މަރާލި ނޫސްވެރިޔާގެ އާއިލާގެ މެންބަރުންނާއި ރަސްގެފާން ސަލްމާން (ކ) އާއި ވަލީ އަހުދު މުހައްމަދު އިއްޔެ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
24 އޮކްޓޯބަރ 2018 - 11:15
ރިޔާޒް (އޮކްޓޯބަރު 24) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ އާއިލާއާ ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށް ސައުދީ ރަސްމީ މީޑިއާ އިން ބުނެފި އެވެ.
ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން ބުނެފައި ވަނީ ޚާޝުގްޖީގެ ފިރިހެން ދަރިފުޅު ސަލާހް އާއި ކޮއްކޮ ސާލިހުއާ ރަސްގެފާނާއި ވަލީ އަހުދު އިއްޔެ ބައްދަލު ކުރައްވާފައި ވަނީ ރަސްމީ ގަނޑުވަރުގައި ކަމަށެވެ. ސަލްމާން އާއި ބިން ސަލްމާން ވަނީ ޚާޝުގްޖީގެ އާއިލާ އަށް ތައުޒިޔާ ރައްދުކޮށްފަ އެވެ.
މަރާލި ނޫސްވެރިޔާގެ އާއިލާގެ މެންބަރުންނާއި ރަސްގެފާން ސަލްމާން (ކ) އާއި ވަލީ އަހުދު މުހައްމަދު އިއްޔެ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓެއް ކަމަށްވާ ޚާޝުގްޖީ ގެއްލުނީ މި މަހު 2 ވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ. ދެ ހަފުތާ ފަހުން ސައުދީން ވަނީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމެއްގައި ޚާޝުގްޖީ މަރާލާފައިވާ ކަމަށް ބުނެފަ އެވެ.
ސައުދީ ވަލީ އަހުދުގެ މަގާމަށް ބިން ސަލްމާން ހަމަޖެއްސުމާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ޚާޝުގްޖީ ދިރިއުޅެމުން ދަނީ އެމެރިކާގެ ވާޖީނިއާގަ އެވެ.
މަރާލި ނޫސްވެރިޔާގެ އާއިލާގެ މެންބަރުންނާ ވަލީ އަހުދު މުހައްމަދު އިއްޔެ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
25 October 2018
މިފަހަރުވެސް އޭގެ ބާރު ފެންނާނެ. އެންމެންވެސް ބޭނުންވޭ. ބައެ މީހުން ހިފާނެ. ބޭނުނވެސ ކުރާނެ.
ޝަހީދާ
25 October 2018
އަޅޭ އިސްލާމީ ޤަޢުމެއްގެ ރަސްކަލަކު އެހެރީ އާދައިގެ މީހެއްގެ ކުރިމތީ ވވ ނިކަމެތިވެފަ ބުނާހެން ހީވަނީ އެކަން ކުރީ އަހަރުމެންނޭ ދެން މާފްކުރާށޭ
ދޮން
24 October 2018
ވަރަށް ސާބިތު ކަމާ އެކު ހުރިހެން ހީވަނީ
ވަތުބަތާނަ
24 October 2018
މިވަރުގެ ބައެއް އުޑުދަށުން ފެންނާނެބޯ؟
އައްޑޫ ބެއްޔާ
24 October 2018
ތީގެ ރީތިވީހީ ރަސްގެފާނާއި ވަލީއަހުދު އެއާއިލާ ތިބި ތަނަށް ދިއުން. އަރަބި ޘަޤާފަތުގައި ދައުވަތު ލިބޭ މީހާ ހެދުން އިސްތިރިނުކޮށް ދިއުމަކީ ވަރަށް ބޮޑަށް ދައުވަތު ދިންމީހާ ލަދު ގަންނަވާ ނިކަމެތި ކޮށްލުން. ތި ކުއްޖޭގެ މޫނުމަތިން ހާދަ ވާހަކައެއް ބުނާހެން ހީވެޔޭ. ވަރަށް ސަލާމް
ރަދީފްސް ޑޭޑް
24 October 2018
ރަސްގެފާނު އިސްތިއުފާ!
އަބްދުﷲ
24 October 2018
އެ ކުއްޖާގެ ބައްޕަ މަރާލަން އޯޑަރު ދިން މީހާއާ ސަލާންކުރަން މަޖުބޫރު ވުމަކީ ކިހާ ހިތާމަހުރިކަމެއް ނޫންތޯ