ކެނެޑާ އިން ހިމާޔަތް ދިން ސަައުދީ އަންހެން ކުއްޖާ ރަހަފް. --ފޮޓޯ:ޔޫއެންއެޗްސީއާރް
12 ޖެނުއަރީ 2019 - 17:02
ބެންކޮކް (ޖެނުއަރީ 12) - އާއިލާ އަށް ފިލައިގެން ތައިލެންޑަށް ދިޔަ ސައުދީ އަރަބިއާގެ ޒުވާން އަންހެން ކުއްޖާ އަށް އެންމެ ފަހުން ކެނެޑާ އިން ހިމާޔަތް ދީފި އެވެ.
އުމުރުން 18 އަހަރުގެ ރަހަފް މުހައްމަދު އަލް ގުނޫނަށް އެންމެ ފުރަތަމަ ހިމާޔަތް ދޭން އުޅުނީ އޮސްޓްރޭލިއާ އިންނެވެ. ނަމަވެސް އެ ގައުމުން ހިމާޔަތް ދިނުމުގެ ކަންކަން ލަސްވާން ފެށުމުން އދ.ގެ ރެފިއުޖީ އެޖެންސީގެ އެދުމުގެ މަތިން ކެނެޑާ އިން ވަނީ ހިމާޔަތް ދީފަ އެވެ. ކެނެޑާ އިން ހިމާޔަތް ހަމަޖެހުމާ އެކު ރަހަފް ވަނީ އެ ގައުމަށް ފުރައިފަ އެވެ.
މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ރަހަފް ބެންކޮކަށް ދިޔައީ އޮސްޓްރޭލިއާ އަށްދާ ޓްރާންސިޓް ޕަސިންޖަރެއްގެ ގޮތުގަ އެވެ. ނަމަވެސް ތައިލެންޑް ވިސާ ނެތުމުން އަނބުރާ ކުވޭތަށް ފޮނުވާލަން އުޅުމުން ރަހަފް ވަނީ އެއާޕޯޓް ހޮޓަލުގެ ކޮޓަރިއެއްގައި ބަންދުވެ ޓްވިޓާ މެދުވެރިކޮށް ބައިނަލްއަގުވާމީ އެހީ ހޯދައިފަ އެވެ.
ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އިންސާނީ ހައްގުތަކާއި ޚާއްސަކޮށް އަންހެނުންގެ ހައްގުތަކަށް ކެނެޑާ އިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
"ރަހަފް އަށް ހިމާޔަތް ދޭން އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ހުށަހެޅުމުން އަޅުގަނޑުމެން އެކަން ގަބޫލް ކުރީ،" އޭނާ ވިދާޅުވި އެވެ.
ސައުދީގައި ބަންދުކޮށްފައި ތިބި، އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ދޫކޮށްލުމަށް ކެނެޑާ އިން ގޮވާލުމުން މިދިޔަ އަހަރު ވަނީ ދެ ގައުމުގެ މެދުގައި މައްސަލަ ގޯސްވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ސައުދީން ވަނީ ކެނެޑާ ސަފީރު ފޮނުވާލުމަށް ފަހު ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
13 January 2019
މިހެން މިދިމާވަނީ މުސްލިމް ގައުމުތަކާ ވެރިންވެސް ފީކަޅާކަމުން، އެހެން މީހުނައް އިންގިލި ދިއްކުރުމުގެ ފުރުސަތުދޭތީ، ކޮރަޕްޝަން އެހާބޮޑު، އިންސާނީ ހައްގުތަކެއް ނޯވޭ، ތައުލީމީ ކަންކަން އެހާ ފެންވަރިދައް، ދެން ވެސް ބައިވަރުކަން އެބަހުރި
ޙިނި
13 January 2019
މީ އިސްލާމްދީނައް ދޭ ހަމަލާތައް، މިހާރު ޔޫރަޕައް އީދު އައިސްގެން އުޅޭނީ.
މަސްދަރު
13 January 2019
ޓްރާންސިޓް ކުރާއިރު ކޮން ވިސާ އެއް ބޭނުންވަނީ؟
ހިތާމަވެރިޔާ
13 January 2019
ކަމަނާއަށް މިދުނިޔެއިން ޙިމާޔަތް ލިބިއްޖެއެވެ. އާޚިރަތުގެ ޙިމާޔަތް އަބަދަށްޓަކައި ގެއްލިއްޖެކަން އެނގޭހެއްޔެވެ.
މަރީ6
13 January 2019
ކިހިނެއް އެނގެނީ. ކިތައް މީހުން އިނދެފަ ވަރިކޮށްފައި އިންނަނީ. މައިބަފައިންނަ ހަރުކަށި މީހުން ހައްގުތަކަށް އަރައިގެންފައި އެކަން ދީނުގެ ބޮލުގައި އެޅުވީމަވެސް ކުދިން ދީން ދެކެ ފޫހިވޭ. މިގޮތަށް ފޫހިވެ ބޮޑުވެގެން އަމިއްލައަށް ދީނަކީ ކޯއްޗެއްކަން ހޯދައިގެން ދީނަށް ވަން އެތައް ބައެއް މިގައުމުގައިވެސް އުޅޭ. ފިގްހު އެކަޑަމީން ވެއްޖެ ރާޢްޖޭގަައި މިހެން އުޅޭ މީހުން މައިތިރިކޮށް ދީން އުގައިލް މެން މުހައްމަދު އަލީމެން ލައްވާ ޒުވާން ކުދިންނަށް ކިޔަވައިދޭން.