މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު. --ފޮޓޯ:އޭއެފްޕީ
16 އޯގަސްޓް 2018 - 16:17
ކުއާލަ ލަމްޕޫރު (އޮގަސްޓް 16) - ޗައިނާގެ އެހީގައި މެލޭޝިއާގެ ކުރީގެ ސަރުކާރުން ގާއިމްކޮށްފައިވާ މެގަ-ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން އަލުން މަޝްވަރާ ކުރުމަށް ބޮޑު ވަޒީރު މަހާތިރު މުހައްމަދު މާދަމާ ޗައިނާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިދިޔަ މެއި މަހު މެލޭޝިއާގެ ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވި އުމުރުން 93 އަހަރުގެ މަހާތިރުގެ ސަރުކާރުން ދަނީ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި ޗައިނާގެ އެހީގައި ގާއިމްކޮށްފައި ބައެއް މަޝްރޫއުތައް ސަސްޕެންޑް ކުރަމުންނެވެ. މަހާތިރުގެ ސަރުކާރުން ހުއްޓުވި ޕްރޮޖެކްޓްތަކުގެ އަގު 22 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރޭގައި ރެއިލް ލިންކުގެ ޕްރޮޖެކްޓް ވެސް ހިމެނެ އެވެ.
ނަޖީބުގެ ނުވަ އަހަރުގެ ވެރިކަމުގައި އަޑި ނޭނގޭ ޕްރޮޖެކްޓްތައް ޗައިނާއާ އެކު ފަށާފައި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
"ކުރީގެ ސަރުކާރުން ކޮށްފައި ހުރި ކަންކަން ބަލަމުން މިގެންދަނީ،" މަހާތިރު ވިދާޅުވި އެވެ.
މަހާތިރުގެ ދަތުރުގައި ގުއަންޒޫ އާއި ބެއިޖިން އަށް ވަޑައިގަންނަވާނެ އެވެ. އަދި ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެފުއުޖީ
17 August 2018
ވަރަށް ވެސް ރަނގަޅު ކަމެއް. މަމެން ވެސް މިކަންކުރަންވާނެ. ހާދަ ބޮޑު ގެއްލުމެކޭ މިވަނީ
ހަސަންމާހިރު
16 August 2018
ހަމަ އެއްތާކު މި ޖެހެނީ!
ބަބުރު
16 August 2018
ސަހަރޯ މިވީކިހިނަކުން...
ޝޮކްތެރަޕީ
16 August 2018
ހުރިހާއެމްމެން ޗައިނާ ޗައިނާ.
ސައިނީ
16 August 2018
ވެރިކަމަށް އައިސް ފުރަތަމަ ޗައިނާގެ ޕްރެޖެޓްތައް ހުއްޓުވީ ދެން ޗައިނާ އަށް ދަނީ މެގަ ޕްރޮޖެކްޓް ހޯދަން މިވެސް ދިވެހިން ވަރަށް އަވަހަށް ދެކޭނެ ކަންކަން
ބޮލުރޮދީސް
16 August 2018
ލީޔެފަ އީން އެތީ ރަނގަޅައް ކީޔާބަލަ އާޓީކަލްއީން.. ޗައީނާ އައް ދަނީ މަޑުޖައްސާފައީވާ މަޝްރޫއުތައް ރީނެގޯޝީއޭޓު ކުރަން.. އެއީ އެމަޝްރޫތަކުގައީ ގައުމައް މައީދާނުހުންނަ ގޮތައް ބަޔެއް ކަންކަން ނަޖީބުރައްޒާގުގެ ކަރަޕްޝަން ސަރުކާރުން ހީމަނާފަވާތީ..