ސައުދީ ރަސްގެފާން ސަލްމާން (ވ) އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން. --ފޮޓޯ:އޭޕީ
05 ސެޕްޓެމްބަރ 2018 - 14:11
ލަންޑަން (ސެޕްޓެމްބަރު 5) - ޔަމަނަށް ދޭ ހަމަލާގެ ޒިންމާ ސައުދީ ޝާހީ އާއިލާގެ އެންމެންގެ ބޮލުގައި ނޭޅުވޭނެ ކަމަށާއި އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ސައުދީ ޝާހީ އާއިލާގެ މެންބަރަކު ވިދާޅުވެއްޖެ އެވެ.
ލަންޑަނުގައި ސައުދީ ޝާހީ އާއިލާއާ ދެކޮޅަށް ބަޔަކު ކުރި އިހްތިޖާޖެއްގެ ތެރޭން، ރަސްގެފާން ސަލްމާންގެ ކޮއްކޮއެއް ކަމަށްވާ ޕްރިންސް އަހުމަދު ބިން އަބްދުލް އަޒީޒް ވިދާޅުވީ ޔަމަނަށް ދޭ ހަމަލާގެ ޒިންމާ މުޅި ޝާހީ އާއިލާގެ ބޮލުގައި ނޭޅުވޭނެ ކަމަށެވެ.
"އެކަމުގައި ޒިންމާވާން ޖެހޭ ވަކި ބަޔަކު އެބަތިބި. މުޅި ޝާހީ އާއިލާގެ ބޮލުގައި އެކަން ނާޅުވާ،" ޕްރިންސް ވިދާޅުވި އެވެ. "އުއްމީދަކީ ޔަމަނާއި އެހެން ހިސާބުތަކުގައި ވެސް ހިނގާ ހަނގުރާމަ ވީހާވެސް އަވަހަކަށް ނިމުން."
ޒިންމާވާން ޖެހޭ ވަކިވަކި މީހުންނަކީ ކޮބައިތޯ އިހްތިޖާޖް ކުރި މީހުން ޕްރިންސްއާ ސުވާލު ކުރުމުން ވިދާޅުވީ އެއީ ރަސްގެފާނާއި ވަލީ އަހުދު ކަމަށެވެ.
ސައުދީ އިސްކޮށް ހަރަކާތްތެރިވާ ކޯލިޝަނުން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހަމަލާ ދޭން ފަށާފައި ވަނީ މާޗް 2015 ގަ އެވެ. އޭގެ ފަހުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
06 September 2018
ކޮންމެހެން މަތި އޮމާންކުރާނެކަމެއްނެތެވެ. ތިޔައީ ޝާހީ އާއިލާއޭކިޔާގެން މާ ބޮޑު އޮޅުވުމެއްއޮޅުވާނެކަމެއްނެތެވެ. ތިޔައީ ސަހަރާގެތެރެއިން އައިސްއުޅޭ ހަގުރާމަ ބައިގަޑެކެވެ، ވައްތަރީ ޔަހީދީންނާއެވެ. އަސްލުސިފަ މިހާރު ދައްކާލާފީމުތާއެވެ. ތިޔައީ އެކަށްޗެކެވެ. މިހާރުދުނިޔޭގައި ތިބި ގިނަވެރިންނަކީ އަސްލު ސިފަޔާގެން ކުރިޔަށްދާވެރިންނެވެ. މިގޮތުން ޓްރަމްޕް ސައުދީ ރަސްގެފާނު އަދި މުހައްމަދު އަދި ދިވެހިރާއްޖެއިން ޔާމިން ފާހަގަކޮށްލެވެއެވެ.
ސަހާން
06 September 2018
ސައުދީގެ އަނިޔާވެރި ވެރީން ހައްޔަރުކޮއް ހައްގު އަދަބުދެވޭނެ ދުވަހެއްގެ އިންތިޒާރުގާ އެބަހުރީން..
ށަނަދު
05 September 2018
ޢަހަންނަކީ ޕިރިންސެއް. ބޭބެ ކުރާ ކަންތަކާ މަސަކާ ބެހޭ ކަމެއްނޫން. އަހަރެން ކުރާ ހާވެސް ކަމަކީ ރައްޔިތުންގެ ފައިސާ ކައިކައިފަ ސީ ލުން.
ބަލްރޯގް
05 September 2018
ސަލްމާން ވެރިކަމަށް އައިސް ވަލީ އަހުދު ބަދަލުކޮށް އެމްބީއެސް އަށް ވަލީ އަހުދު ކަން ދިން ހިސާބުން އާލު ސުއޫދުންގެ މެދުގައިވަނީ ވަރަށް މައްސަލަ ބޮޑުވެފާ.