ސައުދީ ފްލައިޓްގައި މީހަކު ވިއްސި ޑޮކްޓަރު (ވ-2) ބޯޓުގެ ކްރޫންނާ އަދި އަންހެން މީހާއާ އޭނާގެ ދަރިފުޅާ އެކު.
17 ސެޕްޓެމްބަރ 2018 - 16:46
ރިޔާޒް (ސެޕްޓެމްބަރު 17) - ފިލިޕީންސަށް ދަތުރު ކުރި ސައުދީ އަރަބިއާގެ މަތިންދާ ބޯޓެއްގައި މީހަކު ވިހައިފި އެވެ.
އަންހެން މީހާ ވިއްސާފައި ވަނީ ބޯޓުން ދަތުރު ކުރި ގައިނެކޮލޮޖީ ކޮންސަލްޓެންޓެކެވެ. މަންމަ އާއި ދަރިފުޅުގެ ހާލު ރަނގަޅެވެ.
ފިލިޕީންސަށް ދަތުރު ކުރި ސައުދިއާގެ ބޯޓުގައި އިން މާބަނޑު މީހެއްގެ ބަނޑުގައި ރިހެން ފެށުމުން އިމަޖެންސީގައި ބޯޓު ޖެއްސެން ނެތުމާ އެކު ކެބިން ކްރޫން ވަނީ އެހީއަށް އެދިފަ އެވެ. އެ ވަގުތު ބޯޓުގައި އިން ފިލިޕީންސްގެ ޑޮކްޓަރު ވަނީ އެހީތެރިވެދީފަ އެވެ.
ޑޮކްޓަރު ބުނީ ބޯޓު ޖައްސަންދެން ޑެލިވަރީ ލަސްކުރެވޭތޯ ބެލި ކަމަށާއި ނަމަވެސް ލަސްކޮށްފި ނަމަ މަންމަ އާއި ދަރިފުޅަށް ނުރައްކަލެއް ލިބިދާނެތީ ބޯޓުގައި ހުރި ވަސީލަތްތަކުގެ އެހީގައި ވިއްސީ ކަމަށެވެ. ބޯޓުގައި އިން އެ ޑޮކްޓަރު މަސައްކަތް ކުރަނީ ރިޔާޒުގައި ހުންނަ ހޮސްޕިޓަލެއްގަ އެވެ.
މިފަދަ އެހެން ހާދިސާއެއްގައި އެޕްރީލް 23 ވަނަ ދުވަހު ވެސް ވަނީ ޖިއްދާ އިން މިސްރުގެ ގާހިރާ އަށް ދަތުރުކުރި ސައުދީ ބޯޓެއްގައި މީހަކު ވިހައިފަ އެވެ. އެފަހަރު ވެސް އަންހެން މީހާ ވިއްސާފައި ވަނީ ބޯޓުގައި އިން ސައުދީ ޑޮކްޓަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
17 September 2018
ސައުދީ ބޯޓުތައް ދަތުރުކުރަނީ އަބަދުވެސް ގައިނީއެއް ގޮވައިގެންބާ؟
އިއްތިފާގު
18 September 2018
އެހެރީ އިއްތިފާގުން ދިމާވާ ކަންކަން. ކޮންމެ ކަމަކަށް ވެސް މާތްﷲ ކުޅަދުންވަންތަ.