މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ. --ފޮޓޯ:އޭއެފްޕީ
30 އޯގަސްޓް 2018 - 13:56
އޮސްލޯ (އޮގަސްޓް 30) - ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން ކުރި އަނިޔާގެ ޒިންމާ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އުފުއްލަވަން ޖެހޭ ކަމަށް އދ.ގެ ރިޕޯޓުގައި ބުނި ނަމަވެސް އެކަމަނާ އަށް ދީފައިވާ ނޯބެލް ސުލްހައިގެ އިނާމު އަތުލުމުގެ ވިސްނުމެއް ނެތް ކަމަށް ނޯވޭގެ ނޯބެލް އިންސްޓިޓިއުޓުން ބުނެފި އެވެ.
ނޯބެލް ކޮމިޓީގެ ޑިރެކްޓަރު އޮލާވް އެންޖޮލްސްޓެޑް ވިދާޅުވީ ނޯބެލް އިނާމު ދެނީ ފިޒިކްސް، ލިޓަރޭޗާ ނުވަތަ ސުލްހައިގެ ދާއިރާ އިން އެކަށީގެންވާ މަސައްކަތް ކޮށްފައިވާ މީހުންގެ އަގު ވަޒަން ކުރަން ކަމަށެވެ.
"އަން ސަން ސޫކީ އަށް 1991 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ދީފައި ވަނީ ޑިމޮކްރެސީ އަށް އެކަމަނާ ކުރެއްވި މަސައްކަތަށް. އިނާމު އަނބުރާ އަތުލުމަކީ ނޯބެލް އިނާމުގެ ގަވާއިދުގައި ހުއްދަ ކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ނޯބެލް ކޮމިޓީގައި ހިމެނެނީ ނޯވޭގެ ތަޖްރިބާކާރު ފަސް ބޭފުޅުންނެވެ.
ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން އަނިޔާ ކުރަމުން ދިޔަ އިރު ސޫކީ ހިމޭނުން ހުންނެވުމުން އެކަމަނާ އަށް މިދިޔަ އަހަރު ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި އެވެ. އަދި ބައެއް މީހުން ވަނީ ނޯބެލް ސުލްހައިގެ އިނާމު އެކަމަނާގެ އަތުން އަތުލުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ
31 August 2018
ކާފަރުންނެއް ދުވަހަކުވެސް މުސްލިމުންނަކަށް ފަދާވާނެގޮތަކަށް ކަންކަމެއް ފަހިމުކޮށްދެނެ.......ސުލްހައިގެ އިނާމު ހޯދާފަ ދެންހެޔޮދޯ ނަސްލެއްނައްތާލާއިރުވެސް އަގައިން ނުބުނެހުންނަން
ފުންއަސަރު
30 August 2018
ތީގެންވެސް އެނގިގެންދަނީ ނޯވޭގެ ނޯބެލް އިންސްޓިޓިއުޓު އަކީ މިހާރުވެސް ފޭލްވެފާވާ ތަނެއްކަން. އަދި ތިއީ އެފަދަ އިނާމެއް ދޭން އިސްވެ ތިބޭވަރުގެ ގާބިލްކަމެއް ހުރި ބައެއް ނޫންކަން. ކަޑަ ކަޑަ.
ސަބާހު
30 August 2018
ތީ ވަރަށް ހެއްވާކަމެއް.