ސައުދީ އަރަބިއާގެ 18 އަހަރުގެ ރަހަފް ތައިލެންޑުގެ އިމިގްރޭޝަން އަދި އދ.ގެ ރެފިއުޖީ އެޖެންސީގެ އޮފިޝަލުންގެ ބެލުމުގެ ދަށުން ވެހިކަލަކަށް އަރަނީ. --ފޮޓޯ:އޭއެފްޕީ
11 ޖެނުއަރީ 2019 - 16:13
ބެންކޮކް (ޖެނުއަރީ 11) - އާއިލާ އަށް ފިލައިގެން ތައިލެންޑަށް ދަތުރު ކުރި ސައުދީ އަރަބިއާގެ ރަހަފް މުހައްމަދު އަލް ގުނޫންގެ ޓްވިޓާ އެކައުންޓް މިއަދު ސަސްޕެންޑް ކޮށްފި އެވެ.
އުމުރުން 18 އަހަރުގެ ރަހަފްގެ ގާތް މީހުން ޓްވީޓް ކުރި ގޮތުގައި ރަހަފްގެ ޓްވިޓާ ސަސްޕެންޑް ކުރަން ޖެހުނީ އޭނާ އަށް މަރުގެ އިންޒާރު ދޭތީ އެވެ.
ތައިލެންޑުގައި ހުއްޓާ އާއިލާ ގާތަށް ޑިޕޯޓްކޮށްލަފާނެ ކަމުގެ ބިރު އޮތް ރަހަފް ސަލާމަތްވެފައި ވަނީ ބެންކޮކް އެއާޕޯޓް ހޮޓަލެއްގެ ކޮޓަރީގައި ހުރެގެން އޭނާ ކުރަމުން ދިޔަ ޓްވީޓްތަކުގެ ސަބަބުންނެވެ. މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 24 މީހުން ފޮލޯ ކުރަމުން ދިޔަ އެކައުންޓަށް ފަސް ދުވަސް ތެރޭ 126،000 ފޮލޯވާސް ލިބި އޭނާގެ މައްސަލަ އަށް ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ލިބިފަ އެވެ.
ރަހަފް މިއަދު މެންދުރު ފަހު ކުރި އެންމެ ފަހު ޓްވީޓްގައި ބުނެފައި ވަނީ "އުފާވެރި އަދި ހިތާމަވެރި ޚަބަރެއް ވެސް އެބައޮތް" ކަމަށެވެ. އޭގެ ފަހުން އޭނާގެ އެކައުންޓް ވަނީ ޑިއެކްޓިވޭޓް ކޮށްފަ އެވެ.
ޓްވިޓާގައި ރަހަފްގެ ދިފާއުގައި ޓްވީޓް ކުރަމުން ދިޔަ އެކްޓިވިސްޓަކު ބުނެފައި ވަނީ ރަފަހްގެ އެކައުންޓް ސަސްޕެންޑް ކުރަން ޖެހުނީ މަރުގެ އިންޒާރުތަކާ ގުޅިގެން ކަމަށެވެ. ރަހަފް މިހާރު ހުރީ އދ.ގެ ރެފިއުޖީ އެޖެންސީގެ ބެލުމުގެ ދަށުގައި، ބެންކޮކުގަ އެވެ.
ރަހަފްގެ ބައްޕަ މިހާރު ހުރީ ބެންކޮކުގަ އެވެ. އެކަމަކު އޭނާ ދަނީ ބައްޕައާ ބައްދަލު ކުރަން ދެކޮޅު ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖިލިސް
12 January 2019
އިސްލާމުންނަށް ހުރި ބޮޑު ހުތުރެއް. ހައްގު ދީން ދޫކުރާ މީހާއަށް ނަސޭހަތް ދީ ގަބޫލުނުކޮށްފި ނަމަ ދީނުގައި އޮންނަނީ މަރުގެ އަދަބު.
ކުކުޅޭ
14 January 2019
ތިހެންދޯ ހެދީ އަފްރާޝީމަށްވެސް. މިހާރުދެން ގައުމުގެ އެންމެ އެކަންނުވާކަމަކަށް ހަދަން އުޅުނަސް
ޣަފޫރު
12 January 2019
ދަރިންނަށް އަޅާ ނުލެވި ކާފަރުންގެ ތައުލީމާއި ތަރުބިއްޔަތު ލިބޭނަމަ ދީން ދޫކުރާ މީހުންނާއި ގައުމަށް ޚިޔާނާތްތެރި މީހުންނާއި މަސްތުވާ ތަކެތި ބޯ މީހުން އުފެދޭނެ ކިތަންމެ ރަނގަޅު އާއިލާ ތަކުން ވެސް. 18 އަހަރުގެ މިކުއްޖާ މަގު ފުރެއްދީ މިސްރުގައި ކްރިސްޓިއަން ދީން ފަތުރާ އަރަބި ޖަމާއަތަކުން. މިކުއްޖާގެ މައްސަލަ ދުނިޔޭގެ ސަމާލު ކަމަށް ގެނައީ ވެސް އެމީހުން. ދުނިޔޭގެ އެތައް މިތާގައި މަރަށް ހުށަހެޅިފައިވާ މީހުން ވަރަށް ގިނަ. ސަމާލުކަމެއް ނުލިބޭ.
ހެހެހެ
11 January 2019
މީސްތަކުންނޭ ތިޔަބައިމީހުންގެ ދީނުގައި ބާރަށް ހިފަހައްޓައިގެންތިބޭ ހައްގު މިދަނީ އޮޅެމުން. ވަރަށް މަސައްކަތް ނުކޮށްފިއްޔާ މަގުން ކަހާލައިގެން ދާނެ
އިންސާފް
11 January 2019
ފަރަންޖީން އުޅޭހެން އުޅެއް އުޅޭ މަންޖެއެއް. މުސްލިމުންތެރޭ ތިކަހަލަ ކުދިން މިހާރު ވަރަށްގިނަ. މިރާއްޖޭގައިވެސް ތިބައި ވަރަށްބޮޑުވާނެ.
ސަކީނާ
11 January 2019
މޮޔަނުގޮވާ މިރާއްޖެއަށްވުރެ ފަރަންޖީ ގައުމުތަކަ މުސްލިމުން ގިނަ.
ވަހީދު
12 January 2019
ސަކީނާ އަކަށް އަދި ގެޓެއް ނުވޭ މިވާ އެއްޗެއް
ރާއްޖެތެރޭ މީހާ.
14 January 2019
ސަކީނާ! އޭއި! ހޭލަބަލަ