އެރިޒޯނާ ހޮސްޕިޓަލްގެ މާބަނޑު ނަރުހުން ނޫސްވެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ:ބެނާ ހެލްތު
19 އޯގަސްޓް 2018 - 12:46
އެރިޒޯނާ (އޮގަސްޓް 19) - އެމެރިކާގެ އެރިޒޯނާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި މަސައްކަތް ކުރާ 16 ނަރުހުން އެއް ފަހަރާ ބަލިވެ އިނުމުން ހޮސްޕިޓަލްގެ މަސައްކަތަށް ކުޑަ ބުރުލެއް އަރައިފި އެވެ.
އެއީ އެ ހޮސްޕިޓަލްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި މަސައްކަތް ކުރާ ނަރުހުންގެ 10 ޕަސެންޓެވެ. ބައެއް ނަރުހުން ބުނީ ހޮސްޕިޓަލްގެ ނަރުހުންގެ ޕްރެގްނެންސީ ރޭޓް މަތިކަން ޕޭޝަންޓުންނަށް ވެސް ފާހަގަވެފައިވާ ކަމަށެވެ.
ނަރުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެއް ނަރުހަކު މަޖަލަކަށް ބުނީ އެންމެންނަށް މި ފަހަރު ކްރިސްމަސް އަށް ބޮޑު ޗުއްޓީއެއް ލިބޭނެ ކަމަށެވެ. ނަރުހުންގެ ގްރޫޕުގެ ފުރަތަމަ ނަރުސް ވިހާނީ ސެޕްޓެމްބަރު މަހު އެވެ. އެންމެ ފަހު ނަރުސް ވިހާނީ ޖެނުއަރީގަ އެވެ.
ބަލިވެއިން ނަރުހުންގެ ގްރޫޕުގައި ހިމެނޭ ރޮޗެލް ޝާމަން ބުނީ އެއް ފަހަރާ އެހާ ގިނަ ނަރުހުން ބަލިވެއިންކަން ކުރިން ނޭނގޭ ކަމަށާއި ނަމަވެސް ފަހުން ފޭސްބުކް ގްރޫޕެއް ހަދާފައިވާ ކަމަށެވެ. އެހެން ނަރުހަކު ވަނީ މާބަނޑު ނަރުހުންނަށް ނުކުރެވޭ މަސައްކަތްތަކާ ހަވާލުވި އެހެން ސްޓާފުންނަށް ޝުކުރު އަދާކޮށްފަ އެވެ. އޭގެ ތެރޭގައި ގައިންގައިން އަރާ ބަލިތަކުގެ މީހުންނަށް ފަރުވާ ދިނުން ހިމެނެ އެވެ. އަދި އެ މީހުންނަށް ބައެއް މަސައްކަތް ނުކުރެވުނު ނަމަވެސް މާބޮޑު ދައްޗަކަށް ނުވާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުންޏެވެ.
ހުރިހާ ނަރުހުންގެ ބޭބީ ޝަވާ މި ހަފުތާގައި އޮންނާނެ އެވެ. އޭގެ ފަހުން ވިހެއުމަށް ދޭ 12 ހަފުތާގެ ޗުއްޓީ އަށް ނަރުހުން ދާން ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުނާ
19 August 2018
ދިވެހިރާއްޖޭގެ ރައީސް ޔާމީން ހެޔޮފުޅުކަމުން ހުރިހާ ނަރުހުން ދުނިއުމުރަށް ޗުއްޓީ ދީފި.....ދެން އަތްޖަހާ.......
އިބްރާހީމު!
19 August 2018
އަނެއްކާ އެކަކަށްބާ! ޑޮކްޓަރަކަށްބާ!