އިންޑިއާ އިން ގަންނަން އުޅެނީ ރަޝިޔާގައި އުފައްދާ އެސް-400 މިސައިލް ސިސްޓަމެއް. --ފޮޓޯ:ރޮއިޓާސް
31 އޯގަސްޓް 2018 - 12:30
ވޮޝިންޓަން (އޮގަސްޓް 31) - ރަޝިޔާ އިން ހަތިޔާރާއި ޑިފެންސް ސިސްޓަމްތައް ގަންނަ ނަމަ ދަތި ކުރުމުގެ ފިޔަވަޅުތަކުން އިންޑިއާ ސަލާމަތްވާނެ ކަމުގެ ގެރެންޓީ ނުދެވޭނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ޕެންޓަގަންގެ އޭޝިއާ އޮފިޝަލް ރަންޑާލް ޝްރައިވާ ވިދާޅުވީ އިންޑިއާ ހިމާޔަތް ކުރަން އެމެރިކާ އިން މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް އެ ގުޅުން ހީނަރުވެގެން ދާނީ ރަޝިޔާ އިން ހަތިޔާރު ގަންނަ ނަމަ ކަމަށެވެ.
"ރަޝިޔާގެ ހަތިޔާރު ހޯދަން އިންޑިއާ އިން އުޅުމަކީ އެމެރިކާ ވަރަށް ކަންބޮޑުވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ޔޫކްރޭނުގެ ކްރައިމިއާ އަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން އެމެރިކާ އިން ވަނީ މޮސްކޯއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި ރަޝިޔާ އިން ހަތިޔާރު ގަންނަ ގައުމުތަކާ ދެކޮޅަށް ވެސް އެމެރިކާ އިން ފިޔަވަޅު އެޅުން ހިމެނެ އެވެ.
އިންޑިއާ އިން ދަނީ ރަޝިޔާގެ އެސް-400 ދިގު ރާސްތާ މިސައިލް ސިސްޓަމެއް ގަތުމަށް މަސައްކަތް ކުރަމުންނެވެ. މި ސިސްޓަމުގެ އަގު 60 ބިލިއަން ޑޮލަރަށް އަރަ އެވެ. އިންޑިއާގެ އިތުރުން ޗައިނާ، ތުރުކީ، ސައުދީ އަދި ގަތަރުން ވެސް ވަނީ ރަޝިޔާގެ ސިސްޓަމް ގަނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސި
31 August 2018
އެމެރިކާހުއްޓުވަން ޔާމީނަށް ވޯޓް ދެއްވާ. ﷲ ގެ ވާގިފުޅުން ﷲ އަށް ބިރުވެރިވާހާލު ދުޢާ ދަންވައިފިނަމަ އެމެރިކާ ކީއްކުރަން ކޮންމެ ކަމެއްވެސް ވެދާނެ
ޝޮކްތެރަޕީ
31 August 2018
ޑޮލަރު ވައްޓަލާ ވަރުގެ ފައިސާއެއް އުފައްދަންވެއްޖެނުން.
ފަޒާ
31 August 2018
އިންޑިއާ އަށް ވިސްނިއްޖެ. ޢަދިވެސް ފުއްޕާތި
falaku ain
31 August 2018
ހިސާބު ރަނގަޅެއްނޫން. އޭގެ ސިސްޓަމެއްގެ އަގު ނާރާނެ 18 ބިލިއަންޑޮލަރަށް. ގިނަ ސިސްޓަމް ގަންނަނީ ތޯއްޗެއް. އެމެރިކާއަށްވުރެ އިންޑިޔާގެ ދެރައެއްނުވާނެ ދިފާއުވާން. ނިއުކްލިއަރ، މިސައިލް، މަތިންދާ ބޯޓު އަމިއްލައަށް އުފައްދާ. މިހާރު އެއަރކްރާފްޓް ކެރިއަރެއްވެސް އެދަނީ ބަންނަމުން. ޑަރުނެހީ.
އިންދިޔާ ޕަޕެޓް ފަލަކް އައިން.
01 September 2018
މީ އިންޑިޔާަފެ ޕަޕެޓެއް ދޯ!
ޕޮކަންޑި
31 August 2018
އަޅެ މި އެމެރިކާ ސައިޒުކުރަން ވެއްޖެ މިހާރު މުޅިދުނިޔެ ނިކުމެ
ގދދފ
31 August 2018
މި ރާއްޖެ ނުކުމެ އެބަޖެހޭ މިއުޅޭ އިދިކޮޅު ހުއްޓުވަންވެސް ޔާމީނަށް ވޯޓްދީގެން