އިންޑޯ-ޗައިނާ ބޯޑަރުގައި އިންޑިއާގެ ކުއްޖަކު އެ ގައުމުގެ ދިދައެއް ހިފައިގެން 2012 ވަނަ އަހަރު މަޑުކޮށްލައިގެން. --އޭޕީ ފައިލް ފޮޓޯ
11 ފެބުރުއަރީ 2019 - 11:50
ބެއިޖިން (ފެބްރުއަރީ 11) - އިރުއުތުރުގެ ބޯޑަރު ސްޓޭޓެއް ކަމަށްވާ އަރުނަޗަލް ޕްރަދޭޝް އަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަޑައިގަތުމުން ޗައިނާގެ ފޮރިން މިނިސްޓްރީން ނުރުހުން ފާޅުކޮށްފި އެވެ.
ޗައިނާގެ ބަޔާނުގައި ބުނެފައި ވަނީ އަރުނަޗަލް ޕްރަދޭޝްގައި އިންޑިއާގެ ލީޑަރުން ހިންގާ އަމަލްތައް ކުށްވެރި ކުރާ ކަމަށެވެ. ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް މޯދީ އެ ސަރަހައްދަށް ވަޑައިގެންނެވީ އަންނަ މެއި މަހު އޮންނަ އާއްމު އިންތިޚާބުގައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ތާއީދު އިތުރު ކުރުމުގެ ގޮތުންނެވެ.
"އިންޑިއާގެ ކިބައިން ޗައިނާ އިން އެދެނީ ޗައިނާގެ މަސްލަހަތަށް ވެސް އިހްތިރާމް ކުރުމަށް. އަދި ދެ ގައުމުގެ ބޯޑަރު މައްސަލައިގައި އިތުރު ހަމަނުޖެހުމަކަށް މަގުފަހިވާ ގޮތަށް ކަންތައް ނުކުރުން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަޔާނަށް ރައްދު ދެމުން އިންޑިއާގެ ރަސްމީ ތަރުޖަމާން ވިދާޅުވީ އަރޫނަޗަލް ޕްރަދޭޝް އަކީ އިންޑިއާގެ ތަނެއް ކަމަށެވެ.
"އިންޑިއާގެ އެހެން ސްޓޭޓްތަކަށް ޒިޔާރަތް ކުރާ ގޮތަށް އަރޫނަޗަލް ޕްރަދޭޝް އަށް ވެސް އިންޑިއާގެ ވެރިން އަބަދުވެސް ޒިޔާރަތް ކުރޭ،" އިންޑިއާގެ ޚާރިޖީ ވުޒާރާ އިން ބުނެފައިވެ އެވެ.
އިންޑޯ-ޗައިނާ ބޯޑަރުގެ މައްސަލާގައި ދެ ގައުމުން 1962 ވަނަ އަހަރު ވަނީ ހަނގުރާމައެއް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
11 February 2019
ދުނިޔޭގެ ސުލްހަ އަދި ސަރަހައްދުގެ ސުލްހަ ނަގާލަން މަސައްކަތްކުރާ 02 މީހަކު އުޅޭނެ.އެއީ މޯދީ އާއި ނަތަންޔާހޫ.
ބޯޑަރ
11 February 2019
ތިޔަ ދިދަ ހިފަހައްޓައިގެން ހުރި ކުއްޖާޔަށް ބެއްޔަސް އެބަ އެބގޭ ދެއްތޯ ތޮޔައީ ކޮން ގައުނެއްގެ ސްޓޭޓެއްކަން.
ގޯޕާލް
11 February 2019
ކަލޭގެ ގަމާރުކަމުގެ ބޮޑުކަމާއެވެ. އިންޑިއާގައި ކަލޭމެންގެ ހުރި ކުލައާއި ސިފަގަނޑު ހުންނަނީ ސައުތު އިންޑިއާމީހުންގެ އެކަންޏެވެ. ބާކީއޮތް 80% ތަފާތުވާނެއެވެ. ކަލޭގެ ޖާހިލުކަން ކަލެއަށެވެ. މޯޑީވެސް ކިހާ ދޮން؟
އޮރެންޖް
11 February 2019
ރަނގަޅު. އިންޑިއާއިން ގަދަބާރުން އަތުލާފަ ހުރިތަންތަން. ގަދަބާރު ދެއްކިދާނެ ހިމަހިމޭނުންވެސް. މަލިކާ، ނޯޓްއީސްޓް އިންޑިއާގެ ބައެއް ތަންތަނާ، ކަޝްމީރާ، އަދި ތައިލެންޑް ކާރިގަ އޮންނަ އަންޑަމަން އަދި ނިކަބޯ އައިލެންޑްސް މިއީ އިގިރޭސިންގެ ސަބަބުން އިންޑިއާ އަށް ނަހަމަ ގޮތުގައި ލިބިފަ ހުރި ތަންތަން. މިހާރުވެސް ނޯތް އީސްޓް އިންޑިއާގަ މިނިވަންކަމަށް ދައުވާކުރޭ. މިހެން ބުންޏަސް ޗައިނާވެސް އެއީ ވަކި ރަނގަޅޫ ބައެއް ނޫން. އެއްކަހަލަ ހަމަ.
ކަރީމުއްދީން ބާޝާ
11 February 2019
މޮޑީ ބޭނުންވަނީ ހަނގުރާމަ. މިކަން ވަރަަށް ސާފް.