ރަޝިޔާ ސިފައިންނާ އެކު ސެލްފީ ނެގުން ވެސް ވަނާ މަނާކޮށްފައި. --ފޮޓޯ:ގެޓީ އިމޭޖަސް
21 ފެބުރުއަރީ 2019 - 14:04
މޮސްކޯ (ފެބްރުއަރީ 21) - ޑިއުޓީގައި ތިބޭ އިރު ރަޝިޔާ ސިފައިން ސްމާޓްފޯން ބޭނުން ކުރުން މަނާކުރުމަށް ރަޝިޔާގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.
ޕާލަމެންޓުން ފާސްކުރި ބިލުގައި ބުނެފައިވާ ގޮތުގައި ސިފައިން ޑިއުޓީގައި ތިބޭ އިރު، އިންޓަނެޓް ލިބޭ އަދި ފޮޓޯ އާއި ވީޑިއޯ ނެގޭ ފޯނު ބޭނުން ކުރުމަކީ މަނާ ކަމެކެވެ. ރަޝިޔާ ސިފައިން ނޫސްވެރިންނަށް ވާހަކަ ދައްކާ ނޫސްތަކުގައި ލިޔުން ވެސް ވަނީ މަނާކޮށްފަ އެވެ.
ރަޝިޔާގެ ޕާލަމެންޓުގެ ދަށު ގެއިން މި ގާނޫނު ފާސްކޮށްފައި ވަނީ 450 މެންބަރުންގެ ތެރޭން 400 މެންބަރުންގެ ތާއީދާ އެކު އެވެ. ނަމަވެސް ހަމައެކަނި ކޯލް އަދި މެސެޖް ކުރެވޭ ފޯން ބޭނުން ކުރުން ހުއްދަކޮށްފައިވެ އެވެ. އެކަމަކު ލެޕްޓޮޕާއި ޓެބްލެޓް ވަނީ މަނާކޮށްފަ އެވެ.
ރަޝިޔާގެ އޮފިޝަލުން ބުނެފައި ވަނީ އެފަދަ ގާނޫނެއް ފާސްކުރަން ޖެހުނީ ބޭރުގެ ޖާސޫސީ ފަރާތްތަކުގެ ކިބައިން ރަޝިޔާގެ އަސްކަރިއްޔާ އަށް ހިމާޔަތް ހޯދައިދިނުމަށް ކަމަށެވެ.
ރަޝިޔާ ސިފައިން މީގެ ކުރިން ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އިރުމަތީ ޔޫކްރޭން އާއި ސީރިއާގައި ރަޝިޔާ ސިފައިން ތިބިކަން ވަނީ ހާމަވެފަ އެވެ. އެކަމަކު ސަރުކާރުގެ ރަސްމީ ބަޔާންތަކުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ރަޝިޔާ ސިފައިންނަށް 2017 އިން ފެށިގެން އޮންނަނީ އޮންލައިންކޮށް އެއްވެސް މައުލޫމާތެއް ހިއްސާ ކުރުން މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަހުމަދު
24 February 2019
ފޯނު ކުއްވެރިވީ!
ވަރަށް ފުރިހަމަ
22 February 2019
ނިންމުމެއް
މުރާސިލު
21 February 2019
އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އެފަދަ ޑިއުޓީ ތަކުގައި ތިބޭއިރު ފޯނަށް ގެއްލިފައިތިއްބެގެން ޑިއުޓީގެ މަސްއޫލިއްޔަތު ރަނގަޅަކަށް އަދައެއް ނުކުރެވޭނެއެވެ.