އަމިއްލަ ސަލާމަތާ މެދު ނުރައްކާވާން ފެށުމުން ރަހަފް ވަނީ ޓްވީޓް ކުރަން ފަށާފައި. --ފޮޓޯ:ރޮއިޓާސް
11 ޖެނުއަރީ 2019 - 12:27
ބެންކޮކް (ޖެނުއަރީ 11) - ޖެނުއަރީ 5، ހޮނިހިރު ދުވަހު ވުޖޫދުވި ޓްވިޓާގެ އާ އެކައުންޓަކުން ބޮޑު ހާދިސާއެއް ކުރިމަތިވާން އުޅޭކަމުގެ ނިޝާންތައް ފެންނަމުން ދިޔަ އެވެ. ކުވޭތުގައި ތިބި އާއިލާގެ މެންބަރުން ދޫކޮށް ސައުދީ އަރަބިއާގެ އުމުރުން 18 އަހަރުގެ ރަހަފް މުހައްމަދު އަލް ގުނޫން ބެންކޮކަށް ދަތުރު ކުރުމަށް ފަހު އޭނާ އަށް ކުރިމަތިވަމުން ދިޔަ ކަންކަން އެއާޕޯޓް ހޮޓަލުގެ ކޮޓަރިއެއްގައި ހުރެގެން ޓްވިޓާގައި ފުލުފުލުގައި ހިއްސާ ކުރަމުން ދިޔަ އެވެ. އޭރު އޭނާގެ އެކައުންޓް ފޮލޯކުރަމުން ދިޔައީ އެންމެ 24 މީހުންނެވެ.
"މިއީ އާއިލާ އަށް ފިލައިގެން ތައިލެންޑަށް ގޮސް ހުރި ކުއްޖެއް. އަހަރެމެން މިހުރީ ހަގީގީ ނުރައްކަލެއްގެ ތެރޭގައި. ސައުދީ އެމްބަސީން ދަނީ އަހަރެން ފޮނުވާލަން މަސައްކަތް ކުރަމުން،" އަރަބި ބަހުން އޭނާ ކުރި ފުރަތަމަ ޓްވީޓްގައިވެ އެވެ.
ބެންކޮކް އެއާޕޯޓުގައި ހުރި ސައުދީ އަރަބިއާގެ އަންހެން ކުއްޖާ. --ފޮޓޯ:އޭއެފްޕީ
ދެން އޭނާ ކުރީ އަޅައި ނުލައި ދޫކޮށްލެވޭވަރުގެ ޓްވީޓެއް ނޫނެވެ. "އަހަރެން ބިރުގެންޖެ. އަހަރެންގެ އާއިލާ އިން އަހަރެން މަރާލާނެ،"
އޭނާގެ ޓްވީޓްތައް މީހުންނަށް ފާހަގަވެ #ސޭވްރަހަފް ހޭޝްޓެގް ވައިގައި ހިފަން ފެށި އެވެ. އޭގެ ފަހުން މިސްރު ދަރިކޮޅުގެ އެމެރިކާ އެކްޓިވިސްޓެއް ކަމަށްވާ މޮނާ އަލްތަހާވީ ވަނީ ރަހަފްގެ އަރަބި ޓްވީޓްތަައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް އޭނާގެ އެތައް ހާސް ފޮލޯވާސް އަށް ފޮނުވަން ފަށައިފަ އެވެ.
އޭގެ މަދު ގަޑިއިރުތަކެއް ފަހުން އެ ޓްވީޓްތައް ވަނީ ހިއުމަން ރައިޓްސް ވޮޗުގެ ސަމާލު ކަމަށް އައިސްފަ އެވެ. އަދި ބެންކޮކުގައި ހުންނަ ހިއުމަން ރައިޓްސް ވޮޗުގެ ޑިޕިއުޓީ ޑިރެކްޓަރު ފިލް ރޮބަޓްސަން ވަނީ ރަހަފްގެ ހާލަތާ ގުޅޭ ޓްވީޓެއް ކުރައްވައިފަ އެވެ.
18 year old Saudi woman Rahaf Mohammed Al-Qunun is being held at #Bangkok airport, her passport confiscated by #SaudiArabia which prevented her from continuing to #Australia. She wants to seek asylum, fears she will be killed if forced back to #Riyadh. Needs access to #UNHCR! pic.twitter.com/7yEGI1KKcb
— Phil Robertson (@Reaproy) January 6, 2019
ފިލް ރޮބަޓްސަންގެ ޓްވީޓް
އާދިއްތަ ދުވަހު ހެނދުނު ރޮބަޓްސަން ވަނީ ރަހަފްއާ ޓްވިޓާ އިން ޑައިރެކްޓް މެސެޖް ފޮނުވަން ފަށައިފަ އެވެ. އަދި އެއާޕޯޓުގެ އޮފިޝަލުންނާ ޑީލް ކުރަންވީ ގޮތުގެ އިރުޝާދު ދެމުން ދިޔަ އެވެ.
އެއާޕޯޓުގެ ކޮޓަރިއެއްގައި ތާށިވެފައި ހުރި ނަމަވެސް ކޮންމެ މިނިޓަކުން ވެސް ދިޔައީ ރަހަފް ދިޔައީ ހިނގަމުން ދިޔަ ކަންކަމުގެ ޓްވީޓްތަކާއި ވީޑިއޯތައް ފޮނުވަމުންނެވެ. އޭނާ ފޮނުވަމުން ދިޔަ ޓްވީޓްތަކަށް ޓްވިޓާ ކޮމިއުނިޓީގެ ހަމްދަރުދީ އާއި ތާއީދު ލިބެން ފެށި އެވެ.
ރަހަފް (މ) ބެންކޮކް އެއާޕޯޓުގައި ތައި އިމިގްރޭޝަން އަދި އދ.ގެ އޮފިޝަލުންނާ އެކު. --ފޮޓޯ:އޭއެފްޕީ
#ސޭވްރަހަފްގެ ޓްވީޓްތަކަށް މޮމެންޓަމް ލިބެމުން ދިޔަ އެވެ. އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް މި ހޭޝްޓެގުގެ ބައި މިލިއަނެއްހާ ޓްވީޓް ވަނީ ކޮށްފަ އެވެ.
މީހުން ކުރިން އަޑުވެސް ނާހާ ނުވެސް ދަންނަ ސައުދީ އަރަބިއާގެ ފުރާވަރުގެ އަންހެން ކުއްޖެއްގެ ޓްވިޓާ ފޮޮލޯވާސް 24 ގަޑިއިރު ތެރޭ ވަނީ 24 އިން 27،000 އަށް އިތުރުވެފަ އެވެ.
"ރަހަފް މުހައްމަދު ދީން ދޫކޮށްލައިފި ކަމަށް ބުނެ ބަޔާނެއް އާއްމުކުރި ހިސާބުން އަޅުގަނޑަށް އެނގިއްޖެ އޭނާ އަނބުރާ ސައުދީ އަށް ފޮނުވައިފި ނަމަ ކަންތައް ވަރަށް ގޯސްވާނެކަން،" ހިއުމަން ރައިޓްސް ވޮޗުގެ ފިލް ރޮބަޓްސަން ވިދާޅުވި އެވެ. "އެ ހިސާބުން އޭނާ އަށް އަޅުގަނޑުމެންގެ އެހީ ބޭނުންވާކަން ޔަގީންވެއްޖެ."
SA charge d'affaires in Bangkok Mr. Al-Shuaibi in a meeting with Thai officials:
— Taleb Al Abdulmohsen (@DrTalebJawad) January 8, 2019
"She opened a Twitter account and her followers grew to 45000 within one day. It would have been better if they confiscated her cell phone instead of her passport because Twitter changed everything" pic.twitter.com/FEjPjUbteV
ބެންކޮކުގައި ހުންނަ ސައުދީ ޝާޒެ ޑެފެއާޒްގެ ޓްވީޓް
ހޯމަ ދުވަހު ހެނދުނު ކަންކަން އިތުރަށް ގޯސްވާނެހެން ހީވި އެވެ. ތައިލެންޑުގެ އިމިގްރޭޝަން އޮފިޝަލުން ރަހަފް ހުރި ކޮޓަރި އަށް ގޮސް އޭނާ ކުވޭތަށް ޑިޕޯޓްކޮށްލުމުގެ މަސައްކަތް ފެށި އެވެ. އެކަމަކު ރަހަފް ދިޔައީ ހިއުމަން ރައިޓްސް ވޮޗުން ދޭ އިރުޝާދާ އެއްގޮތަށް އަމަލު ކުރަމުންނެވެ. ހިއުމަން ރައިޓްސް ވޮޗުން ދިޔައީ ކޮންމެ ހާލެއް ދިމާވި ނަމަވެސް ރަހަފް ފޯނު ދޫކޮށްނުލުމުން ލަފާ ދެމުންނެވެ. ރަހަފް ދިޔައީ ކުވޭތަށް ދާން ދެކޮޅު ހަދަމުންނެވެ. އޭނާ ބެންކޮކަށް ދިޔައީ އޮސްޓްރޭލިއާ އަށް ދިއުމަށް ޓްރާންސިޓް ޕަސިންޖަރެއްގެ ގޮތުގަ އެވެ.
ހޯމަ ދުވަހަށް ފަހު ރަހަފްގެ ޓްވިޓާ ފޮލޯވާސް ޑަބަލްވެ 66،400 އަށް އަރައިފައިވެ އެވެ. ރަހަފްގެ ޓްވިޓްތަކަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބުނެވެ. ނަތީޖާއެއްގެ ގޮތުން ރަހަފް އަށް އެންމެ ފަހުން ވަނީ އދ.ގެ ރެފިއުޖީއެއްގެ ދަރަޖަ ލިބިފަ އެވެ. ފަސް ދުވަސް ތެރޭ އޭނާގެ ޓްވިޓާ ފޮލޯވާސް ވަނީ 126،000 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
13 January 2019
ހަޤީޤަތުގަ މިޚަބަރު އަހަރުމެން ދިވެހިން މިގޮތަށް އެކި އެންގަލުން ގެނެސްދީގެން ނުވާނެ. ސަބަބަކީ އެކުއްޖާއަށްވުރެ ބޮޑަސް މީގަ އިސްލާމް ޑިޏަ ދެކޮޅު ވާހަކައެއް
ޙިނި
13 January 2019
ޙުޅަންގުގެ ޕުރޮޕެގެންޑާ، މިހާރު ފުރާވަރައް އަރާ އަންހެން ދަރިން ބުރެއިން ވޮޝްކޮއް މަގުފުރައްދަނީ، ކެނެޑާ އާ ޔޫއެން އާއިލީ ކަންކަމައްވެސް ވަންނަނީ
ޓްވިޓަރޭ
13 January 2019
ޓްވިޓާރ އިން ނުކުރެވޭ ކަމެއް މިހާރު ނޯވޭ... ރާއްޖޭގެ މިނިސްޓަރުންނަށްވެސް ފެންނާނެ ޓްވީޓްކުރީމަ
ގަމާރު
13 January 2019
ހިއުމަން ރައިޓްސް އޮންނަނީ ހަމަ އެކަނި ދީން ދޫ ކޮއްލީމަ ތަ!!!
ދޮންބީފާނު
13 January 2019
"ސައުދީ އަންހެން ކުއްޖާ ސަލާމަތްވުމުގައި ޓްވިޓާގެ ދައުރު" އޭނަ ސަލާމަތް ވީތަ ނޫނީ ހަލާކުގެ ތެރެއަށް ވެއްޓިގަތީތަ؟ ވަރަށް މޮޅު ވާހަކައެއް ތިއޮތީ ބުނެފަ.
މުހާވިރު
12 January 2019
ޔަމަނާއި ސީރިއާގައި އެތައްހާސްކުދިންނެއް މަރުވަމުން އެދަނީ . ގައިމު ތިޔަ ހިއުމަންރައިޓްސް އިން އެކުދިން ސަލާމަތްކުރަން އުޅުނިއްޔާ މާތާހިރުވާނެ. ގައިމު އެކުދިންގެ ހާލަތު ޓުވީޓު ކުރާލެއްވެސް މަދެއްނުވާނެ.
އުރެދުން
12 January 2019
މުރުތައްދުވުމަކީ ސަލާމަތްވުމެއްނޫން.
އަންމަޑޭ
12 January 2019
ﷲގެ ނަންފުޅު މަތިވެރި ކުރުމުގެ ބަދަލުގައި ޝައިޠާނާއަށް ވާގިވެރި ނުވާށެވެ.
ޏުން
12 January 2019
ވަރަށް ރީތި ޑުރާމާއެއް ?
ސަންދާ
11 January 2019
ދެން މީނާއައް އެވޯޑެއް ދޭއަޑުއިވޭނީ..