ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ހުއާން. --ފޮޓޯ:އޭއެފްޕީ
31 ޖެނުއަރީ 2019 - 16:52
ކަރާކަސް (ޖެނުއަރީ 31) - ވެނެޒުއެލާގެ ސިފައިންނާ އެކު ސިއްރު ބައްދަލުވުންތަކެއް ބާއްވަމުންދާ ކަމަށް އެ ގައުމުގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ލީޑަރު ވަނީ އޭނާ އަކީ ގައުމުގެ ރައީސް ކަމަށް މިދިޔަ ބުދަ ދުވަހު އިއުލާން ކުރައްވައިފަ އެވެ. އޭނާ އަކީ ވެނެޒުއެލާގެ ރައީސްގެ ގޮތުގައި އެމެރިކާ އާއި ލެޓިން އެމެރިކާގެ ގައުމުތަކުން ވަނީ ބަލައިގެންފަ އެވެ.
ނިއު ޔޯކް ޓައިމްސް އަށް ފޮނުއްވި ލިޔުމެއްގައި ހުއާން ވިދާޅުވީ ސިފައިންނާ އެކު ސިއްރު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ.
"ސަރުކާރު ބަދަލު ކުރުމަށް އެންމެ މުހިންމު ކަމަކީ ރައީސް މިކޮލަސް މަދޫރޯ އަށް އޮތް ސިފައިންގެ ތާއީދު އަނބުރާލުން،" ހުއާން ވިދާޅުވެފައިވެ އެވެ.
އިދިކޮޅު ލީޑަރުގެ ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ ސިފައިންނަށް މައާފް ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް ސިފައިންގެ ތެރޭން ބައްދަލު ކުރީ ކޮން ބައެއް ކަމެއް ހުއާން ވިދާޅެއް ނުވެ އެވެ.
ވެނެޒުއެލާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމު ވެސް އަދާކުރައްވާ ހުއާން ވިދާޅުވީ ގައުމުގެ ރައީސް ހުންނެވީ ގާނޫނާ ޚިލާފު ހާލަތެއްގައި ނަމަ ރައީސްގެ ޒިންމާތަކާ އޭނާ ހަވާލުވާން ގާނޫނު އަސާސީ ހުރަސް ނާޅާ ކަމަށެވެ.
ވެނެޒުއެލާގެ ސުޕްރީމް ކޯޓުން ވަނީ އިދިކޮޅު ލީޑަރު ގައުމުން ބޭރަށް ދަތުރު ކުރުން މަނާކޮށް އޭނާގެ ބޭންކް އެކައުންޓްތައް ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗިއްލޫ
01 February 2019
މީދެވަނަ އަންނި
މުލޭ
31 January 2019
ރައީސް ހުރީ ގާނޫނާ ޚިލާފު ޙާލަތެއްގަައި ކަމަށް ނިންމީ ކާކުތޯ. މި ގައުމުގައިވެސް އުޅޭނެ ތިކަހަލަ މީހެއް.