ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓް: މަސްތުވާތަކެއްޗާ ދެކޮޅަށް ވަނީ ހަނގުރާމަ އިއުލާން ކުރައްވާފައި. --ފޮޓޯ:އޭޕީ
07 އޯގަސްޓް 2016 - 14:26
މެނީލާ (އޮގަސްޓް 7) - މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅިފައިވާ ފިލިޕީންސް ސަރުކާރުގެ 150 ވަރަކަށް މީހުންގެ ނަން އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓު މިއަދު އާއްމުކޮށްފި އެވެ.
ފިލިޕީންސްގެ ދެކުނުގެ ޑަވާއޯ ސިޓީގައި ވާހަކަ ދައްކަވަމުން ޑުޓާޓް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި ސަރުކާރުގެ އޮފިޝަލުންނާއި ފަނޑިޔާރުންނާއި ކޮންގްރެސްގެ މެންބަރުންނާ އަދި ފުލުސް އޮފިސަރުން ވެސް ހިމެނޭ ކަމަށެވެ. މި ވިޔަފާރީގައި ސިޔާސީ ދާއިރާގެ 30 މީހަކު ވެސް ހިމެނެ އެވެ.
މިދިޔަ ޖޫން މަހު ފަހުކޮޅު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑުޓާޓް ވަނީ ގައުމުން ކުށް މަދުކުރުމުގެ ބޮޑު އެޖެންޑާއެއް އެކުލަވާލައްވައިފަ އެވެ. އޭގެ ތެރޭގައި ޑްރަގުގެ ވިޔަފާރި ހުއްޓުވުން ހިމެނެ އެވެ. ޑުޓާޓް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ ލިސްޓު އެކުލަވާލީ އެކަމަށްޓަކައި އެކުލަވާލި ފުލުހުންނާއި ސިފައިންގެ ޓާސްކް ފޯހަކުން ވަރަށް ރަނގަޅަށް ޗެކްކުރުމަށް ފަހު ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ބައިވެރިވި ހުރިހާ ފުލުހުން މިހާރު ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅިފައިވާ ފަރާތްތަކުގެ ތެރޭގައި ހަތް ފަނޑިޔާރުން ވެސް ހިމެނެ އެވެ. މި އެންމެންނަށް ދީފައިވާ ސެކިއުރިޓީ ހުއްޓާލުމަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.
ޑުޓާޓް ވިދާޅުވީ ތުހުމަތު ކުރެވުނު އެންމެންނަށް ވެސް ކުށުން ބަރީއަވުމަށް ހަމަހަމަ ފުރުސަތު ދޭނެ ކަމަށެވެ. އަދި މީގެ ތެރޭގައި އޭނާގެ ގާތް ރަހުމަތްތެރިން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. ޑުޓާޓް އަދި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅިފައިވާ 600،000 މީހުން އެބަތިބި ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ މީހުން ގަޔަށް ބަޑި ޖެހުމަށް އަމުރުކޮށްފައިވާ މައްސަލާގައި ފާޑުކިޔާ ފަރާތްތަކަށް ވެސް ޑުޓާޓް ވަނީ ރައްދުދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އަޅާ ފިޔަވަޅުތަކަކީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކާ ބެހޭ ކަމެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝީޔާމް
07 August 2016
ދިވެހިރާއްޖޭގެ ޑުޓަޓޭ އަކީ އުމަރު!
ޒަންޖަބީލު
07 August 2016
21 ވަނަ ގަރުނުގެ ގަޓުހުރި ރައީސެކޭ ބުނެވޭނީ މިކަހަލަ ރައީސުންނަށް.. މިފަދަ ވާހަކަ ދައްކާ ފަރާތްތަކާމެދު އަބުރުގެ ދައުވާ ކުރަން ދުވާނީ 21 ވަނަ ގަރުނުގެ ފިނޑިން.. ދުތާރޓޭ ވެރިކަމަށް އައުމުގެ ކުރިންވެސް ދެއްކެވި ވާހަކަ މީ.. ޑްރަގު ވިޔަފާރިކުރާ މީހުންގަޔަށް ބަޑިޖެހުމާއި އަދި މިކަމާއި ގުޅިފައިވާ ދައުލަތުގެ އެކިއެކިފަރާތްތަށް ހައްޔަރު ކުރުމަކީ އޭނާގެ ރިޔާސީ ވައުދެއް.. ވެރިކަމަށް ވަޑައިގަތްތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެވައުދު ފުއްދީ އޭނާގެ އެކުވެރިންވެސް ހިމޭނޭގޮތަށް މޫނަށް ކަނދުރާއްކަށް ބެލުމެއްނެތި.. ގަޓު ހެސްކިޔާފަ.. އަޅަމެންގެ ރާއްޖެއަށްވެސް މިފަދަ ގަޓު ރަައީސެއް މިންވަރު ކުރައްވާފާނދޭވެ.. އާމީން
އުމަރު
07 August 2016
މިއީ ވަރުގަދަ ރައީސެއް، މިކަހަލަ ގޮތަކަށް މިކަން ހުއްޓުވޭނީ، އެކަމަކު 6 ލައްކަ މީހުންގެ ޑްރަގުގެ މައްސަލަ ހައްލުކުރަން ދުވަސްތަކެއް ނަގާނެ، ތިޔައީ ހަމަ ބޮޑު ހަނގުރާމައެއް
ރަށުމީހާ
07 August 2016
ނަޝީދުވެސް ތިޔަފަދަ ލިސްޓެއްހެއް ހެއްދެވި ޕޮލިހުން އެމީހުން އަތުލައިގަނެގެން ކޯޓައް ގެންދިޔައީމަ ވީގޮތް އެއްމެނައްވެސް އިނގޭނު އެމީހުންގެ ވިޔަފާރި ވީ ފުޅާ
ވަސީމު
07 August 2016
ދެން ނަސީދު އެ ލިސްޓު ހާމަ ނުކުރީ އޯ، އެވާހަކަ ނުދައްކާ ދޯ؟ ބަލަ މީނަ އެ އޮތީ އަމިއްލަ ފުޅައް ނަންތައް އާއްމު ކުރައްވާފައޭ.
ވަސީމު
07 August 2016
މީ ގައުމައް، ރައްޔަތުންނައް ހެޔޮއެދޭ ރައީސް އެއް. ދުތަރޓޭ ޒިންދާބާދު.
ލޮލް
07 August 2016
ރާޢްޖޭގެ ތި މީހުންތިބީ ވެރިކަމުގަ ނުވަތަ ވެރިންގެ ނިވަލުގަ، ޖުޑިސަރީ ހަބޭސް، އެމްއެންޑީއެފް، ޕޮލިސް ހަބޭސް.
ރަދީފް
07 August 2016
ސާބަހޭ ރައީސް ރޮޑްރިގޯ ޑުޓާޓު.ދިވެހިރާއްޖޭގަ އަބުރުގެ ދައުވާ ކުރާނެ ތިޔަބާވަތުގެ ވާހަކައެއް .ދައްކައިފިނަމަ.ތި ގައުމުގަ އަބުރުގެ ބިލް އޮންނަނީ ކިހިނެތްތޯ.
އެންޓޯނިއޯ
07 August 2016
ދިވެހިރާއްޖޭގައިވެސް މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުންވެސް އޮތީ ފިލިޕިންސްގައިވެސް އޮތްގޮތައް. ތަފާތަކީ ދިވެހިރާޢްޖޭގައި ނުފޫޒާއި ބާރުގަދ މީހުން ކުރާ މިޒާތުގެ ކަންތައްތައް ހުއްޓުވުމަށް ރާއްޖޭގެ އެއްވެސް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަން. ފިލިޕިން ގެ ރައީސް އެޅުއްވި ހިތްވަރުގަދަ ފިޔަވަޅަށް އައްސަރިބަހާއި ސާބަސް ދަންނަވަން . ދިވެހިރާއްޖެއަށްވެސް ބޭނުންވަނީ އެފަދަ ވެރިއެއް. ނަމަވެސް ހިތާމަޔާއެކު ދަންނަވަންޖެހެނީ އެފަދަ ވެރިޔެއް އަޅުގަނޑުމެންނަކަށް ނުލިބޭނެކަން. ކޮންމެ ޕާރޓީއަކުންވެސް ރައްޔިތުންގެ ހައްގުގައި ވާހަކަދައްކާނީ ވެރިކަން ނުލިބޭއިރު. ވެރިކަން ލިބުނީމައި ދެއްކި ހުރިހާ ވާހަކައެއް ހަނދާންނެތޭނެ .
3399
07 August 2016
މީ ހަމަ އައުޓްސްޓޭންޑިންގ ރައީސެއް. ކެރެންވާނެ މިހެން.