ ވެސް ސީރިޔާގެ ވަރަށް ގައުމެކެވެ. އެހެންކަމުން ރަޝިޔާގެ އަސްކަރީ މަރުކަޒެއް ސީރިޔާގައި ގާއިމުކުރި ފަދައިން އީރާންގެ އަސްކަރީ މަރުކަޒެއް ވެސް ސީރިޔާގައި ގާއިމުކުރެވިދާނެ އެވެ.
ސީރިޔާގައި އީރާންގެ ސިފައިން ހަރަކާތްތެރިވަމުން ދާ ވާހަކަތަކަށް ރައްދު ދެއްވަމުން، ބައްޝާރު ވިދާޅުވީ އީރާންގެ އަސްކަރިއްޔާގެ އެއްވެސް ބަޔަކު ސީރިޔާގައި ނެތް ކަމަށެވެ. ނަމަވެސް ސީރިޔާ ސަރުކާރުގެ ދިފާއުގައި ހަނގުރާމަ ކުރަން އައި އީރާންގެ ވޮލަންޓިއަރުންތަކެއް ސީރިޔާ ސަރުކާރުގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ވޮލަންޓިއަރުންގެ ކޮމާންޑަރުންގެ ގޮތުގައި އީރާންގެ އަސްކަރިއްޔާގެ މަދު އޮފިސަރުންތަކެއް އެބަ ތިބި ކަމަށް ވެސް ބައްޝާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސީރިޔާ ސަރުކާރުގެ ސިފައިންނަށް އެހީތެރިކަމާއި މަދަދު ލިބެނީ ހަމައެކަނި އީރާނަކުން ނޫނެވެ. އޭގެ އިތުރުން އިރާގާއި ލުބްނާނުން ވެސް އަސްކަރީ އެހީތެރިކަން ލިބޭ ކަމަށް ބައްޝާރު ވިދާޅުވި އެވެ. އަދި މިހާރު ސީރިޔާގައި ތިބި ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން އެނބުރި ލުބްނާނަށް ދާނެތޯ ސުވާލު ކުރުމުން ބައްޝާރު ވިދާޅުވީ، ސީރިޔާގައި ތިބި ޓެރަރިސްޓުންގެ މައްޗަށް ކާމިޔާބު ހޯދިއްޖެ ކަން އީރާނަށާއި ހިޒްބުﷲ އަށް ކަށަވަރު ވަންދެން، އެމީހުން ސީރިޔާގައި ތިބޭނެ ކަމަށެވެ.
"ހިޒްބުﷲ އަކީ މި ހަނގުރާމައިގެ ވަރަށް މުހިންމު އަސާސީ ބަހާއެއް. މިއީ ދިގުދެމިގެންވާ ހަނގުރާމައެއް. އެހެންވީމާ، ހިޒްބުﷲ ފަދަ ވަރުގަދަ އަސްކަރީ ބާރަކަށް ދިގު މުއްދަތަކަށް ބޭނުންވޭ،" ބައްޝާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާ ރަޝިޔާ އާއި އީރާނާއި ހިޒްބުﷲގެ ހަނގުރާމަވެރިންނަކީ ސީރިޔާ ސަރުކާރުގެ ދައުވަތަކަށް އެ ގައުމަށް އައިސް ތިބި ބައެއް ކަމަށެވެ. ނަމަވެސް ސީރިޔާ އަށް އަރައިގެން އުޅޭ އެމެރިކާ، ފަރަންސޭސި ވިލާތް އަދި ތުރުކީ ވިލާތާއި އިޒްރޭލުގެ ސިފައިންނަކީ އިސްތިއުމާރީ ބާރުތަކެއް ކަމަށް ވެސް ބައްޝާރު ވިދާޅުވި އެވެ.
ބައްޝާރު ވިދާޅުވީ ސިރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅަނީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކުންނެވެ. ނަމަވެސް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތް ނުހުއްޓާނެ ކަމަށް ވެސް ބައްޝާރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
15 June 2018
މިނޫނީ ޒަޔަނިސްޓުންނާއި ހުޅަނގުގެ އަނިޔާވެރިކަމުގެ ކުރިމަތީ ހިތްވަރާއެކު ހިފަހައްޓާލެވުނު ވެރިއެއް ނެތް. މިއީ އަސްލު އިސްލާމީ ވެރިންނަކީ. ބައްޝާރަށް ﷲ ހެއުރަޙުމަތް ލައްވާށި.
ހޮޓްކިންގ
14 June 2018
މަގޭ ސަޕޯޓް ދުވަހަކުވެސް ޒަޔަނިސްޓް އެމެރިކާއަށާއި އިޒްރޭލަށް އަދި އެއިން ގައުމަކަށް ވާގިވެރިވާ ބަޔަކަށްވެސްނެއް. ސީރިޔާ ސަރުކާރަށް ހިފެހެއްޓުމެއް ނެތި ތާއީދު ކުރަން.
ލަޔޮނެލް
14 June 2018
މިގަރުނުގެ އެންމެ ހިއްވަރުގަދަ އެއްވެރިޔާ. އެމެރިކާއަށް ޒައެނިސްޓުންނަކަށް އަމާނެއް ނުދޭ.
ޚިޔާލެއް
14 June 2018
ވިލާތާއި އެމެރިކާގެ ނުބައިކަން. ސައޫދީއާއި ތުރުކީގެ ވާހަކަ ބައްޝާރު ވިދާޅެއް ނުވެއެވެ.
ބައްޝާރުގެ އަންހެނުންގެ ކޮށްކޮ
14 June 2018
ބައްޝާރު އެވަގުތު ހަނދާންނެތުނީ އަލްސޫދިއްޔާގެ ވާހަކާއާއި ފީ ޔަހޫދީނިއްޔާގެ ވާހަކަ ދައްކަން...ދެން އޮންނަ ޓީ ވީ އިންތަވިއު ގައި ދަންކާނޫސް