އީރާނުގެ ޑިފެންސް މިނިސްޓަރު އާމިރު ޚާތަމީ.
23 އޯގަސްޓް 2018 - 14:28
ތެހެރާން (އޮގަސްޓް 23) - މުސްލިމް ގައުމުތައް އެކަތިގަނޑަކަށް ވެގެން އުޅުމަކީ އެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލް ބޭނުންވާނެ ގޮތް ނޫން ކަމަށް އީރާނުގެ ޑިފެންސް މިނިސްޓަރު އާމިރު ހާތަމީ ވިދާޅުވެއްޖެ އެވެ.
"ދެ ގައުމަށް އެނގޭ މުސްލިމް ގައުމުތަކުގެ ބޭނުމަކީ ޒަޔަނިސްޓް ދައުލަތް ނައްތާލައި ފަލަސްތީން ދިފާއު ކުރުންކަން،" އީރާނުގެ ނިއުސް އެޖެންސީއަކަށް އާމިރު ހާތަމީ ވިދާޅުވި އެވެ.
އީރާނުން ހަނގުރާމަ މަތީ އާ ބޯޓެއް ދައްކާލައި މިސައިލް ޑިފެންސް ނިޒާމް ވަރުގަދަ ކުރާކަން އިއުލާން ކުރައްވަމުން ހާތަމީ ވިދާޅުވީ "އަރަބި ނޭޓޯ"އެއް އުފެއްދުމަކީ އެމެރިކާގެ ޚިޔާލެއް ކަމަށެވެ. އަދި އޭގެ ބޭނުމަކީ މުސްލިމް ގައުމުތައް އެކަތިގަނޑަކަށް ހެދުން ނޫން ކަމަށާއި ބޭނުމަކީ އެމެރިކާގެ ހަތިޔާރު ވިއްކާނެ ގޮތެއް ހޯދުން ކަމަށެވެ.
އީރާނުގެ އަސްކަރީ ގާބިލްކަން އިތުރު ކުރަނީ އެމެރިކާ އާއި އިޒްރޭލުން ދައްކާ ބިރުތަކަށް ރައްދުދެވޭނެ ވަރުގެ ގާބިލްކަން ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ގޮތުން އެންމެ އިސްކަން ދެނީ މިސައިލް ދިފާއީ ނިޒާމު ވަރުގަދަ ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
އީރާނާ ދެކޮޅުވެރި ސައުދީ އަށް އިޝާރާތް ކުރައްވާ ހާތަމީ ވިދާޅުވީ އެމެރިކާ އާއި ޗައިނާ ނެގުމަށް ފަހު ދުނިޔޭގައި އެންމެ ބޮޑު އަސްކަރީ ބަޖެޓެއް އޮތީ ސައުދީގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންނާނު
23 August 2018
ސަޢުދިޢަރަބިއާގެ ޝާހީ ވެރިކަން ދިފާޢު ކުރުމަށް އެމެރިކާ އާއި ބައިޢަތު ހިފައިގެން އުޅޭއުޅުން ނިމުމަކަށް ގެންނަން ޖެހޭ. ބަރަކާތްތެރި ރަމަޟާންމަހު އަވަށްޓެރި މުސްލިމް ޤަތަރާއި ގުޅުން ކަނޑާލި ބަޔަކު އިސްލާމީ އުއްމަތަށް ކޮންމެ ފަދަ ކެއްސެއްވެސް ދީފާނެ.
ޑިވައިޑް
23 August 2018
އަދި އިނގިރޭސިވިލާތް ވެސް ނޭދޭ މުސްލިމުން އެއްބައިވާކަށް. އެމީހުންގެ ސިޔާސަތަކީ ވެސް ބައިބައި ކުރުން.